Roadha Mihaaru
އެމެރިކާއިން ދެ ލައްކަ ޑޯޒް ފައިޒާ ވެކްސިން ރާއްޖެއަށް

އެމެރިކާ އިން އިތުރު ދެ ލައްކަ ޑޯޒް ފައިޒާ ވެކްސިން ރާއްޖެ އަށް ހަދިޔާ ކޮށްފި

28 ޖެނުއަރީ 2022

އެމެރިކާ އިން ދެ ލައްކަ ޑޯޒުގެ ފައިޒާ ވެކްސިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމެރިކާ އިން ދެ ލައްކަ ޑޯޒުގެ ފައިޒާ ވެކްސިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ރާއްޖެ އަށް 200،000 ޑޯޒުގެ ފައިޒާ ވެކްސިން ހަދިޔާކޮށްފަ އެވެ.

އެމެރިކާ އިން މިއަދު ގެނައި އާ ޝިޕްމަންޓާ އެކު އެ ގައުމުން ރާއްޖެ އަށް ހަދިޔާ ކުރި ފައިޒާ ވެކްސިން ޑޯޒްގެ އަދަދު 440،000 އަށް އަރަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އޭގެ ތެރޭގައި ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އާއި އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީޕީއީ އާއި ޕީސީއާރު މެޝިނާއި ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެ އެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައި ދެނީ ކުޑަ ކުދިންނާއި ހައި ރިސްކު މީހުންނަށެވެ. އަދި ކޮވިޑްގެ ބޫސްޓަ ޑޯޒް އުމުރު ހަމަވާ އެންމެނަށް ވެސް ޖަހައިދޭން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ނިންމާފައި ވަނީ ފައިޒާ ވެކްސިން އެވެ.

މިހާތަނަށް 359،551 މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ އިރު 62،402 މީހުން ވަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިފަ އެވެ.