04 އޮކްޓޯބަރ 2023
ބޭސްވެރިކަމުގެ ދާއިރާ އިން މިއަހަރު ދޭ ނޮބެލް ސުލްހައިގެ އިނާމު، ކޮވިޑް-19 އާ ދެކޮޅަށް އީޖާދު ކުރި މެސެންޖާ އެންއާރްއޭ (އެމްއެންއާރްއޭ) ވެކްސިންގެ އެންމެ އިސް ދެ މޭސްތިރިން ކަމަށްވާ ޑރ. ކެޓެލިން ކަރިކޯ އާއި ޑރ. އެންޑްރޫ ވައިސްމޭން އަށް ދޭން ނިންމައިފި އެވެ.
ބޭސްވެރިކަމުގެ ދާއިރާ އިން މިއަހަރު ދޭ ނޮބެލް ސުލްހައިގެ އިނާމު، ކޮވިޑް-19 އާ ދެކޮޅަށް އީޖާދު ކުރި މެސެންޖާ އެންއާރްއޭ (އެމްއެންއާރްއޭ) ވެކްސިންގެ އެންމެ އިސް ދެ މޭސްތިރިން ކަމަށްވާ ޑރ. ކެޓެލިން ކަރިކޯ އާއި ޑރ. އެންޑްރޫ ވައިސްމޭން އަށް ދޭން ނިންމައިފި އެވެ.
ޔުނިވަސިޓީ އޮފް ޕެންސިލްވީނިއާގެ މި ދެ ޕްރޮފެސަރުންނަށް، ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމީ، ކޮވިޑްއާ ދެކޮޅަށް މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން، އެންމެ މުޖައްރިބު ވެކްސިނަކީ އެ ދެ ބޭފުޅުން އީޖާދު ކުރެއްވި ވެކްސިން ކަމަށްވާތީ އެވެ. އެ ދެ ބޭފުޅުން އީޖާދު ކުރެއްވި ކޮވިޑް ވެކްސިންގައި ބޭނުންކުރެއްވި ޓެކްނޮލޮޖީގެ ސަބަބުން، ނުރައްކާތެރި އެހެން ބައެއް ބަލިތަކާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިން އީޖާދު ކުރުމަށް ވެސް މަގު ފަހިވެފައިވާ ކަމަށް، ނޯބެލް އިނާމު ކޮމިޓީން ބުންޏެވެ.
ތަފާތު ބަލިތަކާ ދެކޮޅަށް ބޭނުންކުރާ ވެކްސިންތައް އާންމު ގޮތެއްގައި އުފައްދަމުން އަންނަނީ، އެ ބައްޔެއް ފަތުރާ ވައިރަހުގެ ބާރު ދެރަކޮށްލާފައިވާ ވައިރަސް ނުވަތަ މަރާލާފައިވާ ވައިރަސް ބޭނުންކޮށްގެންނެވެ. މިއާ ޚިލާފަށް އެމްއާރްއެންއޭ ވެކްސިން އުފައްދާފައިވަނީ، ހަށިގަނޑުގައި ހިމެނޭ މޮލިކިއުލްއެއް ކަމަށްވާ ރައިބޯނިއުކްލީކް އެސިޑް (އާރްއެންއޭ) ނުވަތަ މެސެންޖާ ރައިބޯނިއުކްލީކް އެސިޑް (އެމްއާރްއެންއޭ) ބޭނުންކޮށްގެންނެވެ.
އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑްއާ ދެކޮޅަށް އީޖާދުކުރި ވެކްސިންތަކުގެ ތެރޭގައި، ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިނާއި މޮޑާނާ ވެކްސިން ހިމެނެ އެވެ. އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޮވިޑް-19އާ ދެކޮޅަށް އެންމެ ގިނަ މީހުންނަށް ދީފައިވަނީ މި ދެ ވެކްސިން އެވެ.
ފައިޒާ-ބަޔޯއެންޓެކް ވެކްސިނަކީ އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަން ވިލާތުގެ ބަޔޯއެންޓެކް ކުންފުނި ގުޅިގެންނެވެ. މޮޑާނާ ވެކްސިނަކީ، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސް އާއި ބަޔޯމެޑިކަލް އެޑްވާންސްޑް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޮތޯރިޓީއާ ގުޅިގެން އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިނެކެވެ.
ނޯބެލް ސުލްހައިގެ އިނާމު ކޮމިޓީން ބުނި ގޮތުގައި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދި ދެ ވެކްސިންގެ 13 ބިލިއަނަށް ވުރެ ގިނަ ޑޯޒް މިހާތަނަށް ބޭނުންކުރެވިއްޖެ އެވެ. އަދި އެ ދެ ވެކްސިންގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ވެސް އެ ކޮމިޓީން ބުނެ އެވެ.
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް 212 މީހަކާއި 93 ޖަމްއިއްޔާ/ޖަމާއަތުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ތަފާތު ދާއިރާތަކުން މިފަހަރުގެ އިނާމަށް ހޮވުނު މީހުންނާއި ޖަމްއިއްޔާ/ޖަމާއަތްތައް އިއުލާން ކުރުން އޮންނާނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރު ވެސް ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަ ދާއިރާއަކުންނެވެ. އެއީ ބޭސްވެރިކަން، ފިޒިކްސް، ކެމިސްޓްރީ، އަދަބީ، ސުލްހަ އަދި އިގްތިސާދީ ދާއިރާ އެވެ. މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ހޮވުނު މީހުންނަށާއި ޖަމްއިއްޔާ/ޖަމާއަތްތަކަށް އިނާމު ހަވާލު ކުރުން އޮންނާނީ، މިއަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު އޮންނަ ޚާއްސަ ރަސްމިއްޔާތުގަ އެވެ.
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
އޮސްޓްރޭލިޔާ އަންހެނެއްގެ ސިކުނޑީގައި ދިރޭ ފަންޏެއް
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
އެމެރިކާއިން ދެ ލައްކަ ޑޯޒް ފައިޒާ ވެކްސިން ރާއްޖެއަށް
ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަން ހުޅުވާލައިފި
ބޫސްޓަ ޑޯޒު ލިބުނުއިރު ސިރިންޖެއް ނެތް!
ފައިޒާގެ ކޮވިޑް ގުޅަ ބޭހަށް އެމެރިކާގައި ހުއްދަ ހޯދަނީ
ފައިޒާ ވެކްސިން 5-11 އަހަރުގެ ކުދިންނަށް ރަނގަޅު
ސްކޫލް ކުދިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި