10 މެއި 2021
ކުރިއާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް، ކޮވިޑްގެ އާ ރާޅާއެކު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
"އެކަމަކު މިހާރު މި އައި ސާޖާ އެކީގައި ޒުވާނުން ވެސް ވަރަށް ގިނައިން ސީރިއަސް ހާލަތަށް އެބަދޭ،" ޑރ.މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް އިތުރުވަމުން ދާއިރު، އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހި އަންނަނީ ފަރުވާ ހޯދަމުންނެވެ.
އިއްޔެގެ ހަވީރާ ހަމައަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ އޮތީ ފުރިފަ އެވެ. ފަރުވާ ހޯދަމުން ދިޔަ މީހަކު ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް އިއްޔެ ހަވީރު ބަދަލުކުރުމާ އެކު މިހާރު ހުހަށް ހުރީ އެންމެ އެނދެކެވެ.
އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުން ވެކްސިން ޖަހާފައިނުވާ ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. ނަމަވެސް ބަލި މީހުންގެ ތެރޭގައި ވެކްސިން ފުރަތަމަ ޑޯޒް އެކަނި ޖަހާފައިވާ ދެ މީހަކާއި އަދި ދެ ޑޯޒް ފުރިހަމަކޮށްފައިވާ އެކަކު ހިމެނެ އެވެ.
"އޭގެ ތެރެއިން ވެސް [އެއް ޑޯޒް ޖެހި ދެމީހުންގެ ތެރެއިން] އެއް ފަރާތް ވެންޓިލޭޓަރަށް ލުމަށް ފަހު، އަޅުގަނޑުމެން މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައި. އަދި ދެ ޑޯޒް ފުރިހަމަކުރެއްވި ފަރާތް އަދި އިރާދަކުރެއްވީތީ ވެންޓިލޭޓާއަށް ލާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.
އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަ މާބަނޑު ދެ މީހުން ވެސް އަދި ވެންޓިލޭޓަރަށް ލާން ނުޖެހެ އެވެ.
"ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދެއްވަން އެބަޖެހޭ. އެއީ މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް،" ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އަލަށް ވެކްސިން ޖަހަން ބޭނުންވާ 25 ޕަސެންޓް މީހުނަށް ލިބޭނެ ވަރަށް މި ވަގުތު ސްޓޮކުގައި އެބަހުރި ކަމަށެވެ.
ރާއްޖޭގައި މިހާރު އާންމުކޮށް ޖަހައިދެމުން އަންނަނީ ޗައިނާގެ ސިނަފޯމް ވެކްސިންނެވެ. އަދި ހައި ރިސްކު މީހުނަށް ފައިޒާ ވެކްސިން ވެސް އަންނަނީ ޖަހައިދެމުންނެވެ.
✳️ COVID-19 : Case Updates
— Health Protection Agency (@HPA_MV) May 9, 2021
Out of the 1091 cases being reported today:
- 300 cases fall under backlog (samples collected more than 48 hrs ago)
- 791 cases are positive cases from samples collected within the last 24hrs. pic.twitter.com/mIEcK1Uqkb
މީގެ ދެ ދުވަހަށް ވުރެ ވެސް ކުރިން ނަގައި ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކާއި އަދި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ޓެސްޓުކުރި ސާމްޕަލްތަކާ އެކު އިއްޔެ ރޭގައި 1،091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓީވްފެފަ އެވެ. އެޗްޕީއޭ އިން ބުނިގޮތުގައި މީގެ ތެރެއިން 300 ކޭހަކީ މީގެ 48 ގަޑިއިރަށް ވުރެ ވެސް ކުރީގެ ސާމްޕަލްތަކެވެ. އަދި މިދިޔަ 24 ގަޑިއިރު އަލަށް ފެނުނީ 791 ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި 24 ގަޑިއިރު ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ 4،507 އެވެ.
މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 933 މީހުންނެވެ. ރަށްރަށުން 147، އަދި ރިސޯޓުތަކުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ވެކްސިންނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭ
ކުޑަކުދިން ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ
ބޯޑަރު ބަންދުކުރުމުގެ މަޝްވަރާއެއް ނުކުރޭ: މަބްރޫކް
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
ކޮވިޑް: ހަތަރު އަތޮޅެއްގައި ޕީސީއާރު މެޝިން ބަހައްޓަނީ