Roadha Mihaaru
އާ ވޭރިއަންޓަށް ބޫސްޓަ ޝޮޓެއް މޮޑާނާ އިން އުފައްދަނީ

އާ ވޭރިއަންޓަށް ބޫސްޓަ ޝޮޓެއް މޮޑާނާ އިން އުފައްދަނީ

28 ނޮވެމްބަރ 2021

ވޮޝިންޓަން (ނޮވެމްބަރު 28) - ސައުތު އެފްރިކާ އިން މިހާރު ފެނިގެން އުޅޭ ކޮވިޑުގެ އާ ވޭރިއަންޓަށް ވަރަށް އަވަހަށް ބޫސްޓާ ޝޮޓެއް އުފައްދާނެ ކަމަށް އެމެރިކާގެ މޮޑާނާ ކުންފުނިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 28) - ސައުތު އެފްރިކާ އިން މިހާރު ފެނިގެން އުޅޭ ކޮވިޑުގެ އާ ވޭރިއަންޓަށް ވަރަށް އަވަހަށް ބޫސްޓާ ޝޮޓެއް އުފައްދާނެ ކަމަށް އެމެރިކާގެ މޮޑާނާ ކުންފުނިން ބުނެފި އެވެ.

ކޮވިޑުގެ އާ ވެރިއަންޓް، އޮމިކްރޮން ސައުތު އެފްރިކާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިހާތަނަށް ބެލެވިފައިވާ ގޮތުގައި އެއީ ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއަންޓެކެވެ.

އެމެރިކާގެ ފާމަޝޫޓިކަލް ކުންފުނިން ބުނީ އާ ވޭރިއަންޓްތަކަށް ބޫސްޓާ ޝޮޓްތައް އުފެއްދުމުގައި މިހާރު އުފައްދާފައިވާ ވެކްސިންގެ މަތީ ޑޯޒެއް އުފެއްދުން ވެސް ހިމެނޭ ކަމަށެވެ.

"އޮމިކްރޮން ވޭރިއަންޓުގެ މިއުޓޭޝަން އަކީ ކަންބޮޑުވުމެއް. މި ވޭރިއަންޓާ ގުޅޭ ގޮތުން މަސައްކަތް ކުރަމުން މިދަނީ،" މޮޑާނާގެ ސީއީއޯ ސްޓެފާނީ ބަންސެލް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އާ ވޭރިއަންޓަކީ ކަންބޮޑުވުމެއް ކަމަށެވެ. އާ ވޭރިއަންޓް އިތުރަށް ދެނެގަތުމުގެ މަސައްކަތް ސައެންސްވެރިން މިހާރު ދަނީ ކުރަމުންނެވެ. ސައެންސްވެރިން ބުނާ ގޮތުގައި އޮމިކްރޮންގެ ބައެއް މިއުޓޭޝަންތަކަކީ މުޅިން އާ އެއްޗެކެވެ. ސައުތު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ މިހާތަނަށް އެ ގައުމުން ފެނުނު އާ ވޭރިއަންޓުގެ ކޭސްތައް އެހާ ސިވިއާ ނޫން ކަމަށެވެ.

އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ގައުމުތަކުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އިޒްރޭލުން، އެ ގައުމުގެ ރައްޔިތުން ނޫން މީހުންނަށް ގައުމަށް އެތެރެނެވެވޭ ގޮތް ވަނީ ހަދައިފަ އެވެ. އިނގިރޭސި ވިލާތަށް އެތެރެވާ އެންމެން ޕީސީއާރް ހަދަން ޖެހެ އެވެ.