Roadha Mihaaru
ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

27 އޯގަސްޓް 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ޕީޖީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމާ އެކު، އެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައި ހުރުމެވެ.

ޕީޖީގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ރައީސް ފޮނުއްވާ ނަންތަކަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުންނެވެ.

ޕީޖީ ޝަމީމް ވަކިކުރުމުގެ ޖަލްސާ ހިނގަމުން ދަނިކޮށް އޭނާގެ އިސްތިއުފާ ދެއްވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް އިސްތިއުފާގެ ސިޓީގެ ނުލިބޭ ކަމަށް ބުނެ މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ޕީޖީ އޮފީސް ހިންގާނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލެވެ.