Roadha Mihaaru
ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި

ބިޝާމް ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ފާސްކޮށްފި

19 ނޮވެމްބަރ 2019

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް އަލުން ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ބިޝާމް ވަކިކުރަން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް މަސައްކަތް ފެށި އެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ޖުޑިޝަރީ ކޮމިޓީން އެގޮތަށް ފާސްކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެ ނިންމުން ބާތިލްކުރީ އެވެ.

އެއީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އެމްޑީޕީން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް، ބިޝާމް ވަކިކުރަން ހުށަހަޅާފައި އޮތުމާއި ކޮމިޓީގައި މަދުން މެމްބަރުން ތިއްބެވި ވަގުތެއްގައި އެ ނިންމުން ނިންމާފައި ވާތީ ކަމަށް ބުނެ އެވެ.

ބިޝާމްގެ މައްސަލަ އަލުން ކުރިއަށް ގެންދަން މި ފަހަރު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރެވެ. ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. ސައުދަކީ، ސިޔާސީ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގެ ބޭފުޅެކެވެ.

"ކޮމިޓީގެ އަޣުލަބިއްޔަތުން މި ނިންމުން ފާސްވީ،" މެމްބަރަކު ވިދާޅުވި އެވެ.

ބިޝާމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން އޭނާ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ކުރިން ސުވާލު ވެސް ކޮށްފައިވެ އެެވެ. އެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވި އެވެ. ޒިންމާ އަދާނުކުރެއްވި ބައެއް ކަންކަމުން މިސާލު ނެންގެވި އެވެ. ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް އެހީތެރިވެ ވަޑައިގަތް ކަމުގެ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ނުގެންދިއުމުން އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅުމުން ވެސް އެކަން ކުރިއަކަށް ނުގެންދިޔަ އެވެ.

އޭރު އެކަން ހިނގައި ނުގަނެ، ލަސްވި ސަބަބާ ގުޅިފައި ވަނީ، މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ލީޑަރުންތަކެއްގެ މަސްލަހަތެވެ.