Roadha Mihaaru
ފައިޒާގެ ކޮވިޑް ގުޅަ ބޭހަށް އެމެރިކާގައި ހުއްދަ ހޯދަނީ

ފައިޒާގެ ކޮވިޑް ގުޅަ ބޭސް އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ހޯދަނީ

17 ނޮވެމްބަރ 2021

ކޮވިޑް-19 ބައްޔަށް ފަރުވާކުރުމަށް، އެމެރިކާގެ ފައިޒާ ކުންފުނިން އުފައްދައި މިހާރު އަޖުމަބެލުމުގެ މަރުހަލާގައިވާ ގުޅަ ބޭސް، އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަށް އެދި، އެ ކުންފުނިން އެމެރިކާ ސަރުކާރަށް އިއްޔެ ހުށަހަޅައިފި އެވެ.

ފައިޒާގެ ކޮވިޑް ބޭސް ބޭނުންކުރުމުގެ ހުއްދަށް އެދި އެ ކުންފުނިން މި ހުށަހެޅީ، މި އަހަރުގެ ފިނި މޫސުން ބޯމަތިވަމުން އަންނަ އިރު، އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު، ބައެއް ސަރަހައްދުތަކުގައި އަނެއްކާ ވެސް އިތުރުވާން ފަށާފައިވަނިކޮށެވެ.

އަޖުމަބެލުމުގެ މަރުހަލާގައި މިހާތަނަށް ކުރި ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި، ކޮވިޑް ބަލި ޖެހޭ މީހުންނަށް ފައިޒާގެ ކޮވިޑް ބޭސް ދިނުމުން، އެ ބަލީގައި ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ނިސްބަތް ވަރަށް ކުޑަ އެވެ. އަދި އެ ބޭސް ބޭނުންކުރުމުން، ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެ އެވެ.

ނޮވެމްބަރު 16، 2021؛ އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ގުޅަ ބޭސް ތައްޔާރު ކުރުމުގެ މަސައްކަތް، ޖަރުމަން ވިލާތުގައި ހުންނަ އެ ކުންފުނީގެ ލެބޯޓަރީގައި ކުރިއަށް ދަނީ. --އޭއެފްޕީ

ނޮވެމްބަރު 16، 2021؛ އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ގުޅަ ބޭސް ތައްޔާރު ކުރުމުގެ މަސައްކަތް، ޖަރުމަން ވިލާތުގައި ހުންނަ އެ ކުންފުނީގެ ލެބޯޓަރީގައި ކުރިއަށް ދަނީ. --އޭއެފްޕީ

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ފަރާތުން މިހާރު ވެސް އަންނަނީ އެހެން ބައެއް ކުންފުނިތަކުން އުފައްދައި، ހުއްދަ އަށް އެދި ހުށަހަޅާފައިވާ ކޮވިޑް ބޭސްތަކުގެ އަޖުމަބެލުމުގެ ދިރާސީ ރިޕޯޓްތައް މުރާޖައާ ކުރަމުންނެވެ. މިހާރު ބެލެވޭ ގޮތުގައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ ބޭސްތަކަށް އެމެރިކާ ސަރުކާރުން ހުއްދަ ދޭނެ އެވެ.

"އަހަރެމެން މި ބަލަނީ އަހަރެމެންގެ މި މުހިންމު ބޭސް، ވީ އެންމެ އަވަހަކަށް ބަލި މީހުންގެ އަތަށް ފޯރުކޮށްދެވޭތޯ. އެކަމުގެ ހުއްދަ އަށް އެދި، އެފްޑީއޭ އަށް ހުށަހަޅާފައިވާ ލިޔުންތައް އެމީހުން މުރާޖައާ ކުރުމުގައި އަހަރެމެން މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ފައިޒާ ކުންފުނީގެ ސީއީއޯ އަލްބަޓް ބޯރްލާ ނެރުއްވި ބަޔާނެއްގައިވެ އެވެ.

ފައިޒާ ކުންފުނިން މި ވަގުތު ބޭނުންވަނީ، ކޮވިޑް ބަލީގައި މާބޮޑުވަރު ނުވި ނަމަވެސް ބަލީގެ އަލާމާތްތައް ފާޅުވާ މީހުންނާއި މެދުމިންވަރަކަށް ބަލިހާލަތު ދާ މީހުންނާއި، ބަލީގައި ބޮޑުވަރު ވުމުގެ ނުރައްކާ އޮތް މީހުންނަށް މި ބޭސް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށެވެ. މިހާތަނަށް އެފްޑީއޭ އިން ހުއްދަ ދީފައިވާ އެހެން ބޭސްތައް ވެސް ބޭނުންކުރަމުން ދަނީ އެ ފަދަ މީހުންނަށެވެ.

ނޮވެމްބަރު 16، 2021؛ އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ގުޅަ ބޭސް ތައްޔާރު ކުރުމުގެ މަސައްކަތް، ޖަރުމަން ވިލާތުގައި ހުންނަ އެ ކުންފުނީގެ ލެބޯޓަރީގައި ކުރިއަށް ދަނީ. --އޭއެފްޕީ

ނޮވެމްބަރު 16، 2021؛ އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19އާ ދެކޮޅަށް އުފެއްދި ގުޅަ ބޭސް ތައްޔާރު ކުރުމުގެ މަސައްކަތް، ޖަރުމަން ވިލާތުގައި ހުންނަ އެ ކުންފުނީގެ ލެބޯޓަރީގައި ކުރިއަށް ދަނީ. --އޭއެފްޕީ

މިހާތަނަށް ކޮވިޑާ ދެކޮޅަށް އުފައްދާފައި ހުރި ބޭސްތަކަކީ އިންޖެކްޝަނެއްގެ ގޮތުގައި ނުވަތަ އައިވީގެ ޒަރީއާއިން ހަށިގަނޑަށް ޖަހާ ބޭހެވެ. ނަމަވެސް ފައިޒާ ކުންފުނީގެ ބޭހަކީ އަނގައިން ދިރުވައިލާ ގޮތަށް އުފައްދާފައިވާ ގުޅަ ބޭހެކެވެ.

އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ އިރު، ފައިޒާގެ ކޮވިޑް ބޭސް އުފައްދައި އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ކުންފުންޏާއި މެޑިކަލް ޕެޓަންޓް ޕޫލް (އެމްޕީޕީ)އާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. އދ.ގެ މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ އާންމު ސިއްހަތާ ބެހޭ ގުރޫޕެއް ކަމަށްވާ އެމްޕީޕީއާ އެކު ހެދި މި އެއްބަސްވުމުގެ ދަށުން އުފައްދާ ކޮވިޑް ބޭސް ފޯރުކޮށްދޭނީ ފަގީރު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ 95 ގައުމަކަށެވެ.

މި އެއްބަސްވުމުގެ ދަށުން ކޮވިޑް ބޭސް ފޯރުކޮށްދޭ ގިނަ ގައުމުތަކަކީ އެފްރިކާ އާއި އޭޝިޔާގެ ގައުމުތަކެވެ. އެ ގައުމުތަކުގެ އާބާދީއަކީ މުޅި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 53 ޕަސެންޓެވެ.