Roadha Mihaaru
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!

ލޮކްޑައުންއެއް، ފާސް ނެތް މީހުންނަށް ބޭރުގައި ނޫޅެވޭނެ!

24 މެއި 2021

އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ކާފިއު ގަޑި ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ހެނދުނު 8 އަށް ދެ ހަފުތާގެ މުއްދަތަށް ބަދަލުކޮށް، ފާސް ނެތި ބޭރުގައި އުޅުން ސަރުކާރުން މަނާކޮށްފި އެވެ. އެހެންވެ، މިއީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިއުލާންކުރި ލޮކްޑައުން އެކެވެ. އެކަމަކު، އެއީ ސީދާ ލޮކްޑައުންއެއް ކަމަށް ސަރުކާރުން ނުބުނެ އެވެ. ނަމަވެސް ފުލް ލޮކްޑައުންއެއްގައި ހިމެނޭ ހުރިހާ ފިޔަވަޅުތަކެއް، އަލަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ ކުރިން އިއުލާންކުރި ލޮކްޑައުންގައި ވެސް ބޭރުގައި އުޅުނީ ފުލުހުން ދޫކުރި ހާއްސަ ފާހަކާ އެކު އެވެ.

އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި އިއުލާންކުރި ގޮތުން ނަމަ ބުދަ ދުވަހުން ފެށިގެން ކާފިއު ނޫން ވަގުތުގައި ކޮންމެ ގެއަކުން ބޭރަށް ނުކުމެވޭނީ ހާއްސަ ފާހެއް ހިފައިގެންނެވެ. ކޮންމެ ގެއަކަށް ދޫކުރާނީ ދެ ފާހެވެ. ފާސްދޫކުރަނީ ދެ ގަޑިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ.

މާލޭގައި އުޅޭ މީހުންނަށް އެ ފާސް ހިފައިގެން ހުޅުމާލެ އަށް ދިއުން މަނަލެވެ. ހުޅުމާލޭގައި އުޅޭ މީހުންނަށް ވެސް މާލެއަކަށް އެ ފާހުގައި ދަތުރެއް ނުކުރެވޭނެ އެވެ. އެކަމަކު، މާލެ-ވިލިމާލެއާ ދެމެދު ދަތުރުކުރެވޭނެ އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

މިއަދުގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.

"މި ޕާމިޓްތައް ދޫކުރެވިފައި ހުންނަނީ ކޮންމެހެން ކުރަންޖެހޭ ކަންކަން އެ ގަޑީގެ ތެރޭގައި ކުރެއްވުމަށްޓަކައި،" ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.

ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިރޭގެ އަށަކުން ފެށިގެން އެ ފާސް ދޫކުރާނެ ކަމަށް އެޗްއީއޯސީން ބުނެ އެވެ. އެ ހުއްދަ ބޭނުންކުރެވޭނީ ހުއްދަ ދޫކުރާ މީހާ އަށް އެކަންޏެވެ.

މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަ އަށް އެދޭއިރު، އެ ގެއެއްގެ ކަރަންޓު މީޓަރު ނަމްބަރާއި އެ މީހެއްގެ ނަމާއި ގޭގެ އެޑްރެސް ޖަހަން ޖެހެ އެވެ.

މަބްރޫކް ވިދާޅުވީ، މި ދެ ހަފުތާ އަށް ޑެލިވަރީގެ ހިދުމަތް ދެވޭނީ ހެނދުނު 6 އިން ދަންވަރު 12 އާ ހަަމައަށް ކަމަށެވެ. އޭނާ ވިދާޅުވީ، ކާފިއު ގަޑީގައި ފިހާރަތަކަށް ވަދެ ވިޔަފާރިކޮށް، ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ހަދާ ނަމަ މަދުވެގެން 5،000ރ. ގެ ޖޫރިމަނާއެއް ކުރާނެ ކަމަށެވެ.

މިއަދުގެ ބްރީފިންގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝަރީފް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

މިއަދުގެ ބްރީފިންގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝަރީފް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

ފުލުހުން ހަމަޖައްސާފައިވާ ގޮތުން ނަމަ، ޑެލިވަރީ ކުރުމަށްޓަކައި މިހާރު ވެސް ދޫކޮށްފައިވާ ފާސްތައް ބޭނުންކުރެވޭނެ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިތުރަށް އެޅި ފިޔަވަޅުތަކުގެ ދަށުން، ޑެލިވަރީ ކުރުން ފިޔަވައި އެއްވެސް ހިދުމަތެއް ފިހާރަތައް/ކެފޭ/ރެސްޓޯރަންޓުތަކުން ނުދެވޭނެ އެވެ.

މާލެ އާއި ވިލިމާލެ އައި ހުޅުމާލޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވަތީ، މިހާރު ކާފިއު ހިންގަނީ ހަވީރު 4 އިން ފަތިހު 4 އަށެވެ. އެކަމަކު، އެ މުއްދަތު ބުދަ ދުވަހުން ފެށިގެން އިތުރުކުރަން ނިންމީ އަލަށް އަޅަން ނިންމި ފިޔަވަޅުތަކާ އެކު އެވެ.