16 ޑިސެމްބަރ 2020
ޖެނީވާ (ޑިސެމްބަރު 16) - އެމެރިކާގެ މޮޑާނާ އާއި ފައިޒާ ކުންފުނިން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން ހެޔޮ އަގުގައި ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޖެނީވާ (ޑިސެމްބަރު 16) - އެމެރިކާގެ މޮޑާނާ އާއި ފައިޒާ ކުންފުނިން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން ހެޔޮ އަގުގައި ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ހުރިހާ ގައުމުތަކަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯގެ ސަޕޯޓާ އެކު އުފައްދާފައިވާ ކޮވެކްސް ޕްރޮގްރާމުގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް ދެ ބިލިއަން ޑޯޒުގެ ވެކްސިން ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެސްޓްރަޒެނިކާ އާއި ނޮވާވެކްސް އަދި ސަނޮފީ-ޖީއެސްކޭގެ ވެކްސިންގެ އެތައް މިލިއަން ޑޯޒެއްގެ ވެކްސިން މިހާރު ވެސް ވަނީ ހޯދައިފަ އެވެ.
ޑަބްލިއުއެޗްއޯގެ ސީނިއާ އެޑްވައިޒަރު ބްރޫސް އަޔްލްވާޑް ވިދާޅުވީ ދުނިޔޭގެ އެންމެ ހައި-ޓެކް ކޮރޯނާވައިރަސް ވެކްސިން ފަގީރު ގައުމުތަކަށް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފައިޒާ އާއި މޮޑާނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަޝްވަރާކުގެ ތެރޭގައި ހިމެނޭ ފަގީރު ގައުމުތަކަށް އެކަށީގެންވާ އަގެއްގައި ވެކްސިން ހޯދުން ވެސް،" ބްރޫސް ވިދާޅުވި އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިން މިހާރު ވަނީ އިނގިރޭސި ވިލާތާއި އެމެރިކާގައި ދޭން ފަށައިފަ އެވެ. ކުރިއަރާފައިވާ ގައުމުތަކުން ވަނީ ވެކްސިނަށް ބޮޑެތި އޯޑަރުތައް ދީފަ އެވެ. މޮޑާނާގެ ވެކްސިނަށް ވެސް ވަރަށް އަވަހަށް ހުއްދަ ދޭނެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ޗައިނާ އާއި ރަޝިޔާގެ ވެކްސިން ވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭކަން ޔަގީންވުމުން އެ ވެކްސިންތައް ވެސް ގައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކޮރޯނާވައިރަހަށް މިހާތަނަށް 73.8 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 1.6 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
އާ ވޭރިއަންޓަށް ބޫސްޓަ ޝޮޓެއް މޮޑާނާ އިން އުފައްދަނީ
ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިން އަގުބޮޑުކޮށްފި
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
ވެކްސިންގެ އަޖުމަބެލުން ކުރިއަށް ދާނެ ގޮތް ހާމަކޮށްފި
ކޮވިޑް ވެކްސިނުން ޔޫރަޕްގެ މިލިއަން މީހުން ސަލާމަތްވި
ކޮވިޑް ވެކްސިންގެ މޭސްތިރިންނަށް ނޮބެލް އިނާމު
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ކޮވިޑް-19 ނިމުމުގެ ކޮޅުމަތި އެބަފެނޭ: ޑަބްލިޔޫއެޗްއޯ
އޮމިކްރޯން ފެތުރެން ފެށި ފަހުން ބައި މިލިއަން މަރު