11 ޖެނުއަރީ 2022
ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރިޕީޓްކޮށް ޖެހުމަކީ އަލަށް ފެންނަ ވެރިއަންޓްތަކާ ދެކޮޅަށް މަސައްކަތްކުރާއިރު ބުއްދިވެރި ގޮތެއް ނޫން ކަމަށާއި މިހާރު ބޭނުންވަނީ ދިގު މުއްދަތަކަށް ބަލިން ދިފާއު ވެވޭނެ ގޮތެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ކޮވިޑް-19 އިން ދިފާއުވާން ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރިޕީޓްކޮށް ޖެހުމަކީ އަލަށް ފެންނަ ވެރިއަންޓްތަކާ ދެކޮޅަށް މަސައްކަތްކުރާއިރު ބުއްދިވެރި ގޮތެއް ނޫން ކަމަށާއި މިހާރު ބޭނުންވަނީ ދިގު މުއްދަތަކަށް ބަލިން ދިފާއު ވެވޭނެ ގޮތެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯގައި އޮންނަ، މިނިވަން ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޮކް ވެރިއަންޓާއި ދެން ފެނިދާނެ ވެރިއަންޓްތަކުން ދިފާއުވެވޭނެ ގޮތެއް ހޯދަން، މިހާރު މި ދޭ ވެކްސިންތައް މެދުކަނޑާލަން ވެސް ޖެހިދާނެ ކަމަށެވެ.
ޓެކްނިކަލް ޓީމުން ބުނީ ވެކްސިން ވާންޖެހޭނީ މިހާރު މި ހުރި ވެކްސިންތަކަށް ވުރެ ބޮޑަށް ބަލިން ރައްކާތެރިކޮށްދޭ އެއްޗަކަށް ކަމަށެވެ.
"ކޮވިޑް-19 ވެކްސިން ވާންޖެހޭނީ ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތްކޮށްދޭ، މިހާރަށް ވުރެ ބޮޑަށް ބަލިން ރައްކާތެރިކޮށްދޭ އަދި ތަކުރާރުކޮށް ބޫސްޓަ ޑޯޒް ޖަހަން ނުޖެހޭ ފަދަ، ދިގު މުއްދަތަކަށް ރައްކާތެރިކަން ލިއްބައިދޭ އެއްޗަކަށް،" ސިއްހަތު ޖަމިއްޔާގެ ޓެކްނިކަލް ޓީމުން ބުންޏެވެ.
"ފުރަތަމަ ޖެހި ވެކްސިންގެ ބޫސްޓަ ޑޯޒް ތަކުރާރުކޮށް ޖަހަންޖެހޭ ވެކްސިން ސްޓްރެޓެޖީއެއް އެއީ އެންމެ އެކަށީގެންވާ އަދި ދެމެހެއްޓެނިވި ކަމަކަށް ވެސް ނުވާނެ."
ކޮވިޑް ބަލީގެ ހާލަތު މުޅި ދުނިޔޭގައި މަޑުމަޑުން ރަނގަޅުވަމުން ދިއުމަށް ފަހު ފެނުނު އާ ވެރިއަންޓް ކަމަށްވާ އޮމިކްރޮންއާ ދެކޮޅަށް މިހާރު ހުރި ވެކްސިންތަކުން ލިބޭ ރައްކާތެރިކަން ވަޒަންކުރުމަށް ފަހު ޓެކްނިކަލް ޓީމުން ބުނީ ބަލީގެ އަލާމާތްތައް ބޮޑަށް ފެންނަ މީހުންނަށް ވެކްސިނުނެ ރައްކާތެރިކަން އެހާ ރަނގަޅަށް ލިބޭ ކަމަށް ނުފެންނަ ކަމަށެވެ. ވެކްސިން އުފައްދާފައި ވަނީ ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް ވިސްނުން ބަހައްޓައިގެން ކަމަށާއި އޮމިކްރޮން ޖެހިގެން ހާލު ބޮޑުވިޔަ ނުދިނުމަށް މިހާރު ހުރި ވެކްސިންތައް ރަނގަޅު ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
ބޭނުންވަނީ ބަލި ޖެހުމުންނާއި ބަލި ފެތުރުމުން އަދި ބަލީގައި މަރުވުމާ ދުރުކޮށް، މިހާރު މި ހުރި ވަރަށް ވުރެ ރަނގަޅު ވެކްސިނެއް ކަމަށް ތަޖުރިބާކާރުންގެ ޓީމުން ބުންޏެވެ. އުފައްދަންވީ ބަލީގައި ބޮޑުވަރުވިޔަ ނުދޭ ވެކްސިނެއް ނޫން ކަމަށާއި ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އޮމިކްރޮން ވެރިއަންޓާ އެކު ގައުމުތަކުގައި ދަނީ ކޮވިޑްގެ ކޭސްތައް އެތައް ގުނައެއް އިތުރުވަމުންނެވެ. އެހެންވެ ގައުމުތަކުން އަންނަނީ ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ވެސް ބޫސްޓަ ޑޯޒް ޖަހައި އިތުރަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތްކުރަމުންނެވެ.
ކޮވިޑް ވެކްސިނުން ޔޫރަޕްގެ މިލިއަން މީހުން ސަލާމަތްވި
ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އެބަފެނޭ: ޑަބްލިޔޫއެޗްއޯ
އޮމިކްރޯން ފެތުރެން ފެށި ފަހުން ބައި މިލިއަން މަރު
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ
އޮމިކްރޯން ފެތުރެނީ ހީނުކުރާހާ ހަލުވިކޮށް
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ
އާ ވޭރިއަންޓަށް ބޫސްޓަ ޝޮޓެއް މޮޑާނާ އިން އުފައްދަނީ
އޮސްޓްރިއާ އަނެއްކާވެސް ފުރަބަންދަކަށް
ކޮވިޑްގެ ތިންވަނަ ޑޯޒެއް ޖެހުން ފަސްކޮށްދޭން އެދިއްޖެ