05 ޖުލައި 2020
ލަންޑަން (ޖުލައި 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން އަމިއްލަ ދަނޑުގައި 3-0 އިން ވަޓްފޯޑް ބަލިކޮށް ހަތަރު ވަނައިގައި މަގާމް ދެމެހެއްޓިއިރު، މެންޗެސްޓާ ޔުނައިޓެޑުން ބޯންމައުތުގެ މައްޗަށް 5-2 އިން ކުރިހޯދައި ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
ލަންޑަން (ޖުލައި 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން އަމިއްލަ ދަނޑުގައި 3-0 އިން ވަޓްފޯޑް ބަލިކޮށް ހަތަރު ވަނައިގައި މަގާމް ދެމެހެއްޓިއިރު، މެންޗެސްޓާ ޔުނައިޓެޑުން ބޯންމައުތުގެ މައްޗަށް 5-2 އިން ކުރިހޯދައި ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.
ގަދަ ހަތަރެއްގެ ރޭހުގައި މަގާމުތަކުގެ ވާދަވެރިކަން ބޮޑުވަމުން އަންނައިރު، ތިން ވަަނައިގައި އޮތް ލެސްޓާ ސިޓީ ވަނީ ރޭ 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. އެ ޓީމު ތިން ވަނައިގައި އޮތީ 33 މެޗުން 58 ޕޮއިންޓާ އެކު އެވެ. ޗެލްސީ ހަތަރެއްގައި އޮތީ 33 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ފަހެއްގައި އޮތް ޔުނައިޓެޑުން ރޭ ބޯންމައުތު ބަލިކޮށް ކުޑަ ވަގުތުކޮޅަކަށް ހަތަރު ވަނައިގައި އޮތެވެ. ޗެލްސީ މޮޅުވުމުން އެ މަގާމު ގެއްލުނީ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގަައި ރޭ ކުޅުނު މެޗަކީ އެ ޓީމު އަލުން ފޯމަކަށް އެޅެން މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް މެޗެކެވެ. އެއީ އެންމެ ފަހުން ކުޅުނު މެޗުން ވެސްޓް ހޭމް އަތުން ބަލިވެފައި އޮތުމުންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ގޯލުތައް ޖެހީ އޮލިވިއޭ ޖިރޫޑާއި ވިލިއަން އަދި ރޮސް ބާކްލޭ އެވެ.
"އަހަރެމެންނަށް ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ކުރިން މެޗުގައި ގެއްލިފައި އޮތުމުން މި މެޗުން އަނެއްކާ ހަތަރު ވަނަ ގެއްލެން ބޭނުމެއްނުވި. އެހެންވެ ވަރަށް މަސައްކަތްކޮށްގެން ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް. ހާލަތުގެ ގޮތުން މުހިއްމު މޮޅެއް،" ރޭގެ މެޗަށް ފަހު ލަމްޕާޑް ބުންޏެވެ.
ޔުނައިޓެޑް ދަނޑުގައި ރޭ ލީޑުނެގީ ބޯންމައުތުންނެވެ. ޖޫނިއާ ސްޓަނިސްލާސްގެ ގޯލުން ބޯންމައުތު ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ތިން ގޯލު ޖަހައިގެންނެވެ. މި ލަނޑުތައް ޖެހީ މޭސަން ގްރީންވުޑާއި ޕެނަލްޓީ އަކުން މާކަސް ރެޝްފޯޑްގެ އިތުރުން އެންތަނީ މާޝިއަލް އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޕެނަލްޓީ އަކުން ޖޯޝުއާ ކިންގް ބޯންމައުތަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފައިވަނިކޮށް ޔުނައިޓެޑުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ ގްރީންވުޑް އާއި ބްރޫނޯ ފެނާންޑޭސް އެވެ.
ޔުނައިޓެޑްގެ އުމުރުން 18 އަހަރުގެ ގްރީންވުޑް: މި ސީޒަނުގައި އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން. -- ފޮޓޯ: އޭއެފްޕީ
މި މެޗުގެ ކުރިން އޮތް ޓްރެއިނިންގައި ޔުނައިޓެޑްގެ ފެނާންޑޭސް އާއި ޕަައުލް ޕޮގްބާ އަށް އަނިޔާވި ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ރޭގެ މެޗަށް ފަހު އެ ވާހަކަ ދޮގުކޮށްފަ އެވެ. އަދި ސޯލްޝެއާ ވަނީ ޔުނައިޓެޑްގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިޔަކު މި ސީޒަނުގައި 20 ގޯލު ހަމަކުރުމަކީ މުސްތަގުބަލަށް ބަލާއިރު ރަނގަޅު ކުރިއެރުމެއްކަން ފާހަގަކޮށްފަ އެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ލީގު އަލުން ފެށި ފަހުން ލެސްޓާ އޮތީ ފޯމު ގެއްލިފަ އެވެ. އެކަމަކު ރޭގެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލެސްޓާގެ ގޯލުތައް ޖެހީ ކެލެޗީ އިހެނާޗޯ އާއި ޖޭމީ ވާޑީ ދެ ގޯލެވެ. މި ލަނޑުތަކާ އެކު ވާޑީ ވަނީ ލީގުގައި 100 ގޯލު ހަމަކޮށްފަ އެވެ.
ޔޫރަޕްގެ މަގާމުތަކުގެ ރޭހަށް ވަންނަން މަސައްކަތްކުރަމުން އަންނަ އާސެނަލުން ވަނީ ރޭ މުހިއްމު މޮޅެއް ހޯދައިފަ އެވެ. ހަ ވަނައިގައި އޮތް ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ. ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސަކާ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަލެކްސަންޑަ ލަކަޒޭޓްގެ ގޯލުތަކުން ހޯދި މި މޮޅާ އެކު އާސެނަލް ވަނީ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 33 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް
ޗެލްސީ ބަލިކޮށް އާސެނަލަށް ހަމަނޭވައެއް
މުހިއްމު މޮޅަކާ އެކު ޗެލްސީ ތިން ވަަނަ އަށް
ލެސްޓާ ބަލިވުމުގެ ފައިދާ ޗެލްސީ އަށް ނުނެގުނު
އެއް ވަނައިގައި ލިވަޕޫލަށް 13 ޕޮއިންޓުގެ ލީޑެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި