Roadha Mihaaru
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން

ކޮވިޑް-19: އަލުން ބަލިޖެހެނީ އާންމުކޮށް ނުވަ މަސް ފަހުން

29 މެއި 2021

ކޮވިޑް ބަލިން ފަސޭހަވާ މީހުންނަށް، ދެ ވަނަ ފަހަރަށް އެންމެ އާންމުކޮށް އެ ބަލި ޖެހިފައި ވަނީ ނުވަ މަސް ފަހުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ބަލިން ފަސޭހަވާ މީހުންނަށް، ދެ ވަނަ ފަހަރަށް އެންމެ އާންމުކޮށް އެ ބަލި ޖެހިފައި ވަނީ ނުވަ މަސް ފަހުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ތަނުގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިއަދާ ހަމައަށް މި ބަލި ދެ ވަނަ ފަހަރަށް ޖެހިފައިވާ މީހުންނާ ގުޅޭ ތަފާސްހިސާބުތައް އާންމު ކުރައްވައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް 208 މީހަކަށް ކޮވިޑް ބަލި ދެ ވަނަ ފަހަރަށް ޖެހިފައިވެ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ދެ ވަނަ ފަހަރަށް ކޮވިޑް ޖެހެނީ، އެ ބަލިން ފަސޭހަވާތާ ތިން މަސް ފަހުން ކަމަށް އެހެން ގައުމުތަކުގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ދެ ވަނަ ފަހަރަށް މި ބަލި ޖެހިގެން މީހަކު އަލަށް ރިޕޯޓްކޮށްފައި ވަނީ 17 ވަނަ ހަފުތާ (ހަތަރު މަސް) ފަހުންނެވެ. އެއީ މިދިޔަ އަހަރު އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ބަލި ޖެހުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެގެން ނުވަތަ އެ އަށް ހޭނިގެން ދާން ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާކަން. އެހެންކަމުން ތިން މަސް ފަހުން އަލުން ބަލިޖެހުމަކީ އެހާ އާދަޔާ ހިލާފުކަމެއް ނޫން،" ބަލި ޖެހުމަށް ފަހު ތިން މަސް ފަހުން، ބަލިން ދިފާއުވުމުގެ ގާބިލްކަން ކުޑަވާކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

ރާއްޖޭގައި މިދިޔަ އަހަރު ކޮވިޑްގެ ކޭސްތައް ދެ ވަނަ ފަހަރަށް މައްޗަށް ދިޔައިރު، ކޮންމެ ހަފުތާއަކު 40 މީހުންނަށް އަލުން މި ބަލިޖެހިފައިވެ އެވެ. އެކަމަކު އަހަރުގެ ފަހުކޮޅަށް ދިޔައިރު ކޭސްތައް ވަރަށް ބޮޑަށް މަދުވި އެވެ. އަދި މި އަހަރު ފެށުނު ފަހުން އެވްރެޖްކޮށް ހަފުތާއަކު ފަސް މީހުންނަށް މި ބަލި ދެ ވަނަ ފަހަރަށް ޖެހޭ ކަމަށް ދައްކަ އެވެ.

އަލުން ބަލިޖެހޭ މުއްދަތުތަކުގައި ތަފާތުތަކެއް

ދެ ވަނަ ފަހަރަށް ކޮވިޑް ޖެހިގެން އެންމެ އާންމުކޮށް ނުވަ މަސް ފަހުން ފެނިފައި ވިޔަސް، ހަތަރު މަސް ފަހުންނާއި 13 މަސް ފަހުން ވެސް ބަލިޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް މި ތަފާސްހިސާބުތަކުން ހާމަވެ އެވެ.

މި ބަލި އަލުން ޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ޑރ. އަފްޒަލް ވިދާޅުވިގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް ޖެހެނީ ވެސް ފިރިހެނުންނަށް ކަމަށް ވާތީ، މި ހިސާބުތަކުން އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުވެ އެވެ. އަދި އަލުން ބަލިވާ މީހުންގެ ތެރޭގައި ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ.

އަލުން ޖެހޭ ބައްޔެއް ކަމަށް ކްލިނިކަލް ގޮތުން މިހާރު ބަލާ!

ކޮވިޑަކީ ދެ ވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެއް ކަމަށް ކްލިނިކަލް ގޮތުން ވެސް ރާއްޖޭގައި މިހާރު އަންނަނީ ބަލަމުންނެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އަބަދު ވެސް މައުލޫމާތު ދެއްވާ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ މި މަހުގެ 24 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑަކީ އެއްފަހަރަށް ވުރެ ގިނައިން ޖެހޭ ބައްޔެއްގެ ގޮތުގައި މި ބަލީގެ "ކްލިނިކަލް ސްޕެކްޓްރަމް" އަށް އިތުރުކޮށްފައި ވާނެ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުހައްމަދު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުހައްމަދު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

އޭނާ ލިޔުއްވާފައިވާ ގޮތުގައި ކޮވިޑް ޖެހި ރަނގަޅު ވުމަށް ފަހު ވެސް ބަލީގެ އަލާމާތްތައް އަލުން ފެންނަން ފަށައި، އެހެން ދިމާވާ އިތުރު ސަބަބެއް ނޭނގޭ ނަމަ ކޮވިޑަށް ޓެސްޓުކުރަން ވާނެ އެވެ.

Covid akee thakuraarukoh jehidhaane bayyeh kamah mihaaru balaa

Covid akee thakuraarukoh jehidhaane bayyeh kamah mihaaru balaa

The most trusted news source in the Maldives

Mihaaru

ކޮވިޑަކީ ދެ ވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެއް ކަމަށް ކްލިނިކަލް ގޮތުން ވެސް ރާއްޖޭގައި މިހާރު އަންނަނީ ބަލަމުން.

މި ޓްވީޓާ ގުޅިގެން މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ޑޮކްޓަރު ވިދާޅުވެފައި ވަނީ ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކިޔަސް، އެ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ އަދި ރިކަވަރީގައި ހުންނަ އިރު އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯވެ އެވެ.

ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށް ވެސް އަލުން އެ ބަލި ޖެހޭކަން މިހާރު އެނގުނަސް، ޑޮކްޓަރުން ޔަގީންކަން ދެއްވާ ގޮތުގައި ބަލިން ރައްކާތެރިވާން ވެކްސިން ޖަހާފައިވާ ނަމަ ބަލި ޖެހުމުގެ ފުރުސަތު ވެސް އަދި ބަލީގައި ފުރާނަ އަށް ނުރައްކާވާ ހިސާބަށް ދިއުމުގެ ފުރުސަތު ވެސް އެތައް ގުނައަކަށް ކުޑަކޮށްދެ އެވެ. ޑރ. އަފްޒަލް ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ދުވަހެއްގެ ކޭސްތައް 1،000 އިން މަތީގައި ހުރުމަށް ފަހު، އިއްޔެ ވަނީ 900 އަށް ވެއްޓިފަ އެވެ. ކޭސްތައް މަދުވާން ފަށާފައިވާއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މާލެ އާއި ރަށްރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.