06 މާޗް 2022
ނޯރިޗް (މާޗް 5) - މިދިޔަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހާޓް އެޓޭކެއް ޖެހިގެން ކުޅުމާ ދުރުގައި ހުރި ޑެންމާކުގެ ކްރިސްޓިއަން އެރިކްސެން، ޖެނުއަރީގައި ބްރެންޓްފޯޑާ ގުޅި، ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފޯވާޑް އިވާން ޓޮނޭ ހެޓްރިކް ހަދައި ޓީމު މޮޅު ކޮށްދީފި އެވެ.
ނޯރިޗް (މާޗް 5) - މިދިޔަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހާޓް އެޓޭކެއް ޖެހިގެން ކުޅުމާ ދުރުގައި ހުރި ޑެންމާކުގެ ކްރިސްޓިއަން އެރިކްސެން، ޖެނުއަރީގައި ބްރެންޓްފޯޑާ ގުޅި، ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފޯވާޑް އިވާން ޓޮނޭ ހެޓްރިކް ހަދައި ޓީމު މޮޅު ކޮށްދީފި އެވެ.
މިއީ ފަރުވާއަށް ފަހު އެރިކްސަން ވާދަވެރި މެޗެއްގެ ފުރަތަމަ 11 ގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ބްރެންޓްފޯޑުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އަރައިފަ އެވެ.
މިރޭގެ މެޗުގެ ރެފްރީކަން ކުރީ ވެސް، ޔޫރޯ މުބާރާތުގައި އެރިކްސެން އަށް ފަރުވާ ދޭން ޖެހުނު މެޗުގައި ވެސް ރެފްރީކަން ކުރި އެންތަނީ ޓޭލާ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަން ބަދަލުކުރަން ޖެހުނު ނަމަވެސް އޭނާ ވަނީ މިރޭގެ މުޅި މެޗު ފުރިހަމަ ކޮށްފަ އެވެ.
މި މެޗުގައި ޓޮނޭގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އަދި ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަޑު ޖެހިއިރު، ހަ މިނިޓު ފަހުން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ލީގުގެ ފުލުގައި އޮތް ނޯރިޗުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީމޫ ޕޫކީ އެވެ.
މިއީ މި އަހަރުގެ ފުރަތަމަ މެޗުން ބްރެންޓްފޯޑް މޮޅުވި ފަހުން އެޓީމަށް ލީގުގައި މޮޅެއް ހޯދުނު ފުރަތަމަ މެޗެވެ. މިރޭގެ ކުރިން ބްރެންޓްފޯޑް ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. އަދި މި ވަގުތު އެޓީމު އޮތީ 28 މެޗުން 27 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 15 ވަނައިގަ އެވެ.
ލީގުގައި ޗެލްސީ މިރޭ ބާންލީއާ ވާދަކުރި މެޗު ކާމިޔާބުކުރީ 4-0 އިންނެވެ. ޗެލްސީން މެޗުގައި ޖެހި ހަތަރު ލަނޑު ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ރީސް ޖޭމްސް ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، 52 ވަނަ މިނިޓާއި 55 ވަނަ މިނިޓުގައި ކައި ހަވާޓްޒް ވަނީ ޗެލްސީއަށް އިތުރު ދެ ލަނޑު ޖަހައިދީފަ އެވެ. ހަތަރުވަނަ ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިކެވެ.
އެސްޓަން ވިލާ ވަނީ މިރޭ ރަނގަޅު ފޯމުގައި އޮތް ސައުތެމްޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 4-0 އިން ކާމިޔާބު ކޮށްފަ އެވެ. އޮލީ ވަޓްކިންސް އެސްޓަން ވިލާގެ ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ޖަހައިދީފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލު ޖެހީ ޑަގްލަސް ލުއިޒް އެވެ. ދެވަނަ ހާފުގައި އެސްޓަން ވިލާގެ ލަނޑުތައް ޖަހައިދިނީ ޕިލިޕޭ ކުޓީނިއޯ އާއި ޑެނީ އިންގްސް އެވެ.
ކްރިސްޓަލް ޕެލަސް ވެސް ވަނީ ވުލްވްސްއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޕެލަސްގެ ލަނޑުތައް ޖަހައިދިނީ ޖިއާން ފިލީޕޭ މަޓޭޓާ އާއި ވިލްފްރައިޑް ޒާހާ އެވެ. ޒާހާގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
ހާވީ ބާންސްގެ ހަމައެކަނި ލަނޑުން 1-0 އިން ލެސްޓާ ސިޓީން ލީޑްސް ޔުނައިޓެޑު ބަލިކުރިއިރު، މިއީ ލީޑްސްގެ އާ ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ނިއުކާސަލް ޔުނައިޓެޑް ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން ބަލިކޮށް، ލީގުގައި ބަލިނުވެ ޖެހިޖެހިގެން އަށް މެޗު ހަމަކޮށްފަ އެވެ. މި މެޗުގައި ނިއުކާސަލްގެ ދެ ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ރަޔާން ފްރޭޒާ އާއި ޑިފެންޑަރު ފަބިއަން ޝްކާ އެވެ. ދެވަނަ ހާފުގައި ބްރައިޓަންގެ ލަނޑު ޖަހައިދިނީ ލެވިސް ޑަންކެވެ.
ލީގުގައި ނިއުކާސަލް އެންމެ ފަހުން ބަލިވީ މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ސިޓީ އަތުންނެވެ. އޭރު ރެލިގޭޝަންގައި އޮތް ނިއުކާސަލް ވަނީ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް ޓޭބަލްގެ 14 ވަނައަށް ޖެހިލައިފަ އެވެ.
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ގޯސް ނިންމުންތަކެއް ނިންމުނުކަން ރެފްރީން އެއްބަސްވެއްޖެ
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
މުހިއްމު މޮޅަކާ އެކު ޗެލްސީ ތިން ވަަނަ އަށް
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ