09 އެޕްރީލް 2023
ސައުތެމްޓަން (އޭޕްރީލް 9) - މިދިޔަ ހަފްތާ އަނިޔާގައި ހުރުމަށް ފަހު އެނބުރި އައި މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ބައިސްކަލް ކިކަކުން ލީގުގައި އޭނާގެ 30 ވަނަ ލަނޑު ޖަހައިފި އެވެ.
ސައުތެމްޓަން (އޭޕްރީލް 9) - މިދިޔަ ހަފްތާ އަނިޔާގައި ހުރުމަށް ފަހު އެނބުރި އައި މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ބައިސްކަލް ކިކަކުން ލީގުގައި އޭނާގެ 30 ވަނަ ލަނޑު ޖަހައިފި އެވެ.
ސިޓީ ރަށުން ބޭރުގައި ރޭ ފުލުގައި އޮތް ސައުތެމްޓަން އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 4-1 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ހާލަންޑް ސިޓީއަށް ލީޑު ނަގައިދިނީ ލީގުގައި ކެވިން ޑިބްރޭނާގެ 100 ވަނަ އެސިސްޓުންނެވެ. މިއީ މި ސީޒަންގެ ލީގުގައި އޭނާގެ 14 ވަނަ އެސިސްޓެވެ.
ދެ ވަނަ ހާފުގައި ޖެކް ގްރީލިޝް ސިޓީ އަށް ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް ހާލަންޑް އޭނާގެ ދެ ވަނަ ލަނޑު ބައިސްކަލް ކިކަކުން ޖެހީ ގްރީލިޝް ނަގައިދިން ހުރަހަކުންނެވެ. މިއާ އެކު އޭނާ ލީގުގައި 30 ގޯލު ހަމަ ކޮށްފައި ވާއިރު، ލިސްޓުގައި އެންމެ ގާތުން ވާދަކުރަނީ 23 ގޯލު ޖަހައިފައިވާ ޓޮޓެންހަމްގެ ހެރީ ކޭން އެވެ. އަދި މިއީ މި ސީޒަން ގައި ސިޓީއާ ގުޅުނު ހާލަންޑް އެޓީމަށް މިހާތަނަށް ކާމިޔާބު ކޮށްދިން 44 ވަނަ ލަނޑެވެ.
ސެކޫ މާރާ ސައުތެމްޓަނަށް ލަނޑެއް ޖަހައިދީފައި ވަނިކޮށް މާ ގިނައިރެއް ނުވެ ސިޓީގެ ހަތަރު ވަނަ ލަނޑު ޕެނަލްޓީއަކުން ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. މިއީ ޑިބްރޭނާ އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.
މިއާ އެކު ސިޓީ ލީގުގެ ދެވަނައިގައި އޮތީ 29 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން އެއްވަނައިގައި އޮތް އާސެނަލް މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ.
ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަސް ވެސް ވަނީ 29 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ.
އެންޓޮނީ މާޝިއާލް (ކ-2)، ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑުން ވަނީ އިއްޔެ ހަވީރު 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ސްކޮޓް މެކްޓޮމިނޭ ލީޑު ނަގައިދިން އިރު، ފަހު ހާފުގައި ލީޑު ފުޅާ ކޮށްދިނީ އެންޓޮނީ މާޝިއާލް އެވެ.
މި މެޗުގައި މާކަސް ރަޝްފޯޑަށް އަނިޔާ ވެފައި ވާއިރު، މެޗަށް ފަހު ކޯޗު އެރިކް ޓެން ހަގް ބުނީ އޭނާގެ އަނިޔާ މާ ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ. އަދި ގާތް ގާތުގައި މާ ގިނަ މެޗު ކުޅެން ޖެހޭތީ އެކަމުގެ ޝަކުވާ ވެސް ކޮށްފައި ވެއެވެ.
"މަޑުކުރަން ޖެހޭނީ، އަނިޔާ މާ ރަނގަޅުހެން ހިއެއް ނުވޭ. މިކަމުން އަހަރެމެން ސަލާމަތް ވީސް. އެކަމަކު ކުޅުންތެރިޔާ ރަނގަޅުވާން ވަގުތު ބޭނުންވޭ. އަހަރެމެން އެބަޖެހޭ މެޗުތަކުގެ ޝެޑިއުލާ އެއްގޮތަށް ކުޅުންތެރިން ބޭނުން ކުރެވޭނެ ގޮތެއް ހޯދަން. މިހާރު ހަމައެކަނި ދުއާ ކުރެވޭނީ [ރަޝްފޯޑަށް] މެޗު ނުގެއްލޭތޯ،" ޓެން ހަގް ބުންޏެވެ.
"އަހަރެންނަކަށް ހިއެއް ނުވޭ އެއްވެސް މެނޭޖަރެއް ސީޒަންގެ މިހާހިސާބުން މިވަރަށް ސްކޮޑް ރޮޓޭޓް ކުރާނެ ހެނެއް. އޭނާ ބަދަލުކުރަން ވިސްނިން އެކަމަކު މާޝިއަލް [އަނިޔާއިން ރަނގަޅުވެގެން] އަދިކިރިޔާ ކުޅެން އެރުވީމާ ދެ ކުލުންތެރިން އެކުގައި ކުޅެން ވަގުތު ބޭނުންވާނެތީ ބެހެއްޓީ."
ނިއުކާސަލް މޮޅުވި ލަނޑު ޖެހުމަށް ފަހު އީސާކް. -- ފޮޓޯ: އޭއެފްޕީ
ނިއުކާސަލް މޮޅުވީ ރަށުން ބޭރުގައި ބްރެޑްފޯޑާ ދެކޮޅަށް ފަހަތުން އަރަ އެވެ. ފުރަތަމަ ހާފުގައި ބްރެޑްފޯޑަށް ލިބުނު ފުރަތަމަ ޕެނަލްޓީ އިވާން ޓޮވޭ ފޮނުވާލުމުން ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ދިފާއު ކުރި ނަމަވެސް ފަހުވަގުތު ލިބުނު ދެވަނަ ޕެނަލްޓީ ޓޮނޭ ކާމިޔާބު ކުރި އެވެ.
ނިއުކާސަލް އިން އެއްވަރުކުރީ ޖޮއެލިންޓަން ފޮނުވާލި ބޯޅައެއް ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރާޔާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ. އަދި ލީޑް ނަގައިދިނީ އަލެކްޒެންޑާ އީސާކް އެވެ. ނިއުކާސަލްގެ ރެކޯޑް ފީއަކަށް ގެނައި އީސާކް މިވަނީ އޭނާ މިހާތަނަށް ލީގުގައި ސްޓާޓް ކުރި ނުވަ މެޗުން އަށް ގޯލު ޖަހައިފަ އެވެ.
ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ވެސްޓް ހޭމް ޔުނައިޓެޑުން 1-0 އިން ފުލަމް ބަލިކުރިއިރު ކެއާޓޭކާ މެނޭޖަރުންނާ އެކު ކުޅުނު ލެސްޓާ ސިޓީ ވެސް ވަނީ ބޯންމަތު އަތުން 1-0 އިން ބަލި ވެފަ އެވެ. އަދި އެސްޓަން ވިލާ ވަނީ 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.
ޓޮޓެންހަމް ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން ކައިރިން ބޮޅު ވެފަ އެވެ. ފުރަތަމަ ހާފުގައި ދެކުނު ކޮރެއާގެ ސޮން ހެއުން މިން ލަނޑު ޖަހައި ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރި ފުރަތަމަ އޭޝިއާ ކުޅުންތެރިޔާގެ ލަގަބު ހޯދި އިރު، ހާފު ނިމުމުގެ ކުރިން ލެވިސް ޑަންކް ވަނީ ބްރައިޓަން އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ޑެނީ ވެލްބެކް ބްރައިޓަން އަށް ލީޑް ނަގައިދޭން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން އެ ގޯލު ބަލައެއް ނުގަތެވެ. އެއަށް ފަހު ޓޮޓެންހަމަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު ކްރިސްތިއަން ސްޓެލިނީ އާއި ބްރައިތަންގެ ކޯޗު ރޮބާޓޯ ޑި ޒެބްރީއާ ދެމެދު ހިނގި ކޯޅުން ގަނޑުގައި ދެ ކޯޗުންނަށް ވެސް ވަނީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.
ދެ ޓީމުގެ ކޯޗުން ވެސް ބެންޗުން ފޮނުވާލައިފައި ވަނިކޮށް ޓޮޓެންހަމް މޮޅުވި ލަނޑު 78 ވަނަ މިނިޓުގައި ޖަހައިދިނީ ހެރީ ކޭން އެވެ.
ޓޮޓެންހަމް އޮތީ ލީގުގެ ފަސް ވަނައިގައި އޮތީ 30 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތީ 30 މެޗުން 47 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ. ދެ މެޗު މަދުން ކުޅެގެން ބްރައިޓަން ހަތް ވަނައިގައި އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
އާސެނަލް ވެއްޓިއްޖެ، ފުރިހަމަބާރާއެކު ސިޓީ އެއްވަނައަށް
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ