Roadha Mihaaru
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް

އާސެނަލްއާ ހަމަހަމަކޮށް، ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް

24 ޑިސެމްބަރ 2023

ލިވަޕޫލް (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-1 އިން އާސެނަލްއާ އެއްވަރުކުރި މެޗަށް ފަހު، ލިވަޕޫލްގެ ސަޕޯޓަރުންނަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ހާއްސަ ޝުކުރެއް އަދާކޮށްފި އެވެ.

ލިވަޕޫލް (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-1 އިން އާސެނަލްއާ އެއްވަރުކުރި މެޗަށް ފަހު، ލިވަޕޫލްގެ ސަޕޯޓަރުންނަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ހާއްސަ ޝުކުރެއް އަދާކޮށްފި އެވެ.

އެންމެ ފަހުން ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު ދެ މެޗުގައި ވެސް ލިވަޕޫލްގެ ސަޕޯޓަރުންގެ ފޯރި ކުޑަވެގެން ކްލޮޕް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި އެކަން ބަދަލު ކޮށްދޭން ވެސް އޭނާ ވަނީ ސަޕޯޓަރުން ގާތުގައި އެދިފަ އެވެ.

ކޯޗު ކްލޮޕްގެ އާދޭސް އަޑުއަހައި، ރޭގެ މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އެމީހުންގެ ފޯރި ކުޑަ ނޫން ކަން ދައްކާލައިދީފަ އެވެ.

"މިދިޔަ ހަފްތާ އަހަރެން ބުނި ވާހަކަތަކަށް ފަހު މިއަދު އަހަރެން ބުނެލަން ބޭނުން، ޝުކުރިއްޔާ އެންފީލްޑް. އުންމީދު ކުރި ވަރަށް ވުރެ ވެސް ތިޔަ ދިން ސަޕޯޓް ފުރިހަމަ،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އާސެނަލްގެ ފެށުން ވަރަށް ރަނގަޅު. ކޯނަރަކުން ނޫނީ ފްރީކިކަކުން ގޯލު ޖެހުމަކީ އެމީހުން ވަރަށް ފުރިހަމައަށް ކުރާ ކަންކަން. އަހަރެމެންނަށް އެ ގޯލު ހުއްޓުވުނީސް ހަގީގަތުގައި، ކިރިޔާ އޮފްސައިޑް ނުވީ ވެސް."

ލިވަޕޫލުން ރޭގެ މެޗުގައި އެއްވަރުކުރި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ރޭގެ މެޗުގައި އެއްވަރުކުރި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރަތަމަ ހަތަރުވަނަ މިނެޓްގައި އާސެނަލްގެ މާޓިން އޮޑެގާޑް ނަގައިދިން ހިލޭޖެހުމަކުން އާސެނަލް އަށް ލީޑު ނަގައިދިނީ ޑިފެންޑަރު ގެބްރިއެލް މަނގަޅޭސް އެވެ. ނަމަވެސް ލިވަޕޫލުން ނުރައްކާކޮށް، އެއްވަރު ކުރީ 29 ވަނަ މިނެޓްގައި ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ތަނަވަސް ކޮށްދިން ފުރުސަތަކުން މުހައްމަދު ސަލާހު ޖަހައިދިން ގޯލުންނެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ދެވަނައިގައި އޮތީ 18 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް އެއްވަނައިގައި އޮތީ 40 ޕޮއިންޓް ހަމަކޮށްގެންނެވެ.

ލީގުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ހުކުރު ދުވަހުގެ ރޭ އެޓީމު ވަނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ވެފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާޏް ތިން މިނިޓަށް ވެފައި ވަނިކޮށް ކެމެރޮން އާޗާ، ޝެފީލްޑަށް ލީޑު ނަގައިދީފައި ވަނިކޮށް ވިލާ އިން އެއްވަރު ކުރީ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ނިކޯލޯ ޒަނިއޯލޯ ޖަހައިދިން ގޯލަކުންނެވެ.

ހަތަރުވަނައިގައި އޮތީ ޓޮޓެންހަމް އެވެ. ޓޮޓެންހަމް ވަނީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން އެވަޓަން ބަލިކޮށް 36 ޕޮއިންޓް ހޯދައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެން ހޯދި 34 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީ، މި ހަފްތާ ލީގުގައި ކުޅޭން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. ލީގުގައި ސިޓީ އެންމެ އަވަހަށް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ދަންވަރު އެވަޓަންއާ ދެކޮޅަށެވެ.

ލީގު ތާވަލްގައި ސިޓީގެ ފަހަތުގައި، ފަސްވަނައިގައި އޮތީ 18 މެޗުން 30 ޕޮއިންޓް ހޯދާފައިވާ ވެސްޓް ހޭމް ޔުނައިޓެޑެވެ. ވެސްޓް ހޭމް ވަނީ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ. ފަހު ހާފުގައި ވެސްޓް ހޭމަށް ގޯލުތައް ޖަހައިދިނީ ޖަރޯޑް ބޯވެން އާއި މުހައްމަދު ކުޑޫސް އެވެ.

މިއާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތީ 28 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ. ލީގުގެ ހަތްވަނައިގައި އޮތީ 29 ޕޮއިންޓް ލިބިފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލް ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ލޫޓަން ޓައުން އަތުން ބަލިވެފަ އެވެ.