ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 4-1 އިން މޮޅުވެ، އެސްޓަން ވިލާ ޕްރިމިއާ ލީގުގެ ހަ ވަނައަށް ޖެހިލައިފި އެވެ.
ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 4-1 އިން މޮޅުވެ، އެސްޓަން ވިލާ ޕްރިމިއާ ލީގުގެ ހަ ވަނައަށް ޖެހިލައިފި އެވެ.
އޮލީ ވަޓްކިންސް މެޗު ފެށިގެން 40 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިން ގޯލުން އެސްޓަން ވިލާ ލީޑު ނަގާފައި ވަނިކޮށް ފުރަތަމަ ހާފު ނުމުމުގެ ކުރިން ފަބިއަން ޝާ ވަނީ ނިއުކާސަލް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ވިލާ އަށް އަލުން ލީޑު ނަގައިދިނީ އިއާން މާޓްސަން އެވެ. އެ ޓީމުގެ ތިން ވަނަ ގޯލަކީ ނިއުކާސަލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފަހު ލަނޑު ޖަހައިދިނީ އަމަޑޫ އޮނާނާ އެވެ.
މި ނަތީޖާއާ އެކު އެސްޓަން ވިލާ ހަ ވަނައަށް ޖެހިލީ 33 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ފަސް ވަނައިގައި އޮތް ނޮޓްނަމް ފޮރެސްޓަށް ވެސް ވަނީ 57 ޕޮއިންޓް ލިބިފަ އެވެ.
އަންނަ ސީޒަންގައި އިނގިރޭސި ލީގާއި ސްޕެއިން ލީގުން ވެސް ގަދަ ފަސް ކްލަބަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ލިބެ އެވެ.
އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ލިވަޕޫލް ޖެހިލައިފައި ވާއިރު، ދެ ވަނައިގައި އޮތީ އާސެނަލް އެވެ. ލީގުގެ ތިން ވަނައިގައި އޮތީ ރޭ އެސްޓަން ވިލާ އަތުން ބަލިވި ނިއުކާސަލް އެވެ. އެ ޓީމު ވަނީ މިދިޔަ ހަފުތާގައި ކުޅުނު މިޑްވީކް ފިކްސްޗާގައި 5-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް، 32 މެޗުން 59 ޕޮއިންޓް ހަމަ ކޮށްގެން ތިން ވަނައަށް އަރައިފަ އެވެ.
ހަތަރު ވަނައިގައި އޮތީ ރޭ ފަހު ވަގުތު ނިކޯ އޯ ރެއިލީ އާއި މަޓެއޯ ކޮވަސިޗް ކާމިޔާބު ކޮށްދިން ލަނޑުތަކުން 2-0 އިން އެވަޓަން ބަލިކުރި މެންޗެސްޓާ ސިޓީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ހަތަރު ވަނައިގައި އޮތީ 33 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ.
އެސްޓަން ވިލާ ކުރިއަށް ޖެހިލުމުން ޗެލްސީ މިވަނީ ލީގުގެ ހަތް ވަނައަށް ވެއްޓިފަ އެވެ. ޗެލްސީ މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ. ލީގުގައި މިރޭ ޗެލްސީ ނުކުންނާނީ ކްލަބްގެ އަވަށްޓެރިން ކަމަށްވާ ފުލަމްއާ ދެކޮޅަށެވެ.
ލީގުގެ ހަ ވަނައިގައި ނިންމާ ޓީމަކަށް ޔޫރޮޕާ ލީގުގެ ޖާގައެއް ޔަގީން ވާއިރު، ހަތް ވަނައިގައި ނިންމާ ޓީމަކަށް ލިބޭނީ ކޮންފަރެންސް ލީގުގެ ކޮލިފައިންގެ ޖާގަ އެވެ. މި އަހަރުގެ ކޮންފަރެންސް ލީގުގައި ޗެލްސީ ވަނީ ސެމީ ފައިނަލަށް ހޮވިފަ އެވެ. ކޮންފަރެންސް ލީގު ކާމިޔާބު ކުރާ ޓީމަކަށް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުގެ ޖާގައެއް ޔަގީން ވާނެ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ބްރައިޓަނުން އަމިއްލަ ދަނޑުގައި ޕޮޓާ ލަދުގަންނަވާލައިފި
އެރިކްސަން ފުރަތަމަ 11 ގައި، ބްރެންޓްފޯޑް މޮޅުވެއްޖެ