ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުން އެ ކޮމިޓީން މިއަދު ބާތިލްކޮށްފި އެވެ.
17 އޮކްޓޯބަރ 2019
ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުން އެ ކޮމިޓީން މިއަދު ބާތިލްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ނިންމުން ބާތިލް ކުރީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އެމްޑީޕީން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް، ބިޝާމް ވަކިކުރަން ހުށަހަޅާފައި އޮތުމާއި ކޮމިޓީގައި މަދުން މެމްބަރުން ތިއްބެވި ވަގުތެއްގައި އެ ނިންމުން ނިންމާފައި ވާތީ އެވެ.
ބިޝާމް، މަގާމުން ވަކިކުރުމުގެ މައްސަލަ، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ޖުޑީޝަރީ ކޮމިޓީން ބާތިލް ކުރިއިރު، އެ މައްސަލަ ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ އެ ޕާޓީގެ މެމްބަރު މޫސާ ސިރާޖު މިއަދުގެ ބައްދަލުވުމަށް ވަޑައެެއް ނުގަންނަވަ އެވެ. އެއީ އޭނާ ސަލާމްގައި ހުންނެވުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކަށް ދައުވާ އުފުލީ އަދި ފަހުން ދައުވާތައް ވެސް އަނބުރާ ގެނައީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ބިޝާމް ވަނީ ޖުޑިޝަރީ ކޮމެޓީގައި ކުރިން ވިދާޅުވެފަ އެވެ. އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ބިޝާމް ވަކިކުރަން އުވިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރުގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހުށަހެޅުއްވި އެވެ. އެކަމަކު އެ މަޖިލިސް އުވިދިޔަ އިރު ވެސް އެ މައްސަލަ ގޮތެއް ނިންމާފައެއް ނުވެ އެވެ.
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި
އަޅުގަނޑަކީ ނުފޫޒަކަށް ލެނބޭނެ މީހެއް ނޫން: އައްބާސް
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޝަމީމްގެ ނަން ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި
ބިޝާމް ވަކިކުރުމުގެ މައްސަލަ އަށް ހުއްދަ ދީފި
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ބިޝާމް ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅައިފި
ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފެއް ނުކުރޭ
ނުފޫޒެއް ނެތް، އަމަލުކުރީ އުސޫލުތަކުގެ ތެރެއިން:ބިޝާމް
ބިޝާމް ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުކުރަނީ