Roadha Mihaaru
ސައިނޯފާމް ވެކްސިނަށް ހުއްދަދިނުމުގެ ދިރާސާ އަދި ނުނިމޭ

ސައިނޯފާމް ވެކްސިނަށް ހުއްދަ ދިނުމުގެ ދިރާސާ އަދި ވެސް ނުނިމޭ

11 މާޗް 2021

ކޮވިޑު-19 އިން ދިފާއުވުމަށް ޗައިނާ ސަރުކާރުން އުފެއްދި ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ދިރާސާ އަދިވެސް ނުނިމޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އިން ދިފާއުވުމަށް ޗައިނާ ސަރުކާރުން އުފެއްދި ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ދިރާސާ އަދިވެސް ނުނިމޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އިގުތިސޯދު އަވަހަށް ރަނގަޅުކުރަން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާ އިން ވަނީ ވެކްސިންގެ 200،000 ޑޯޒު ހަދިޔާކުރަން ނިންމައިފަ އެވެ.

ދެ ފަހަރެއްގެ މަތިން، ސައިނޯފާމްގެ 10،000 ޑޯޒު ވަނީ ރާއްޖެ އަށް ދީފަ އެވެ. މީގެ އިތުރުން ކޮވިޑު ވެކްސިންގެ 100،000 ޑޯޒު ވެކްސިން ރާއްޖެ އަށް ހަދިޔާކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިއީ ކޮން ބްރޭންޑެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ޗައިނާ އިން އާންމުކޮށް ހަދިޔާކުރަނީ ސިނޯފާމް އާއި ސިނޯވެކް ވެކްސިނެވެ.

ސައިނޯފާމް ކުންފުނިން އުފެއްދި ވެކްސިނަށް ހުއްދަ ދޫކުރުމުގެ ކުރިން ދިރާސާ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހިންގުމާ ހަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިދިޔަ މަހުގެ 16 ގައި ވިދާޅުވެފައި ވެ އެވެ. ނަމަވެސް މަހެއް ވާން ކައިރިވެފައިވާއިރު ވެސް އެ ވެކްސިނަށް ހުއްދަ ދިނުމާ މެދު ގޮތެއް ނުނިންމަ އެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީގެ ކޮމިއުނިކޭޝަން އޮފިޝަލަކު ވިދާޅުވީ އެމްއެފްޑީއޭގެ އެސެސްމަންޓުތައް އަދި ނުނިމޭ ކަމަށެވެ އެ ވެކްސިން ނުޖަހައި މަޑުކޮށްގެން ތިބީ ހުއްދަ ލިބެންދެން ކަމަށް ވިދާޅުވި އެވެ. މިކަމުގައި އެމްއެފްޑީއޭގެ ބަހެއް އަދި ނުލިބެ އެވެ.

ރާއްޖޭގައި މި ވަގުތު ބޭނުންކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިނަށް މިދިޔަ ޖެނުއަރީ 28 ގައި އެމްއެފްޑީއޭއިން ހުއްދަދީފައި ވެ އެވެ. އެއާއެކު، އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 1 ގައި ވެކްސިން ޖަހަން ފަށާފައި ވެ އެވެ.