18 ސެޕްޓެމްބަރ 2020
ކޮވިޑް-19އާ ދެކޮޅަށް ތައްޔާރުކުރާ ވެކްސިންތަކުގެ އަޖުމަބެލުން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ބުނެ އިއްވާ އަޑުތައް ގަދަވުމާ އެކު، ބޮޑު ދެ ކުންފުންޏަކުން އެ އެދުންތަކަށް ބޯލަނބައިފި އެވެ.
ކޮވިޑް-19އާ ދެކޮޅަށް ތައްޔާރުކުރާ ވެކްސިންތަކުގެ އަޖުމަބެލުން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ބުނެ އިއްވާ އަޑުތައް ގަދަވުމާ އެކު، ބޮޑު ދެ ކުންފުންޏަކުން އެ އެދުންތަކަށް ބޯލަނބައިފި އެވެ.
އަލަށް ފެނުނު ކޮރޯނާވައިރަސްއާ ދެކޮޅަށް ވެކްސިން ހެދުމުގެ ކުރީގައި އުޅޭ މޮޑާނާ އާއި ފިޒާ އިން، ވެކްސިންގެ އަޖުމަބެލުން ކުރިއަށް ގެންދާ ގޮތުގެ ތާވަލާއި، އަމަލްކުރާ އުސޫލުތައް މި ހާމަކުރީ، މިނިވަން ސައިންސްވެރިން އެކަމަށް އެދެމުން އަންނަނިކޮށެވެ.
އެކަމަކު އެ ތާވަލްތަކަށް ބަލާއިރު، އާންމުން އުއްމީދުކުރާހާ އަވަހަށް ވެކްސިން ލިބޭނެ ކަމަކަށެއް ނުފެނެ އެވެ. މޮޑާނާގެ ރޭވުންތަކަށް ބަލާ ނަމަ، އާންމުކޮށް ވެކްސިން ލިބޭވަރުވާނީ އަންނަ އަހަރުގެ މާޗާއި މޭމަހާ ދެމެދުގެ މުއްދަތެއްގަ އެވެ.
ދެ ކުންފުނިން އަމަލްކުރާ އުސޫލުތަކުގައި އަޖުމަބެލުމުގެ ފަހު މަރުހަލާގައި ބޭނުންކުރާ މީހުންގެ ނަސްލާއި އެ މީހުން މޮނިޓަކުރާ ގޮތްތަކާއި އަޖުމަބެލުން ހުއްޓާލާނެ ފަދަ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. އަދި ވެކްސިނުން ހިމާޔަތް ލިބޭކަން ކަނޑައަޅާނީ ކޮން ކަހަލަ ހެކިތަކަކަށް ބިނާކޮށްކަން ވެސް، ހާމަކުރި އުސޫލުތަކުގައިވެ އެވެ.
އެމެރިކާގެ ބައެއް ސައިންސްވެރިން އެދެމުން އައީ، ސަރުކާރުން މިހާރު ވެސް ބޮޑު ހޭދައެއްކުރާ ގޮތަށް ހަމަޖައްސާފައިވާ ވެކްސިންތަކުގެ އަޖުމަބެލުން ކުރިއަށް ގެންދާ ގޮތް، މިނިވަން ސައިންސްވެރިންނަށް އެނގެން ޖެހޭނެ ކަމަށެވެ. އަވަސްކުރުމުގެ ގޮތުން ވެކްސިންގެ ރައްކާތެރިކަން ގުރުބާންކުރޭތޯ ނުވަތަ ނޫންތޯ، ކަނޑައެޅޭނީ ވެސް އޭރުން ކަމަށް، އެ ސައިންސްވެރިން ބުނެ އެވެ.
އާންމު ގޮތެއްގައި ވެކްސިންތަކުގެ އަޖުމަބެލުމުގެ މައުލޫމާތުތަކަކީ ސިއްރު އެއްޗެކެވެ. އެ އުފައްދާ ކުންފުނިތަކުން އެކަން ހިއްސާނުކުރަނީ އެއީ އެ މީހުންގެ ވިޔަފާރިއަށް ލިބޭނެ ގެއްލުމަކަށް ވެދާނެތީ އެވެ. އެކަމަކު ކޮވިޑް-19އާ ދެކޮޅަށް ހަދާ ވެކްސިންތަކަށް ސަރުކާރުތަކުން އަންނަނީ އެތައް މިލިއަން ޑޮލަރެއް ހޭދަކުރަމުންނެވެ. އަދި ބަލީގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަމަކަށް އައި ހުއްޓުމާ އެކު، ވެކްސިން އުފެއްދުން، އޭގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ނުބަލާ، ކުރިއަށް ގެންގޮސްފާނެ ކަމަށް، ވެކްސިން އުފެއްދުމުގައި ބައިވެރިނުވާ ތަޖުރިބާކާރުން ދެކެ އެވެ.
މޮޑާނާގެ އަޖުމަބެލުމުގައި، 30،000 މީހުން ބައިވެރިކުރާ އިރު، ފިޒާ އިން 40،000 މީހުން ގެންގުޅެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ، ނޮވެމްބަރު 3ގެ ކުރިން، ނުވަތަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން، ވެކްސިނެއް ލިބޭވަރުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މޮޑާނާގެ އުސޫލުތަކުން އެނގެނީ، އެ ކުންފުނީގެ ވެކްސިން ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާކަން މުޅިން ކަނޑައެޅޭވަރު ވާނީ، އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. ނަމަވެސް ދިމާވާ ގޮތަކުން އެއަށް ވުރެ އަވަހަށް ވެސް، އޭގެ ރަނގަޅު އަސަރު ކަށަވަރުވެދާނެ ހަނި ފުރުސަތެއް އޮވެ އެވެ.
ފިޒާގެ ވެކްސިންގެ ފަހުގެ ނަތީޖާ ލިބޭނެ ވަކި ދުވަހެއް ލަފާކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ކުންފުނިން ކުރިން ބުނެފައި އޮތީ، އޮކްޓޯބަރު މަހު ހިސާބުގައި ނަތީޖާއަކާ ހަމައަށް ދެވިދާނެ ކަމަށެވެ.
މޮޑާނާ އާއި ފިޒާ އިން ވެސް މިހާރު ކުރިއަށް ގެންދަނީ އާންމުކޮށް ވެކްސިނެއް ބޭނުންކުރަން ހުއްދަ ލިބުމުގެ ކުރިން ނިންމަން ޖެހޭ ތިން ވަނަ މަރުހަލާގެ އަޖުމަބެލުމެވެ. ދެ ކުންފުނިން ބައިވެރިކުރާ މީހުންގެ ދެބައި ކުޅަ އެއްބަޔަށް އަސްލު ވެކްސިން ދޭއިރު އަނެއް ބަޔަށް ދެނީ، ހަމައެކަނި ލޮނު ފެންފޮދެކެވެ. އެކަމަކު އެ ބައިވެރިންނަށާއި އެ މީހުންނަށް ފަރުވާކުރާ ޑޮކްޓަރުންނަށް ވެސް، އަސްލު ވެކްސިން ދެނީ ކާކަށް ކަމެއް، ނުވަތަ ވެކްސިންގެ ބަދަލުގައި ލޮނު ފެންފޮދު ދެނީ ކާކަށް ކަމެއް ނޭނގޭނެ އެވެ. އެކަން އެނގޭނީ ދިރާސާތައް ހަދާ ސައިންސްވެރިންނަށް އެކަންޏެވެ.
މޮޑާނާގެ ވެކްސިންގެ ދެ ޑޯޒެއް، ހަތަރު ހަފުތާގެ ދުރުމިނުގައި ދެ އެވެ. ފިޒާގެ ދެ ޑޯޒްގެ ދެމެދު ނަގަނީ ތިން ހަފުތާ އެވެ. އަޖުމަބެލުމުގައި ބައިވެރިވާ މީހުން ކޮވިޑަށް ޕޮޒިޓިވްވޭތޯ ބަލަމުން ގެންދާނެ އެވެ.
ފަހު މަރުހަލާގެ ޓެސްޓްތައް ކުރިއަށް ގެންދަނީ އެންމެ ބާރަށް ކޮވިޑް ފެތުރެމުން ދާ ގައުމުތަކުގަ އެވެ. އޭރުން އަޖުމަބެލުމުގައި ބައިވެރިވާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އަދި ވެކްސިނުން އެމީހުންނަށް އެއްވެސް ކަހަލަ ދިފާއެއް ލިބޭތޯ ވެސް ކަށަވަރުކުރެވޭނެ އެވެ.
ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19އާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކުން ވެސް އަންނަނީ ވެކްސިން އީޖާދުކުރަމުން
އަޖުމަބެލުމުގައި ބައިވެރިވާ އެތައް ހާސް މީހުންގެ ތެރެއިން ކޮވިޑް-19 ޖެހޭ 150 މީހުންނަކީ މޮޑާނާގެ ވެކްސިންގެ އަސަރު 60 ޕަސެންޓަށް އަރާކަން ކަނޑައަޅަން އެކަށީގެންވާ އަދަދެއް ކަމަށް، އުސޫލުގައި ބުނެފައިވެ އެވެ. މި ނިސްބަތް ފިޒާއިން ގަބޫލުކުރަނީ އެ ކުންފުނީގެ ޓެސްޓްގައި ބައިވެރިވާ މީހުންގެ ތެރެއިން 164 މީހުންގެ ނަތީޖާ އިންނެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ލިބޭނީ އެންމެ ކުޑަވެގެން ވެސް ވެކްސިންގެ ރަނގަޅު އަސަރުގެ ނިސްބަތް 50 ޕަސެންޓަށް އަރާ ނަމަ އެވެ.
އަޖުމަބެލުން އަވަހަށް ހުއްޓާލާނެ އުސޫލުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން މޮޑާނާގެ ވެކްސިން ދިން މީހުންގެ ތެރެއިން 53 މީހުންނަށް ކޮވިޑް-19 ޖެހި، ވެކްސިންގެ އަސަރު 74 ޕަސެންޓަށް އަރައިފި ނަމަ، އަޖުމަބެލުން ނިމުމަކަށް ގެންނާނެ އެވެ. ފިޒާ އިން ކަނޑައަޅާފައި ވަނީ ބަލިމީހުންގެ 32 ކޭސް އާއި ވެކްސިންގެ އަސަރު 77 ޕަސެންޓަށް އެރުމެވެ. މިއީ އަޖުމަބެލުމުގެ ފުރަތަމަ މައުލޫމާތާ މެދު ގޮތެއް ކަނޑައަޅަން ވެސް ދެ ކުންފުނިން ނިންމާފައިވާ ބަލިމީހުންގެ އަދަދެވެ. ދެ ކުންފުނިން ލަފާކުރަނީ ނޮވެމްބަރު މަހު އެ ހިސާބަށް ދެވިދާނެ ކަމަށެވެ. އެއްގޮތަކުން ބަލަންޏާ، ވެކްސިންގެ ކަށަވަރު އަސަރު ޔަގީންވާ ހިސާބަށް ވެސް، ފުރަތަމަ ދެނެގަންނަ މައުލޫމާތުތަކުން ހިނގައިދާނެ އެވެ. އެހެން ވެއްޖެ ނަމަ، އެއީ ބައްޔާ ދެކޮޅަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެކަމަކު ސައިންސްވެރިންގެ ނަޒަރުގައި އެގޮތަށް ކަން ވުން އެހާ ކައިރިއެއް ނޫނެވެ.
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިން އަގުބޮޑުކޮށްފި
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
ފައިޒާ އާއި މޮޑާނާގެ ވެކްސިން ފަގީރު ގައުމުތަކަށް
ކޮވިޑް ވެކްސިންގެ މޭސްތިރިންނަށް ނޮބެލް އިނާމު
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
އެމެރިކާއިން ދެ ލައްކަ ޑޯޒް ފައިޒާ ވެކްސިން ރާއްޖެއަށް
ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހަން ހުޅުވާލައިފި
ބޫސްޓަ ޑޯޒު ލިބުނުއިރު ސިރިންޖެއް ނެތް!
އާ ވޭރިއަންޓަށް ބޫސްޓަ ޝޮޓެއް މޮޑާނާ އިން އުފައްދަނީ