Roadha Mihaaru
ރިޒް ކުންފުންޏަށް ދައުވާކުރަން ފޮނުވިތާ 3 މަސް

ރިޒް ކުންފުންޏަށް ދައުވާކޮށްދޭން ފޮނުވިތާ 3 މަސް، އަދި ކޯޓަށް ހުށައެއްނާޅާ

10 މާޗް 2021

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި ރިޒް ކުންފުންޏާ ބެހޭ ގޮތުން ހިންގި ހިއުމަން ޓްރެފިކިންގެ ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅިތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އަދި ދައުވާ ނުކުރާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި ރިޒް ކުންފުންޏާ ބެހޭ ގޮތުން ހިންގި ހިއުމަން ޓްރެފިކިންގެ ތަހުގީގަށް ފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅިތާ ތިން މަހަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އަދި ދައުވާ ނުކުރާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒް މޯލްޑިވްސް އަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޑިސެމްބަރު 3، 2020 ގައި މައްސަލަ ފޮނުވައިފަ އެވެ. އަދި އެ މަހުގެ 16 ވަނަ ދުވަހު މައްސަލަ ބަލައިގެންފައިވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މައްސަލައިގެ އިތުރު ހެކިތަކެއް ހޯދިދާނެ ކަމަށް އެ އޮފީހަށް ފެންނާތީ އެ ހެކިތައް ގެނައުމަށް ފުލުހުންނަށް ލަފާދީފައިވާ ކަމަށެވެ.

ދައުވާނުކޮށް އަދި މަޑުކޮށްގެން ތިބީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރު ރިޒާ އަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން އޭނާ ފުލުހަށް ވެސް ހާޒިރުކުރި އެވެ.

އެ ރަށުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެ، މިދިޔަ އަހަރުގެ ޖުލައި 1 ގައި ބޮޑުފިނޮޅުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ.

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކުގައި 19 ބިދޭސީއަކު ވެސް ހައްޔަރުކުރި އެވެ. އެ ތަނުގައި 190 ބިދޭސީން އަދި ފަސް ދިވެހިން މަސައްކަތްކުރި އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ރިޒް ކުންފުންޏަށް ސީރިއަސް ތުހުމަތުތަކެއް ކުރި އެވެ. ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކްކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ރިސޯޓު ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު އޭގެ އިތުރުން ރިސޯޓު ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރި އެވެ.