ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
12 ޖެނުއަރީ 2021
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރަމުން ދިޔަ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތްކުރިވި މައްސަލައިގައި، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މިދިޔަ މަހުގެ 16 ވަނަ އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް ދައުވާކުރަން އަދި ނުފޮނުވާ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރު ރިޒާއަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން އޭނާ ފުލުހަށް ވެސް ހާޒިރުކުރި އެވެ.
އެ ރަށުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެ، މިދިޔަ އަހަރުގެ ޖުލައި 1 ގައި ބޮޑުފިނޮޅުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެ، ހާލަތު ވަރަށް ބޮޑަށް ސީރިއަސްވި އެވެ. އެހެންވެ އެ ރަށަށް އަރަން ދިޔަ ފުރަތަމަ ފުލުހުންނަށް އެކަން ނުވުމުން ހާލަތު ކޮންޓްރޯލްކުރީ މާލެއިން ފުލުހުންގެ ބޮޑު ފައުޖެއް ފޮނުވައިގެންނެވެ.
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކުގައި 19 ބިދޭސީއަކު ވެސް ހައްޔަރުކުރި އެވެ. އެ ތަނުގައި 190 ބިދޭސީން އަދި ފަސް ދިވެހިން މަސައްކަތްކުރި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ރިޒް ކުންފުންޏަށް ސީރިއަސް ތުހުމަތުތަކެއް ކުރި އެވެ. ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރި އެވެ.
"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީންނާ ހަވާލުވެ، އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި މުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާ" ކަމަށް ވެސް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މެމްބަރު ރިޒާއަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފި
ރިޒްއަށް ދައުވާކުރުން ލަސްވާތީ ކަންބޮޑުވެއްޖެ
ބިދޭސީންނަށް މުސާރަނުދީ ސޮއިކުރުވާ ކަމަށް ބުނެ ޕޮލިހަށް
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!
މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުހަށް ހާޒިރުކޮށްފި
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!
މުސާރަ ނުދޭކަން ސަރުކާރަށް އެނގޭ، ހައްލުނުވީ ކީއްވެ؟
ބޮޑުފިނޮޅުގެ މައްސަލަ ރިޒުން ކަނޑާލީ ސީލްގެ ބޮލަށް!