31 ޑިސެމްބަރ 2020
ކެލިފޯނިއާ (ޑިސެމްބަރު 31) - އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އުމުރުން 45 އަހަރުގެ ނަރުހަކަށް ކޮވިޑް-19 ގެ ވެކްސިން ދިންތާ ހަފުތާއެއް ފަހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
ކެލިފޯނިއާ (ޑިސެމްބަރު 31) - އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އުމުރުން 45 އަހަރުގެ ނަރުހަކަށް ކޮވިޑް-19 ގެ ވެކްސިން ދިންތާ ހަފުތާއެއް ފަހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
އޭބީސީ ނިއުސް އިން ބުނެފައި ވަނީ މެތިއު ޑަބްލިއު އަށް ފައިޒާގެ ވެކްސިން ދީފައި ވަނީ ޑިސެމްބަރު 18 ގައި ކަމަށެވެ. އޭނާ ބުނެފައި ވަނީ ވެކްސިން ޖެހިތާ އެއް ދުވަސް ފަހުން އަތް ދުޅަވި ކަމަށާއި އެނޫން އެއްވެސް ސައިޑް އިފެކްޓެއް ނުފެންނަ ކަމަށެވެ. ނަމަވެސް ކްރިސްމަސްގެ އެއް ދުވަސް ކުރިން އޭނާ ބަލިވެ، ގައިގައި ރިއްސައި، ވަރުބަލިވާން ފެށި އެވެ.
ކްރިސްމަސްގެ އެއް ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލަކަށް ގޮސް ކޮވިޑް ޓެސްޓް ހަދައިފަ އެވެ. ނަތީޖާ ލިބިފައި ވަނީ ޕޮޒިޓިވް ކަމަށެވެ.
އެކަމަކު މިއީ ވެކްސިންގައި މައްސަލައެއް ހުރެގެން ދިމާވާ ކަމެއް ނޫނެވެ. މިއީ އެހެން ވެކްސިންތަކުން ވެސް ބައެއް މީހުންނަށް ކުރިމަތިވާ ހާލަތްތަކެވެ. އަދި ކޮވިޑް ވެކްސިންގެ އަސަރު ބޮޑަށް އުފެދެނީ ދެ ޑޯޒް ހަމަވުމުން ކަމަށް ވާތީ، ދެ ވަނަ ޑޯޒްގެ ކުރިން ބައެއް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ސެންޑިއާގޯގެ ފެމިލީ ހެލްތު ސެންޓަރުގެ ގައިންގައިން އަރާ ބަލިތަކާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވީ އެއީ ވެދާނެ ކަމެއް ކަމަށެވެ.
"ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުން ވެސް އެނގޭ ގޮތުގައި ވެކްސިން އިން ރައްކާތެރިކަން ލިބެން 10-14 ދުވަސް ނަގާނެ. އަނެއްކޮޅުން ވެކްސިންގެ ފުރަތަމަ ޑޯޒުން ލިބޭނީ 50 ޕަސެންޓުގެ ރައްކާތެރިކަން. ކޮރޯނާވައިރަހުން 95 ޕަސެންޓް ރައްކާތެރިކަން ލިބުމަށްޓަކައި ދެ ވަނަ ޑޯޒް ޖަހަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އާންމު ވެކްސިންތަކުން ވެސް ދިމާވާ މައްސަލަތަކަށް ބަލާއިރު މެތިއުއަށް ކުރިމަތިވީ މާ ބޮޑު ކަމެއް ނޫނެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އާންމުންގެ ތެރޭގައި އެކަހަލަ ކަންކަމަށް ބޮޑަށް ސަމާލުކަން ލިބެނީ ކޮވިޑް ކަހަލަ ބޮޑު ބަލިމަޑުކަމެއްގައި ހޯދި ވެކްސިނަކަށް ވާތީ، އެންމެންގެ ޝައުގުވެރިކަން ވެސް ބޮޑުވެގެންނެވެ. އޭގެ ކުރިން ހެދި ވެކްސިންތަކުގެ ޓެސްޓްތައް ދިޔަ ގޮތެއް ވެސް، އަދި ޓެސްޓްތަކުގެ މަރުހަލާގައި ދިމާވި މައްސަލަތައް ވެސް، އާންމުންނާ ހަމަޔަކަށް ނާދެ އެވެ.
އެމެރިކާއިން ދެ ލައްކަ ޑޯޒް ފައިޒާ ވެކްސިން ރާއްޖެއަށް
އެމެރިކާ އިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި
ފައިޒާގެ ވެކްސިން އަށް އެމެރިކާ އިން ހުއްދަ ދީފި
ކޮވިޑް ވެކްސިންގެ މޭސްތިރިންނަށް ނޮބެލް އިނާމު
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ލައްކައަކަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށްފި
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަން ހުޅުވާލައިފި
އެއްމާބަނޑަސް މި ކުދިންގެ އުފަންދުވަސް ތަފާތު