Roadha Mihaaru
ޑރ. އިޔާޒްގެ ސަސްޕެންޝަން އުވާލައިފި

ޑރ. އިޔާޒްގެ ސަސްޕެންޝަން އުވާލައިފި

17 މާޗް 2021

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގަދަރުކުޑަވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގެ ތަހުގީގަށް ސަސްޕެންޑް ކުރި އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފުގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގަދަރުކުޑަވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގެ ތަހުގީގަށް ސަސްޕެންޑް ކުރި އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފުގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

އިޔާޒް މިއަދު "މިހާރު" އަށް ވިދާޅުވީ އޭނާ ސަސްޕެންޑްކޮށްް، އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމިފައިވާ ކަން، ޔުނިވާސިޓީން މިއަދު އަންގާފައިވާ ކަަމަށެވެ. އޭނާ ސަސްޕެންޑްކުރީ 14 ދުވަހުގެ މުއްދަތަކަށެވެ.

އެމްއެންޔޫ އިން އިޔާޒް ސަންސްޕެންޑްކޮށް އޭނާ އަށް ފޮނުވި ލިއުމުގަައި ބުނެފައި ވަނީ 14 ދުވަހަށް އޭނާ ސަސްޕެންޑްކުރީ ސޯޝަލް މީޑިއާގައި އޭނާ އާއްްމުކުރައްވާ ތަފާތު ލިއުންތަކުން ޔުނިވާސިޓީގެ އަބުރާ ކަރާމަތަށް ހުތުރުވާތީ ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ އެ އެގޮތަށް ކަންތައް ނުކުރަން ނަސޭހަތްތެރި ވުމުން ވެސް އެކަން އިސްލާހު ނުކުރުމުން އެކަން އިތުރަށް ތަހުގީގު ކުރުމަށް ކަމަށް ބުނެފައިވެ ވެ. އެ ލިއުމުގައި ބުނެފައިވާ ގޮތުގައި ތަހުގީގަށް އިޔާޒް ސަސްޕެންޑް ކުރީ އޭނާއަށް އަނގަބަހުންނާއި ލިއުމުން ވެސް ނަސޭހަތް ދިނުމުން ވެސް އޭނާ ކަންތައްތައް ބަދަލު ނުކުރެއްވުމުންނެވެ.

އެހެން ނަމަވެސް އިޔާޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ލިއުމުން އިންޒާރު ދިނީ އަނގަބަހުން ނަސޭހަތް ނުދީ ކަމަށެވެ. މިފަހަރު އޭނާ ސަސްޕެންޑް ކުރުމުން އިޔާޒރު ވިދާޅުވީ ސަސްޕެންޑް ކޮށް ތަހުގީގުކުރަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ތަހުގީގެއް ކުރަން ޖެހޭ ހާލަތެއްގައި ވެސް އޭނާ ސަސްޕެންޑް ނުކޮށް ތަހުގީ ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.

އެމްއެންޔޫ އިން މީގެ ކުރިން އިޔާޒަށް ލިއުމުން ދިން ނަސޭހަތުގައި ބުނެފައި ވަނީ އޭނާ ކުރައްވާ ސިޔާސީ ޓްވީޓްތަކާ ގުޅިގެން ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބެމުންދާ ކަމަށެވެ. ޔުނިވާސިޓީގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިޔާޒަށް މިދިޔަ އޮކްޓޫބަރު މަހު އަނގަބަހުން ނަސޭހަތްދީފައި ވާނެ ކަމަށް ވެސް އެ ލިޔުމުގައި ބުންޏެވެ. އެމްއެންޔޫގެ ކޯޑް އޮފް ކޮންޑަކްޓާ ހަވާލާދީ ލިޔުމުގައި ބުނީ ކޮންމެ މުވައްޒަފެއްގެ ވެސް އުޅުމާއި ގުޅުން ބަހައްޓަން ވާނީ ޔުނިވާސިޓީގެ ގަދަރު ހިފެހެއްޓޭ ގޮތަށް ކަމަށެވެ.