Roadha Mihaaru
ބިޝާމް ވަކިކުރުމުގެ މައްސަލަ އަށް ހުއްދަ ދީފި

ޕީޖީ ބިޝާމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ހުއްދަދީފި

20 ނޮވެމްބަރ 2019

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުއްދަ ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުއްދަ ދެއްވައިފި އެވެ.

އެ ކޮމިޓީން އިއްޔެ ނިންމާފައި ވަނީ އަނެއްކާވެސް ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ. ކުރިން ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ފާސްކުރި އެވެ. އެކަމަކު އެ ނިންމުން ފަހުން ބާތިލްކުރީ އެވެ.

މަޖިލީހުގެ އާ ގަވާއިދުގައިވާ ގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. މަޖިލީހުގެ މެމްބަރުންނަށް އެކަން އިއުލާން ކުރައްވާނީ މަޖިލީހުގެ ރައީސެވެ. އޭގެ ފަހުން އެ މައްސަލަ އަށް ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

Bisham vaki kurumuge masakkaiy alun fashan faaskoffi

Bisham vaki kurumuge masakkaiy alun fashan faaskoffi

The most trusted news source in the Maldives

Mihaaru

ބިޝާމް ވަކި ކުރުމުގެ މައްސަލަ އަލުން ފަށަން ފާސްކުރުން---

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މަރުތަކާއި ކޮރަޕްޝަނާއި ހައްދުފަހަނަޅައި ދިއުން ފަދަ މައްސަލަތަކުގައި މިދިޔަ އަހަރުގެ ތެރޭގައި އެކަށީގެންވާ ފިޔަވަޅެއް ޕީޖީ ބިޝާމަށް އެޅިފައި ނުވާ ކަމަށް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ ޕީޖީ ބިޝާމްގެ އިތުބާރު ނެތް މައްސަލަ ބެލުމަށް ޖުޑީޝަރީ ކޮމިޓީ އަށް ނަޝީދު ވަނީ އަންގަވައިފަ އެވެ.

ޕީޖީ ވަކިކުރެވެނީ އެ މަގާމާ އެކަށީގެން ނުވާ ކަމެއް ކުރިކަމަށް ނުވަތަ މަގާމު އަދާކުރަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުންނެވެ. ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ގާބިލްކަން ނެތް ހާލަތަކަށް ދިއުމުންނެވެ.

ޕީޖީ ވަކިކުރެވޭނީ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު އެކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ނަގާ ވޯޓަކުންނެވެ.

ބިޝާމް، ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނުހައްދުން އެތައް ދައުވާއެއް ކުރެއްވި ކަމަށް ބިޝާމްގެ މައްޗަށް ތުހުމަތު ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތަކާ އޭނާ އިންކާރު ކުރައްވަ އެވެ.

މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ފޮނުވި އެއް މައްސަލަ އަކީ ބިޝާމް މަގާމުން ވަކިކުރުމެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ނުގެންދިއުމުން އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅުމުން ވެސް އެކަން ކުރިއަކަށް ނުގެންދިޔަ އެވެ.