ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ސަރުކާރުން ނިންމައިފި އެވެ.
06 މެއި 2021
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ރެކޯޑު އަދަދަކަށް މައްޗަށް ގޮސް މާލެ އިން އެކަނި ވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 540 އަށް އަރައިފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ކޮވިޑަށް މުޅި ރާއްޖެ އިން އަލަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަކީ 734 އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ހިނގައިބިނގާވެ އުޅުމާއި އެއްޗެހި ދުއްވުން މަނާވާނެ ކަމަށެވެ.
✳️ COVID-19 : Case Updates pic.twitter.com/eLqF6fv8oC
— Health Protection Agency (@HPA_MV) May 5, 2021
މިދިޔަ 24 ގަޑިއިރުގެ މައުލޫމާތު
"އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ،" އެޗްޕީއޭގެ ޓުވީޓުގައި ވެ އެވެ.
މާލެ ސަރަހައްދުގައި ރޭގަނޑު ހަތް ގަޑިއިރުގެ ކާފިއުއެއް ކުއްލި ގޮތަކަށް އިއުލާން ކުރިއިރު، އެޗްޕީއޭ އިން ކުރިން ނިންމާފައި އޮތީ ކޮންމެ ރެއެއްގެ ދަންވަރު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން އެކަނި މަނާކުރާ ގޮތަށެވެ. މި މަހުގެ 15 އާ ހަމައަށް އަޅާ އެ ފިޔަވަޅަށް އަމަލުކުރަން ފެށީ ރޭގަ އެވެ.
ނަމަވެސް ކުއްލި ކާފިއުއެއް މި އިއުލާންކުރީ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، ގޮތް ހުސްވުމުންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަތްނުފޯރާ ވަރަށް މައްޗަށް ގޮސް ކަންކަން ބޮއްސުންލާ ހިސާބަށް ގޮސްފައިވާއިރު، ސަރުކާރުން ފަހު ވަގުތު ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ދަތުރުކުރުމާއި މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި މާލެ ސަރަހައްދުގައި ސްކޫލްތަކަށް ގޮސްގެން ކިޔެވުން ހިމެނެ އެވެ.
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ކާފިއު ގަޑި އިތުރުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި
"ގޭގައި ނުތިބޭ ނަމަ 200 ވެންޓިލޭޓަރަކުން ނުވާނެ"
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
މާލޭގެ ކޮވިޑް ކޭސްތައް 1،000 އިން ދަށަށް
"މާލެ ސަރަހައްދު ލޮކްޑައުން ކުރަން އަދި ނިންމާފައެއް ނުވޭ"
މާލެ ސަރަހައްދުގެ ކާފިއުގަޑި ދަންވަރު 12 އިން 4އަށް