20 އޮކްޓޯބަރ 2019
މެންޗެސްޓާ (އޮކްޓޯބަރު 20) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ނުކުންނައިރު އެ ޓީމު އޮތީ ލިވަޕޫލަ ދިމާކުރެވޭ ފެންވަރަކު ނޫނެވެ. ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާ އެކު ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތްއިރު ޔުނައިޓެޑް އޮތީ ރެލިގޭޝާން ޒޯނަށް ވެއްޓޭ ނުވެއްޓޭ ހިސާބުގައި، އެންމެ ނުވަ ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 20) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ނުކުންނައިރު އެ ޓީމު އޮތީ ލިވަޕޫލަ ދިމާކުރެވޭ ފެންވަރަކު ނޫނެވެ. ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓާ އެކު ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތްއިރު ޔުނައިޓެޑް އޮތީ ރެލިގޭޝާން ޒޯނަށް ވެއްޓޭ ނުވެއްޓޭ ހިސާބުގައި، އެންމެ ނުވަ ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.
އެކަމަކު ޒަމާނުއްސުރެ ދެ ޓީމުގެ މެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން، ދެ ޓީމު ވާދަކުރާ ކޮންމެ މެޗެއްގެ ކުރިން ކޯޗުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުމާ ސަޕޯޓަރުންގެ މެދުގައި ދިމާކުރުންތައް އޮންނަ އުސޫލަށް މި ހާލަތުގައި ވެސް ބަދަލެއް ނާދެ އެވެ. ލިވަޕޫލާ ބަހެއް އެއްލާނުލާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވެސް ކެތެއް ނުވި އެވެ.
ލިވަޕޫލް މިވަގުތު ކިތަންމެ ވަރުގަދަކޮށް އޮތަސް އެ ޓީމުން ލީގު ޗެމްޕިއަންކަން ނުހޯދާ 30 އަހަރު ވެފައިވާކަން ހަނދާންކޮށްދިނުމުގެ ގޮތުން ސޯލްޝެއާ މެޗުގެ ކުރިން ބުނީ ޔުނައިޓެޑުން ހާލަތު ބަދަލުކޮށް އެނބުރި އައިސް ލީގު ޗެމްޕިއަންކަން ހޯދާނެ ކަމަށާއި ޔަގީނުން ވެސް އެކަމަށް 30 އަހަރު ނުނަގާނެ ކަމަށެވެ.
ލިވަޕޫލުން މިދިޔަ ސީޒަނާއި 2005 ގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް އަދި އިނގިރޭސި ގަދަ ބާރެއްގެ ގޮތުގައި ގިނަ އަހަރުތަކެއްގައި އޮތް ނަމަވެސް، 1990 ވަނަ އަހަރުގެ ފަހުން ލީގު ޗެމްޕިއަންކަން ނުހޯދޭތީ އަބަދުވެސް އިދިކޮޅު ޓީމުތަކުން އެކަމާ މައްލަވަކުރެ އެވެ. އިނގިރޭސި ލީގު، 1992 ވަނަ އަހަރު ޕްރިމިއާ ލީގުގެ ނަމަށް ރިބްރޭންޑްކޮށް ދުނިޔޭގެ އެންމެ މަގުބޫލު ލީގަށް ބަދަލުކުރި ފަހުން ތަށީގައި އަތްނުލެވުމަކީ ފަހުގެ ތާރީހެއްގައި އެ ޓީމުގެ އެންމެ ބޮޑު ނާކާމިޔާބެވެ.
އެކަން ބަދަލުކުރުމާ ދާދި ގާތަށް މިދިޔަ އަހަރު ދިޔަ ނަމަވެސް ފަހު ވަގުތު މެންޗެސްޓާ ސިޓީއާ ވާދަކޮށް ތަށި ގެއްލުނީ އެވެ. އެކަމަކު މި ސީޒަނުގައި މިދާ ގޮތުން ބެލެވެނީ އެކަން ބަދަލުކުރާނެ ކަމަށެވެ. އެކަން ކުރާ ނަމަ ވާދަވެރި ޓީމުތަކާ ދެކޮޅަށް ކުޅޭ މިފަދަ މެޗުތައް ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ސަބަބަކީ މިފަދަ މެޗުތަކުގެ ނަތީޖާ ބުރަވާނީ އެއިރެއްގައި ޓީމު އޮންނަ ފެންވަރަށް ވުރެ ޕްރެޝަރާއި ކުރިމަތިލުން ފަދަ ކަންކަމުގެ މައްޗަށް ކަމަށް ވުމެވެ. ދެ ޓީމުގެ ވާދަވެރިކަން އެހާ ވެސް ބޮޑެވެ. އަނެއްކޮޅުން ޔުނައިޓެޑުން ވެސް ހާލަތު ބަދަލުކުރަން މިފަދަ މެޗުތައް ކާމިޔާބުކުރުން މުހިއްމެވެ.
ސޯލްޝެއާ ވެސް ވަނީ ޔޫރަޕުގެ ޗެމްޕިއަނާ ދެކޮޅަށް ކުޅުމުގެ ޗެލެންޖާ ކުރިމަތިލާން ކުޅުންތެރިން ގޮވާލައި، މިއީ އެ ޓީމުގެ ނަތީޖާތައް ބަދަލުކޮށްލަން ލިބޭ ފުރިހަމަ މެޗެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެކަމަށް އިޝާރާތްކޮށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމާ ދެކޮޅަށް މިވަގުތު ކުޅެން ބޭނުންވާ މާ ބައިވަރު ޓީމުތަކެއް ތިބި ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"އަހަންނަށް ހީވަނީ މެންޗެސްޓާ ޔުނައިޓެޑް އެކަނިހެން އަހަރެމެންނާ ދެކޮޅަށް ކުޅެން މިވަގުތު ބޭނުންވަނީ. އެކަމަކު އަހަރެމެން ޖެހޭނެ ސާބިތުކޮށްދޭން އެއީ ގޯސް ވިސްނުމެއްކަން،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް: މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ފުލް ސްކޮޑާ އެކު. --ފޮޓޯ: އޭއެފްޕީ
އެކަމަކު އޭނާ ބުނީ ވެސް ލިވަޕޫލް އަޑިއަޅާލާފައި އޮތް ނަމަ އޭނާ ވެސް މިފަދަ މެޗުތަކުގެ ބޭނުން ހިފާނީ ހިތްވަރު ހޯދުމުގެ މެޗުތަކެއްގެ ގޮތުގައި ކަމަށާއި މިއީ ދުނިޔެ ބަދަލުކޮށްލެވިދާނެ ފަދަ މެޗެއް ކަމަށެވެ.
ސޯލްޝެއާ ބުނީ މި މެޗުން މޮޅެއް ލިބިއްޖެ ނަމަ މުޅި ސީޒަން ބަދަލުކުރެވިދާނެ ކަމަށެވެ. ރަނގަޅު ކުޅުމަކާ އެކު މޮޅުވެވިއްޖެ ނަމަ ކުޅުންތެރިންގެ މޫޑް ރަނގަޅުވެ އިތުބާރު ލިބޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އެކަމަށް ޔުނައިޓެޑަށް ކުރިމަތިވެފައިވަނީ އަނިޔާގެ މައްސަލަތަކެވެ. މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އާއި ޕައުލް ޕޮގްބާ އަށް ނުކުޅެވޭނެ އެވެ. އެންތަނީ މާޝިއާލް އާއި އާރޮން ވެން-ބިސާކާ ވެސް ތިބީ ޝައްކެއްގެ މަތީގަ އެވެ. އަނެއްކޮޅުން ލިވަޕޫލް ނުކުންނާނީ ފުލް ސްކޮޑާ އެކު އެވެ. ގޯލްކީޕަރު އެލިސަން ބެކާ ވެސް ވަނީ ފިޓްވެފަ އެވެ.
"އަހަންނަށް ޔަގީން އަހަރެމެން އެނބުރި އައިސް ލީގު ކާމިޔާބުކުރާނެކަން. އަހަންނަށް ޔަގީން އަހަރެމެން ލީގު ޗެމްޕިއަނުންނަށް ވާން 30 އަހަރު ނުނަގާނެކަން،" އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޔުނައިޓެޑާ އެކު ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑުގެ ޝަރަފްވެރި އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.
"އެންމެ މޮޅީ ލިވަޕޫލް ކަމަށް އެއްބަހެއް ނުވެވޭނެ"
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ޔުނައިޓަޑްގެ މެޗުތައް ތާށި ކުރުމަކީ ކުށެއް: ކްލޮޕް
ލިވަޕޫލާއި ޔުނައިޓެޑުން ކުޅުންތެރިން ރިލީސްކުރުމާ ދެކޮޅު
ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން ނަތީޖާނެރެންޖެހޭ: ކްލޮޕް
ލިވަޕޫލް އޮތް ލެވަލަށް ޔުނައިޓެޑަށް ދެވޭނެ: ސޯލްޝެއާ
އަހަންނަށް ވުރެ ކްލޮޕް ރުޅިގަދަ: މޮރީނިއޯ
"ޔުނައިޓެޑާއި ލިވަޕޫލް މެޗު ހުރިހާ ގޮތަކުން ހާއްސަ"
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް