Roadha Mihaaru
ސިޓީ ސަޕޯޓަރުންގެ ހަޅުތާލުން ޓީމަށް ލިބުނީ ބޫސްޓެއް

ސިޓީ ސަޕޯޓަރުންގެ ހަޅުތާލުން ޓީމަށް ލިބުނީ ބޫސްޓެއް

13 ފެބުރުއަރީ 2023

މެންޗެސްޓާ (ފެބްރުއަރީ 13) - މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން، ޕްރިމިއާ ލީގާ ދެކޮޅަށް ކުރި ހަޅުތާލާ އެކު ލިބުނު ހިތްވަރުގައި އެ ޓީމުން އެސްޓަން ވިލާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެއްވަނައިގައި އޮތް އާސެނަލް އާ ފަރަގު ކުޑަކޮށްފި އެވެ.

އަމިއްލަ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ސަޕޯޓަރުން ޕްރިމިއާ ލީގާ ދެކޮޅަށް އަޑު އުފުލީ އެ ލީގުގެ ބޮޑީން ސިޓީއާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހު އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ. ފައިނޭންޝިއަލް ފެއާ ޕްލޭގެ އުސޫލުތަކާ ހިލާފްވެ ސިޓީގެ 100 އެއް ހާއް މައްސަލައިގައި އެ ޓީމާ ދެކޮޅަށް އަދަބު ދޭނެ އެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން އިއްވި ޕްރިމިއާ ލީގުގެ ތީމް އެންތަމް އެޅުވި ވަގުތު ޕްރިމއާ ލީގާ ދެކޮޅަށް ދަނޑުގައި އިހްތިޖާޖް ކުރި އެވެ. އެކަންވީ ސިޓީގެ ކުޅުންތެރިންނަށް ލިބުނު ހިތްވަރަކަށެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓް ތެރޭގައި ސިޓީން ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ ރޮޑްރީ ހެނާންޑޭޒް އެވެ. މެޗުގައި ޖެހި ތިން ލަނޑު ވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވައްދާލި އެވެ. ދެވަނަ ލަނޑު ގުންޑޮގާން ޖެހީ މެޗުގެ 39 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީން ރިޔާދް މަހްރޭޒް ތަފާތު ބޮޑު ކުރި އެވެ.

ވިލާގެ ހަމައެކަނި ލަނޑު އޮލީ ވަޓްކިންސް ޖެހީ ދެވަނަ ހާފުގަ އެވެ. ކުރިން ހަ ޕޮއިންޓް ލީޑެއްގައި އާސެނަލް އާ ސިޓީ އާ ދެމެދު މިހާރު ހުރީ ތިން ޕޮއިންޓްގެ ފަރަގެވެ. އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުން ސިޓީ މޮޅު ވެއްޖެނަމަ ދެ ޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަ ވާނެ އެވެ.

އާސެނަލް އެއްވަނައިގައި އޮތީ 51 ޕޮއިންޓާއެކު އެވެ. ރޭ ގެ މެޗު ކާމިޔާބުކޮށް ސިޓީން ވަނީ 48 ޕޮއިންޓް މިހާރު ހޯދައިފަ އެވެ.