02 ޑިސެމްބަރ 2019
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
މީގެ ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރުކަން ކުރެއްވި ޝަމީމްގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ވަކީލް، އަހްމަދު ޒަނީނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅުގައި ވަނީ ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ، މަގާމުން ވަކިކުރަން ނިންމައި، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ.
މަގާމުގައި ހުންނަވައި ގާނޫނާ ޚިލާފަށް ގިނަ އަމަލުތަކެއް ކުރެއްވި ކަމުގެ ތުހުމަތ ބިޝާމަށް ކުރެ އެވެ. އޭގެތެރޭގައި، ނުހައްގު ދައުވާތައް އުފުލެއްވުމާއި ބައެއް ދައުވާތައް ގޯސް ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވައި އަނބުރާ ގެންނެވުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުވެވަޑައިގެން އެ ކޮމިޓީގައި ދޮގު ހެއްދެވި ކަމުގެ ތުހުމަތު ވެސް އޭނާ އަށް ކުރެ އެވެ.
ޝަމީމް ވަނީ މީގެ ކުރިން ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ. ޝަމީމް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ ދެ ކޯޓެއްގެ މެޖިސްޓްރޭޓުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލިހަށް ފޮނުވި މައްސަލަ ވެސް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އެއީ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަދުނާން އަލީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ފޮނުވި މައްސަލައެކެވެ.
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޕީޖީ ހާޒިރު ކުރާ ކޮމިޓީ ލައިވް ކޮށްދޭން އެދިއްޖެ
ތުހުމަތުވާ ލިއުންތަކާއެކު ޕީޖީ ބުރާސްފަތީގައި ކޮމިޓީއަށް
ވެންޓިލޭޓަރު މައްސަލާގައި އާ މައުލޫމާތުތަކެއް ލިބިއްޖެ
ބިޝާމް ވަކިކުރުމުގެ މައްސަލަ އަށް ހުއްދަ ދީފި
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ޕީޖީ ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށްފި
ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފެއް ނުކުރޭ
ނުފޫޒެއް ނެތް، އަމަލުކުރީ އުސޫލުތަކުގެ ތެރެއިން:ބިޝާމް