30 ޖެނުއަރީ 2023
ބްރައިޓަން (ޖެނުއަރީ 29) - ފަހު ވަގުތު ވަން ލަނޑާ އެކު 2-1 އިން ބްރައިޓަން އަތުން ބަލިވެގެން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ކަޓައިފި އެވެ.
ބްރައިޓަން (ޖެނުއަރީ 29) - ފަހު ވަގުތު ވަން ލަނޑާ އެކު 2-1 އިން ބްރައިޓަން އަތުން ބަލިވެގެން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ކަޓައިފި އެވެ.
މެޗުގެ 30 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު ހާވީ އެލިއޮޓް އެވެ. އޭގެ ނުވަ މިނިޓް ފަހުން ނަތީޖާ އެއްވަރުވީ ތާރިގް ލަމްޕްޓީ ދުރުން ފޮނުވާލި ބޯޅައެއް ލެވިސް ޑަންކް ފައިގައި ޖެހިފައި ގޯލަށް ވަން ބޯލައަކުންނެވެ. ބްރައިޓަން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ ޖަޕާންގެ ވިންގާ ކޯރޫ މިޓޯމާ އެވެ.
މީގެ ދެ ހަފްތާ ކުރިން ބްރައިޓަން ވަނީ ޕްރިމިއާ ލީގުގައި 3-0 އިން ލިވަޕޫލް ވަލިކޮށްފަ އެވެ. ކޯޗު ކްލޮޕް ބުނީ ލީގުގައި ބަލިވި މެޗުގައި ލިވަޕޫލްގެ އަސްލު ކުޅުމާ ގާތަށް ވެސް ނުކުޅެވުނު ނަމަވެސް ރޭގެ މެޗުގައި މޮޅަށް ކުޅުނު ކަމަށެވެ. ނަމަވެސް މައްސަލައަކަށް ވީ ދެ ކޯނަރުން ކޮޅަށް ވަން ގޯލުތައް ކަމަށް އޭނާ ބުންޏެވެ.
"ވާތްފަޅިން އެންޑީ ރޮބަޓްސަން ރަނގަޅު. އޭނާ އަށް ސަޕޯޓް ލިބުނު. އެކަމަކު އަނެއް ފަޅީގައި ހުރި ޓްރެންޓް އަށް ސަޕޯޓެއް ނުލިބުނު އެއްވެސް ވަރަކަށް،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.
"މިޓޯމާ ވަރަށް މޮޅު، ވަރަށް އުނދަގޫވި އަހަރެމެންނަށް. ދެ ގޯލުގައި ވެސް ޑިފެންސަށް އިތުރަށް ކުރެވޭނެ ކަމެއް ނުފެނުނު. ފުރަތަމަ ގޯލު ޑިފްލެކްޓް ވީ، އެކަމަކު އަހަރެމެންނަށް ބްލޮކް ކުރެވުނީސް."
ލިވަޕޫލްގެ އާނޯލްޑް (ކ) ކައިތިން ނައްޓާފައި ބްރައިތަން މޮޅުކޮށްދިން ލަނޑު ޖެހި މިޓޯމާ (ކ) ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމު އާސެނަލް ވެސް ވަނީ މި ބުރުގައި މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެގެން ކަޓައިފަ އެވެ. ސިޓީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑިފެންޑަރު ނަތަން އަކޭ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ ހަތަރުވަނަ ބުރުން މޮޅުވެ، ފަސްވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި ރެޑިން އާ ވާދަކޮށް 3-1 އިންނެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑުގެ ގޯލުތައް ޖަހައިދިނީ ކަސެމީރޯ އާއި ފްރެޑް އެވެ. ފުރަތަމަ ދެ ލަނޑު ޖަހައިދިނީ ކަސެމީރޯ އެވެ.
ޔުނައިޓެޑުން ތިން ލަނޑު ޖަހާފައި ވަނިކޮށް ރެޑިންގެ ހަމައެކަނި ލަނޑު ޖެހީ ޑިިފެންޑަރު އަމަޑޫ އެމްބެންގޫ އެވެ. މި މެޗުގެ ހަތަރު ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ޓޮޓެންހަމް މޮޅުވީ ރަށުން ބޭރުގައި ޕްރެސްޓޮން ނޯތު އެންޑާ ވާދަކޮށް 3-0 އިންނެވެ. މި މެޗުގައި ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ސޮން ހެއުން މިން ޓޮޓެންހަމަށް ދެ ގޯލު ޖަހައިދީފައި ވަނިކޮށް މެޗު ނިމެނިކޮށް ތިން ވަނަ ގޯލު ޖެހީ މި ޓްރާންސްފާ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ވިޔަރެއާލުން ގެނައި ވިންގާ އާނައުޓް ޑަންޖޫމާ އެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ކުޅުންތެރިންގެ ނަފްސާނީ ހާލަތާމެދު ކަންބޮޑުވޭ: އާޓެޓާ
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ސެޕްޓެމްބަރުގެ ފުރަތަމަ ގޯލުން ޗެލްސީއަށް މޮޅެއް
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް