Roadha Mihaaru
އަހަންނަށް މިހާރު ރަނގަޅަކަށް ނުކުޅެވޭ: ހާލަންޑް

އަހަންނަށް މިހާރު ރަނގަޅަށް ނުކުޅެވޭކަން އެއްބަސްވަން: ހާލަންޑް

22 ޑިސެމްބަރ 2024

ބާމިންހަމް (ޑިސެމްބަރު 22) – އޭނާ އަށް މިހާރު ރަނގަޅަށް ނުކުޅޭވޭކަން އެއްބަސްވާ ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާމިންހަމް (ޑިސެމްބަރު 22) – އޭނާ އަށް މިހާރު ރަނގަޅަށް ނުކުޅޭވޭކަން އެއްބަސްވާ ކަމަށް މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑް ބުނެފި އެވެ.

ސިޓީ މި ވަގުތު އޮތީ އުނދަގޫ ފައްތަރެއްގަ އެވެ. ރޭ އެސްޓަން ވިލާ އަތުން ވެސް ވީ ބައްޔެވެ. ޕްރިމިއާ ލީގުގެ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ބަލިވި އެވެ. އެ ޓީމު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ ނުވަ ޕޮއިންޓް ފަހަތުގަ އެވެ.

ލީގުގެ ލަނޑު ލިސްޓްގައި މުހައްމަދު ސަލާހާ އެއް އަދަދަކަށް ލަނޑު ޖަހާފައި އޮތް ނަމަވެސް އޮކްޓޯބަރު ފެށުނު ފަހުން އޭނާ އަށް ޖެހުނީ ތިން ލަނޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ހާލަންޑް ބުނީ ޓީމަށް އެހީތެރިވުމުގައި އޭނާ އަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭކަން އެއްބަސްވާ ކަމަށެވެ.

"އެންމެ ފުރަތަމަ އަހަރެން ބަލަންވީ އަހަރެންގެ އަމިއްލަ ނަފުސަށް. އެންމެ ރަނގަޅަށް އަހަންނަކަށް މަސައްކަތެއް ނުކުރެވޭ. އަހަންނަށް ލިބޭ ފުރުސަތުތަކުގައި ލަނޑެއް ނުޖެހޭ. އަހަންނަކަށް އެންމެ ރަނގަޅަކަށް ނުކުޅެވޭ. ކަންކަން ރަނގަޅުކުރަން އަހަންނަށް ޖެހޭ،" އުމުރުން 24 އަހަރުގެ ފޯވާޑް ބުންޏެވެ.

"ހަމަ ޔަގީނުން ވެސް އަހަރެމެންނަށް ހިތްވަރު ކުރަން ޖެހޭ ވަރަކަށް ހިތްވަރެއް ނުކުރެވޭ. ހިތްވަރަކީ ކިހާ މުހިންމު އެއްޗެއްކަން އަހަންނަށް އެނގޭ. ކޮންމެ މީހަކަށް ވެސް އޭގެ އަސަރުކުރާނެ. އެކަމަކު ޕޮޒިޓިވްކޮށް ކަންކަން ދެކެންޖެހޭ." ނޯވޭގެ ކުޅުންތެރިޔާ ބުނީ އުނދަގޫ ހާލަތެއްގައި ޓީމު އޮތަސް މުޅި ޓީމު އޮތީ ކޯޗު ޕެޕް ގާޑިއޯލާގެ ފަހަތުގައި ކަމަށެވެ. އޭނާ މިހާލަތު ބަދަލުކުރާނެ ކަމުގެ ޔަގީންކަން މުޅި ޓީމަށް އެބައޮތް ކަމަށް ހާލަންޑް ބުންޏެވެ.