30 މާޗް 2021
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި ރިޒް ކުންފުންޏަށް ތުހުމަތުކުރި ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގައި ދައުވާނުކޮށް ލަސްވާތީ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި ރިޒް ކުންފުންޏަށް ތުހުމަތުކުރި ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގައި ދައުވާނުކޮށް ލަސްވާތީ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް މޯލްޑިވްސް އަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޑިސެމްބަރު 3، 2020 ގައި މައްސަލަ ޕީޖީއަށް ފޮނުވައިފަ އެވެ. އަދި އެ މަހުގެ 16 ވަނަ ދުވަހު މައްސަލަ ބަލައިގެންފައި ވެ އެވެ.
ނަމަވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ހުށަހެޅިތާ ތިން މަހަށްވުރެ ގިނަ ދުވަސްވިއިރު ވެސް އެ މައްސަލަ ކޯޓަކަށް ނުފޮނުވަ އެވެ.
އެކަމާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ބިދޭސީންނަށް މުސާރަ ހޯދައިދިނުމަށް ހިލޭ ސާބަހަށް ވަކާލާތުކުރާ ޕީއައިއެލްސީގެ ރައީސް މަރިޔަމް ޝުނާނާ ވަނީ އެތައް ބައެއްގެ ހައްގަކާ ގުޅިފައިވާ މައްސަލައިގައި ދައުވާކުރުން ލަސްވާތީ ކަންބޮޑުވެވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ މަކަރާއި ހީލަތުގެ މައްސަލައެއް ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމުން ވެސް، ވިކްޓިމައިޒްވެފައި ތިބި މީހުންގެ ބަޔާން ނެގުމެއް ނެތި އެކަން ފައިލްކޮށްފައިވާ ކަމަށެވެ.
"އެގޮތަށް މައްސަލަ ފައިލްކުރީ ޕީޖީއާ މަޝްވަރާކުރުމަށްފަހު ކަމަށް ވަނީ މައުލޫމާތު ލިބިފައި. މި ގޮތަށް މައްސަލަ ލަސްވެގެންދާތީ ބިދޭސީންނަށް އިންސާފު ލިބޭނެ ކަމާ މެދު ޝައްކުކުރެވޭ،" ޝުނާނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ދައުވާކުރުމުގައި ލަސްވަނީ އެ މައްސަލައާ ގުޅިގެން އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.
"މައްސަލަ ޕީޖީ އޮފީހުގައި ބާއްވައިގެން އެކަން ބަލަމުންދަނީ އިސްލާހުކުރުމަށް އަނބުރާ ފޮނުވާލައިފި ނަމަ އިތުރަށް ލަސްވެދާނެތީ،" ޝަފީއު ވިދާޅުވި އެވެ.
ރިޒާ އަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތުހުމަތުގައި ބަޔާން ނެގުމަށް މީގެ ކުރިން އޭނާ ފުލުހަށް ވެސް ހާޒިރުކުރި އެވެ.
އެ ރަށުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއްވުމުން، މިދިޔަ އަހަރުގެ ޖުލައި 1 ގައި ބޮޑުފިނޮޅުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ ހަމަނުޖެހުމާ ގުޅިގެން 19 ބިދޭސީން ހައްޔަރުކުރި އެވެ. އޭރު ބޮޑުފިނޮޅުގައި 190 ބިދޭސީން އަދި ފަސް ދިވެހިން މަސައްކަތްކުރި އެވެ
ރިޒް ކުންފުންޏަށް ފުލުހުން ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އޭގެ އިތުރުން ރިސޯޓު ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށްފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރި އެވެ.
މެމްބަރު ރިޒާގެ ރިޒްގެ މައްސަލަ "އަދިވެސް ބަލަނީ"
މެމްބަރު ރިޒާއަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފި
ރިޒް ކުންފުންޏަށް ދައުވާކުރަން ފޮނުވިތާ 3 މަސް
ބިދޭސީންނަށް މުސާރަނުދީ ސޮއިކުރުވާ ކަމަށް ބުނެ ޕޮލިހަށް
ބޮޑުފިނޮޅު މައްސަލައިގައި ރިޒްއަށް ދައުވާކުރަން ޕީޖީއަށް
ބޮޑުފިނޮޅު ބިދޭސީންގެ މައްސަލަ އެޗްއާރުސީއެމަށް
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި