04 މާޗް 2021
ލަންޑަން (މާޗް 4) - މި މަހު ކުޅެން ތާވަލުކޮށްފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްނުކުރަން ލިވަޕޫލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ކުޅުންތެރިންނާ މެދު އަމަލުކުރަން މަޝްވަރާތައް ފަށައިފި އެވެ.
ލަންޑަން (މާޗް 4) - މި މަހު ކުޅެން ތާވަލުކޮށްފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްނުކުރަން ލިވަޕޫލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ކުޅުންތެރިންނާ މެދު އަމަލުކުރަން މަޝްވަރާތައް ފަށައިފި އެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓްތައް ހަލުވިކަމާ އެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރޭތީ އިނގިރޭސި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން "ރެޑް ލިސްޓް"ގައި ހިމެނޭ ގައުމަކުން އަންނަ ކޮންމެ މީހަކު ހޮޓަލެއްގައި 10 ދުވަސް ކަރަންޓީނުވާން ޖެހެ އެވެ. އެ އުސޫލުން ބަލާނަމަ ލިވަޕޫލާއި ޔުނައިޓެޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގެ މެޗުތައް ނިންމާފައި އެނބުރިއައިސް 10 ދުވަސް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހުމުން މުހިއްމު މެޗުތަކެއް ގެއްލޭނެ އެވެ.
އިނގިރޭސި ސަރުކާރުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ބަލާއިރު ދެކުނު އެމެރިކާގެ ގިނަ ގައުމުތަކާއި ޔޫރަޕުން ޕޯޗުގަލް ފަދަ ގައުމުތައް ހިމެނެ އެވެ. ޔުނައިޓެޑާއި ލިވަޕޫލްގައި ދެކުނު އެމެރިކާ އާއި ޕޯޗުގަލްގެ ގިނަ ކުޅުންތެރިން ހިމެނެ އެވެ.
ނޯމަލް ހާލަތްތަކުގައި ފީފާ އިން ގައުމީ ޓީމުތަކުގެ މެޗުތަކަށް ކަނޑައަޅާފައިވާ ތާރީހުގައި ކުޅެން މެޗުތަކަށް ކުޅުންތެރިން ރިލީސްކުރަން މަޖުބޫރެވެ. އެކަމަކު ކޮވިޑް-19އާ ހެދި ފީފާ އިން އަމަލުކުރަން ފެށި ހާއްސަ އުސޫލުގެ ދަށުން ކަރަންޓީިނު ވާން ޖެހުމާއި މި ފަދަ ކަންކަމާ ހުރެ ކުޅުންތެރިން ރިލީސްކުރުމުގެ ކަންތައްތައް ވަނީ ކްލަބްގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ދާދި ފަހުން ބުނީ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ އާއި ފަބީނިއޯ އަދި އެލިސަން ބެކާގެ އިތުރުން ޕޯޗުގަލްގެ ޑިއޯގޯ ޔޮޓާ ގައުމީ ޓީމަށް ގޮސްފައި އެނބުރި އައިސް ކަރަންޓީނުވާން ޖެހޭނަމަ ކްލަބުން ރިލީސްނުދޭނެ ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި ދަނޑިވަޅުގައި ދަތުރުފަތުރުކޮށްގެން މެޗުތައް ކުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ކްލަބްތަކުން މުޅި އަހަރަށް ބަހާލައިގެން ކުޅުންތެރިންނަށް ބޮޑު މުސާރަ ދޭ އެންމެ ބޮޑު ސަބަބަކީ މުހިއްމު މެޗުތަކުގައި އެ ކުޅުންތެރިން ބޭނުންކުރުމަށާއި އެކަން ކުރުމަށް ހުރަހެއް ކުރިމަތިވާ ގޮތަކަށް ކްލަބުން އަމަލުނުކުރާނެ ކަމަށް ސޯލްޝެއާ ބުންޏެވެ.
"އަހަރެމެން މިކަން އޮތްގޮތް ކުޅުންތެރިންނަށް ހިއްސާކުރާނަން. މިހާރު ވެސް އެކަން ފަށައިފިން،" ސޯލްޝެއާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލާއި ޔުނައިޓެޑުން އިސްނަގައިގެން ގައުމީ ޓީމުތަކަށް ކުޅުންތެރިން ރިލީސްނުކުރަން މި ނިންމި ނިންމުމާ އެއްގޮތަށް ޕްރިމިއާ ލީގުގެ ގިނަ ޓީމުތަކުން އަމަލުކުރަން އަންނަނީ ތައްޔާރުވަމުންނެވެ.
"އެންމެ މޮޅީ ލިވަޕޫލް ކަމަށް އެއްބަހެއް ނުވެވޭނެ"
ޔުނައިޓެޑް ލީގު ކާމިޔާބުކުރަން 30 އަހަރެއް ނުނަގާނެ
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ޕެނަލްޓީ ނުލިބޭތީ ސޯލްޝެއާ ކުށްވެރިކުރީ ކްލޮޕް
ޔުނައިޓަޑްގެ މެޗުތައް ތާށި ކުރުމަކީ ކުށެއް: ކްލޮޕް
ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން ނަތީޖާނެރެންޖެހޭ: ކްލޮޕް
ޔުނައިޓެޑުގެ ކުޑަކުޑަ ސަޕޯޓަރަކަށް ކްލޮޕް ޖަވާބުދީފި
ލިވަޕޫލް އޮތް ލެވަލަށް ޔުނައިޓެޑަށް ދެވޭނެ: ސޯލްޝެއާ
ލިވަޕޫލާ ކުރިމަތިލާނީ ފާގަސަންގެ ވިސްނުމުގައި: ސޯލްޝެއާ
ސޯލްޝެއާ އަށް ކްލޮޕް ތައުރީފުކޮށްފި