16 ސެޕްޓެމްބަރ 2024
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު ވިދާޅުވެގެން ނޫން ކަމަށާއި އަދި އޭނާއަކީ އެއްވެސް ނުފޫޒަކަށް އަދި ބިރަކަށް ލެނބޭނެ ބޭފުޅެއް ނޫން ކަމަށް އެ މަގާމަށް އައްޔަން ކުރަން ރައީސް ނަން ފޮނުއްވާފައިވާ އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު ވިދާޅުވެގެން ނޫން ކަމަށާއި އަދި އޭނާއަކީ އެއްވެސް ނުފޫޒަކަށް އަދި ބިރަކަށް ލެނބޭނެ ބޭފުޅެއް ނޫން ކަމަށް އެ މަގާމަށް އައްޔަން ކުރަން ރައީސް ނަން ފޮނުއްވާފައިވާ އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު، ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އައްބާސްގެ ނަމެވެ. އޭނާއަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އައްބާސްއާ އިންޓަވިއު ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު އެދިގެން ނުވަތަ އިރުޝާދު ދީގެން ނޫން ކަމަށެވެ.
އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިވާތީ ކުށުގެ ރެކޯޑް ސާފު ކުރަން ހުށަހެޅި ހިސާބުން އެކަން މީޑިއާއަށް ތިލަވި ކަމަށާއި އޭގެ ކުރިން އޭނާ އެ މަގާމަށް ޝައުގުވެރިވާކަން އެއްވެސް ބޭފުޅަކަށް ނޭނގޭނެ ކަމަށެވެ.
"ގާބިލްކަން އަޅުގަނޑުގެ ހުރި ކަމެއް ކަމަށް ގަބޫލު ކުރެވުނު ހިސާބުން ހުށަހެޅީ ރިކޯޑް ސާފުކުރަން. އެ ހުށަހެޅި ހިސާބުން ނޫހުގައި ޖެހީ. ޖެހި ހިސާބުން އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ކެބިނެޓް މިނިސްޓަރަށް ވެސް އެނގިވަޑައިގެންނެވީ،" އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑަށް މިހާތަނަކަށް މިނިސްޓަރަކު ވެސް ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން ވެސް ނޫނިއްޔާ ސިޔާސީ ބޭފުޅެއްގެ ފަރާތުން ވެސް މި މަގާމަށް ކުރިމަތިލާކަށް ދަންނަވާފައެއް ނެތް އަޅުގަނޑު ކުރިމަތިލުމާ ހަމައަށް ވެސް." އޭނާ ވިދާޅުވި އެވެ.
އައްބާސް ޝަރީފް މިއަދު މަޖިލީހުގެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
އައްބާސް ވިދާޅުވީ އޭނާ ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތަޖުރިބާގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި މައްސަލަތައް ބެލިއިރު، އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ލެނބިފައި ނުވާނެ ކަމަށާއި އަދިވެސް ހުންނެވީ އެގޮތުގައި ކަމަށް އައްބާސް ވިދާޅުވި އެވެ.
"އެކަން އެގޮތަށް އަޅުގަނޑު މި ދަންނަވަނީ އެ ދުވަހު އަޅުގަނޑު ހުކުމް ކޮށްފައި ރިޓަޔާ ކޮށްފައި މިއަދާ ހަމައަށް ވެސް މި އުޅެނީ، އަޅުގަނޑަށް އެނގިގެނެއް އަޅުގަނޑުގެ ވާހަކައެއް މިވީހާ ތަނަށް އެއްވެސް ފަރާތަކުން ދައްކާފައެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
"އޭރު ވެސް އެކަން އެ ކުރެވުނީ އަޅުގަނޑު ނަޒާހަތްތެރިކަމާ އެކު އެކަމާ ކުރިމަތިލައިގެން ހުރީމަ. ހަމަ އެ ސްޕްރިޓްގައި މިއަދު ވެސް އަޅުގަނޑު މިހުރީ."
އައްބާސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ހުންނެވި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ދައުރުގައި ޕީޖީ އޮފީހުގެ ހިންގުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވެ އެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ޝަމީމް ނިންމާފައިވާ ބައެއް ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަމަށް އައްބާސް ވިދާޅުވި އެވެ.
ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އައްބާސް އަކީ ބޮޑެތި ގިނަ މައްސަލަތަކެއްގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލް ކަން ވެސް ކުރައްވައިފަ އެވެ.
އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށެވެ. އޭގެފަހުން އޭނާ އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހު 22 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީއިން އޭނާ ވަކި ކުރަން ނިންމުމާ އެކު އެވެ.
އޭރުގެ ޕީޖީ ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ އެ މަގާމުން ވަކިކޮށްފަ އެވެ. އެކަން ކުރި ސަބަބެއް ކަމުގައި ބުނީ ޕީޖީ އިސްތިއުފާ ދެއްވި ސިޓީ މަޖިލީހަށް ލިބިފައި ނުވާތީ އެވެ. އެކަމަކު ޝަމީމް ވިދާޅުވެފައި ވަނީ އިސްތިއުފާގެ ސިޓީ އޭގެ ކުރިން ފޮނުއްވި ކަމަށެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޕީޖީ ހާޒިރު ކުރާ ކޮމިޓީ ލައިވް ކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ދައުވާކުރެވޭނެ: ޕީޖީ
ވެންޓިލޭޓަރު މައްސަލާގައި އާ މައުލޫމާތުތަކެއް ލިބިއްޖެ
އަލީ ފުރި މައްސަލައިގައި މަޖީލީހުން ޕީޖީއާ ސުވާލުކުރަނީ
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ޕީޖީ ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށްފި
ރިލްވާންގެ މައްސަލާގައި ޕީޖީ އާއި ކޯޓުގެ ބަސް ތަފާތު