27 ޑިސެމްބަރ 2019
ލަންޑަން (ޑިސެމްބަރު 27) - ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަތުން 4-0 އިން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލަންޑަން (ޑިސެމްބަރު 27) - ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަތުން 4-0 އިން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ތިރީސް އަހަރު ފަހުން ލީގު ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ލިވަޕޫލުން ރޭގެ މޮޅާ އެކު އެއް ވަނައިގައި އޮތީ 18 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެސްޓާ އަށް 19 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ސިޓީ މިރޭ ކުޅޭ މެޗުން ރަށުންބޭރުގައި ވުލްވްސް އަތުން މޮޅުވެގެން ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ގަތަރުގައި ބޭއްވި ކްލަބް ވޯލްޑް ކަޕް ތަށި ލިވަޕޫލުން އުފުލާލިތާ ހަތަރު ދުވަސް ފަހުން ކުޅުނު ރޭގެ މެޗުގައި އެ ޓީމުން ވަނީ ލެސްޓާ ދަނޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކުރި ނަމަވެސް އެ ޓީމަށް މި ހާފުގައި ޖެހުނު ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮބާޓޯ ފިރްމީނޯ އެވެ. އޭނާ މި ލަނޑު ޖެހީ އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުންނެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލުން އިތުރު ތިން ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ ޖެހި ގޯލެކެވެ. ރެފްރީ މައިކަލް އޮލިވާ މި ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ލެސްޓާގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަތުގައި ބޯޅައިން ޖެހުމުންނެވެ. ލިވަޕޫލްގެ ތިން ވަނަ ގޯލު އާނޯލްޑް ދިން ބޯޅަ އަކުން ފިރްމީނޯ ޖެހިއިރު، ފަހު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު 21 އަހަރުގެ ފުލްބެކް އާނޯލްޑް އެވެ.
މި ނަތީޖާއާ އެކު މިއީ ލީގުގެ ތާރީހުގައި ލިވަޕޫލުން ފުރަތަމަ 17 މެޗުން ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ.
ލީގުގައި ރޭ ޔުނައިޓެޑް ވަނީ ފަހަތުން އަރައި 4-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. މެތިއު ލޯންގްސްޓާފްގެ ގޯލުން ނިއުކާސަލް އިން ލީޑުނެގި މި މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖެހީ އެންތަނީ މާޝިއަލް ދެ ގޯލާއި މޭސަން ގްރީންވުޑް އަދި މާކަސް ރެޝްފޯޑް އެވެ. ޗެލްސީ ކުޅުނު މެޗުން 2-0 އިން ސައުތެމްޓަން އަތުން ބަލިވިއިރު، މިއީ 2012 ވަނަ އަހަރަށް ފަހު ލީގުގައި ޗެލްސީން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މިކޭލް އާޓެޓާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން އާސެނަލް ވަނީ ރޭ ބޯންމައުތާ 1-1 އިން އެއްވަރުވެފަ އެވެ. ޑޭން ގޯސްލިން ބޯންމައުތަށް ލީޑުނަގައިދީފައިވަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޓޮޓެންހަމުން ފަހަތުން އަރައި 2-1 އިން ބްރައިޓަން އަތުން މޮޅުވިއިރު، މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި އެވަޓަން ކުޅުނު ފުރަތަމަ މެޗުން ވަނީ ބާންލީ އަތުން 1-0 އިން މޮޅުވެފަ އެވެ.
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޓޮޓެންހަމް އަތުން އަނެއްކާވެސް ޗެލްސީއަށް ފަސޭހަ މޮޅެއް
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ލިވަޕޫލަށް މުހިއްމު މޮޅެއް، ޓޮޓެންހަމުން ފައިދާނަގައިފި
މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް