08 ޖުލައި 2020
ލަންޑަން (ޖުލައި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 3-2 އިން މޮޅުވެ ޗެލްސީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލަންޑަން (ޖުލައި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 3-2 އިން މޮޅުވެ ޗެލްސީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ޗެލްސީ ލީގުގެ ތިން ވަނަ އަށް އެރީ ކުރިން އެ މަގާމުގައި އޮތް ލެސްޓާ ސިޓީ ރޭ ކުޅުނު މެޗުން ރަށުންބޭރުގައި އާސެނަލާ 1-1 އިން އެއްވަރުވުމުންނެވެ. ޗެލްސީ އަށް 34 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލެސްޓާ އަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ އޮލިވިއޭ ޖިރޫޑް އެވެ. ވިލިއަން ޖައްސާލި ބޯޅައަކުން ޖިރޫޑް މި ގޯލު ޖެހިއިރު، ޕެލަސްގެ ޑިފެންޑަރު ގެރީ ކޭހިލް އޮތީ އަނިޔާވެގެން ވެއްޓިފަ އެވެ. ކޭހިލް އަށް އަނިޔާވުމުން ޗެލްސީ ކުޅުންތެރިން ފެއާޕްލޭ އަށް އެ ބޯޅަ ބޭރަށް ނުޖެހުމުން ޕެލަސް ކުޅުންތެރިން ހިތްހަމަނުޖެހުނެވެ.
ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 27 ވަނަ މިނިޓްގައި ވިލިއަން ޖައްސާލި ބޯޅަ އަކުން އެމެރިކާގެ ވިންގް ކްރިސްޓިއަން ޕުލިސިޗް އެވެ. އޭގެ ހަތް މިނިޓް ފަހުން ވިލްފްރިއެޑް ޒަހާ ވަނީ ޕެލަސް އަށް މޮޅު ގޯލެއް ޖަހައިދީ އުއްމީދުއާ ކޮށްދީފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އަރައި ޓެމީ އަބްރަހަމް ވަނީ މެޗުގެ 71 ވަނަ މިނިޓްގައި ޗެލްސީ އަށް ދެ ގޯލުގެ ލީޑެއްނަގައިދީފަ އެވެ. އެކަމަކު އެ ގޯލު ޖެހިތާ މިނިޓެއް ތެރޭ ކްރިސްޓިއަން ބެންޓެކޭ ވަނީ ޕެލަސް އަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.
ނަތީޖާ ހަމަހަމަ ކުރަން ޕެލަސް އިން ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރި އެވެ. އެ ގޮތުން ފަހު ވަގުތު ސްކޮޓް ޑޭން ބޮލުން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ފަހުން ބެންޓެކޭ އަށް ހުސްކޮށް ލިބުނު ބޯޅައެއް ސަލާމަތްކޮށްދިނީ ޗެލްސީގެ ޑިފެންޑަރު ކާޓް ޒޫމާ އެވެ.
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ޕްރެޝަރު ވަގުތުތަކުގައި ޗެލްސީގެ ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށެވެ. އަދި މި މޮޅަކީ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އަށް ވަރަށް ފައިދާ ކުރާނެ ތިން ޕޮޮއިންޓްގެ ގޮތުގައި ލަމްޕާޑް ސިފަކުރި އެވެ.
އާސެނަލްގެ ސެބާޔޯސް (ކ) އާއި ޝާކާ (ވ) ކައިރިން ލެސްޓާގެ އަޔޯޒީ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ރަނގަޅު ފޯމެއްގައި މި ވަގުތު އޮތް އާސެނަލް ރޭ ވަނީ މެޗުގެ 21 ވަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަންގެ ގޯލުން ލީޑުނަގައިފަ އެވެ. އާސެނަލަށް މައްސަލަތައް ދިމާވީ މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރީ އެޑީ އެންކެޓިއާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ކުޅެން އެރިތާ ހަތަރު މިނިޓް ތެރޭ އެންކެޓިއާ އަށް ރަތް ކާޑު ދެއްކީ ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
އާސެނަލްގެ އެއް ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ލެސްޓާ އިން ނެގި އެވެ. މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ލެސްޓާ އަށް އެއްވަރުކޮށްދިނީ މި ފަހަރު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ޖޭމީ ވާޑީ އެވެ. ޑެމަރާއި ގްރޭ ދިން ބޯޅަ އަކުން ވާޑީ ޖެހި މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ޗެކް ކުރުމަށް ފަހު އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ދެއްކި ކުޅުމަށް ބަލާއިރު މިއީ އާސެނަލަށް ތިން ޕޮއިންޓް ހައްގުވާ މެޗެއް ކަމަށާއި ގެއްލުނީ މުހިއްމު ދެ ޕޮއިންޓް ކަމަށެވެ. މެޗުގެ ފަހު ވަގުތު ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އުނދަގޫތަކެއް ދިމާވިކަމަށް އާޓެޓާ ބުންޏެވެ.
ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ މި މެޗު ދިޔަ ގޮތަށް ބަލާއިރު ލެސްޓާ އަށް އެއް ޕޮއިންޓް ގޯހެއް ނޫން ކަމަށެވެ. އަދި ތިން ވަނަ މަގާމު ގެއްލުނު ކަމުގައި ވިޔަސް އަދިވެސް ގަދަ ހަތަރެއްގައި ނިންމުމުގެ އަމިއްލަ ބާރު އެބައޮތް ކަމަށާއި އޭގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފަންޖެހޭ ކަމަށް ރޮޖާސް ބުންޏެވެ.
ލީގުގައި ރޭ ނޯވިޗް ސިޓީ އަތުން ވަޓްފޯޑް ވަނީ 2-1 އިން މޮޅުވެފަ އެވެ.
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
އެރިކްސަން ފުރަތަމަ 11 ގައި، ބްރެންޓްފޯޑް މޮޅުވެއްޖެ
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
ޗެލްސީން މަގާމް ދެމެހެއްޓިއިރު، ޔުނައިޓެޑް ވިއްދާފައި
ލެސްޓާ ބަލިވުމުގެ ފައިދާ ޗެލްސީ އަށް ނުނެގުނު
އެއް ވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ