22 ފެބުރުއަރީ 2021
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ޕީޖީ އަށް އަންގައިފަ އެވެ.
އެ މައްސަލާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ޕީޖީ އޮފީހުން ފުލުހުންނަށާއި އޭސީސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މުއައްސަސާތަކުން ފޮނުވި މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މި ހަފުތާގެ ތެރޭގައި ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު އޭގެ ތަފްސީލުތައް މަޖިލީހާ ހިއްސާ ކުރަން ވިސްނާފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިރާސާ ކުރަމުން މިދަނީ އެ މައްސަލައިގަ [ވެންޓިލޭޓަރު މައްސަލައިގައި] ފަހުން ލިބުނު މައުލޫމާތުތައް. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން އެބަހުރި ބައިވަރު އިތުރު މައުލޫމާތުތައް ލިބިފައި،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އަލަށް ލިބުނު މައުލޫމާތުތަކާއެކު ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންވެ، ބޭނުންވާ މިންވަރަށް އެ މައުލޫމާތުތައް ގުޅުވައިލެވޭނީ ކޮން މިންވަރަކަށްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ކޮމިޓީއެއްގައި އެއިން އެއްވެސް މައުލޫމާތެއްގެ ތަފްސީލު ހާމަކުރައްވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އޭގައި ވަރަށް ބައިވަރު މީހުން ވެސް އެބަ ހިމެނޭ. އެ މީހުންނަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެނގިއްޖެއްޔާ އަދި އެހެން ގޮތަކަށް ވެސް މަސައްކަތް ބައްޓަން ކޮށްލުމުގެ ފުރުސަތު އޮވެދާނެތީ އަޅުގަނޑު އުޒުރުވެރިވަން މި ތަފުސީލްތައް ހާމަ ކުރަން،" ޕީޖީ ވިދާޅުވި އެވެ.
އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމައި، އެ މައްސަލަ ވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
ޝަމީމް ވިދާޅުވީ އެ މައްސަލަ ލިބުމުން ޖިނާއީ ތަހުގީގެ ފުރިހަމަ ކުރުމަށް ދެ ތިން ދުވަސް ތެރޭގައި ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގެ ޖަވާބެއް އަދި ތަހުގީގު ކުރާ ގޮތެއް ވެސް ނޭނގޭތީ އެ މައްސަލަ އަވަހަށް ނިންމުމަށް ފަހު ފޮނުވުމަށް އަލުން ދަންނަވާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އޭގައި އޮންނާނީ ތުހުމަތު ކުރެވޭ މީހާގެ ބަޔާނެއް ނަގާލުމާއި އެ ކަހަލަ އިދާރީ ދެތިން ކަމެއް. އަޅުގަނޑުމެން މި ބަލަނީ އެ މައްސަލަ މި ހަފުތާ ތެރޭގައި ލިބި އަންނަ ހަފުތާ ތެރޭގައި އެ އަށް ވެސް ގޮތެއް ނިމިގެން ދާނެ ކަމަށް،" ޝާމީމް ވިދާޅުވި އެވެ.
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ޕީޖީ ހާޒިރު ކުރާ ކޮމިޓީ ލައިވް ކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ދައުވާކުރެވޭނެ: ޕީޖީ
އުންސުރު ހަމަނުވަނީ ޕީޖީގެ ނޫންކަމެއްވެސް ނޭނގޭ:އަފީފް
މަހްލޫފް މައްސަލައިގެ އިތުރު ހެެއްކެއް ނުހޯދަން: ޕޮލިސް
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
149 ކިލޯގެ ޑްރަގްގެ މައްސަލައިގައި ޕީޖީ ހާޒިރުކުރަނީ
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި