Roadha Mihaaru
ވިލާގައި ސިޓީ އަށް "ކުޑަކުޑަކޮށް އުނދަގޫ ހާލަތެއް"

ވިލާގައި ސިޓީ އަށް "ކުޑަކުޑަކޮށް އުނދަގޫ ހާލަތެއް"

07 ޑިސެމްބަރ 2023

ބާމިންހަމް (ނޮވެމްބަރު 7) - މެންޗެސްޓާ ސިޓީ އޮތީ "ކުޑަކުޑަކޮށް އުނދަގޫ ހާލަތެއް" ގައި ކަމަށް، އެސްޓަން ވިލާ އަތުން 1-0 ން ރޭ ބަލިވި މެޗަށް ފަހު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާމިންހަމް (ނޮވެމްބަރު 7) - މެންޗެސްޓާ ސިޓީ އޮތީ "ކުޑަކުޑަކޮށް އުނދަގޫ ހާލަތެއް" ގައި ކަމަށް، އެސްޓަން ވިލާ އަތުން 1-0 ން ރޭ ބަލިވި މެޗަށް ފަހު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ވިލާ ޕާކުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު އެސްޓަން ވިލާ އަށް ޖަހައި ދިނީ ލިއޯން ބޭލީ އެވެ. މެޗުގެ 74 ވަނަ މިނެޓްގައި އޭނާ ލަނަޑު ޖެހީ ޔޫރީ ޓެލެމަންސް ތަނަވަސްކޮށް ދިން ފުރުސަތުންނެވެ.

މޮޅާ އެކު ވިލާ ވަނީ ތިންވަނަ އަށް ޖެހިލައިފަ އެވެ. ސިޓީ ފުރޮޅާލީ ހަތަރަކަށެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ސިޓީ މޮޅެއް ނުވެ އެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ ސިޓީ އަށް ވުރެ މާ ރަނގަޅަށް ވިލާ ކުޅުނު ކަމަށެވެ. އުނައި އެމެރީގެ ޓީމު، މެޗުން މޮޅުވެ އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި މޮޅުވަމުގެ ރެކޯޑް 14 މެޗަށް ގެންގޮސްފަ އެވެ. އެއީ 1930-1931 ސީޒަނަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ދަމަހައްޓަމުން އަންނަ އެންމެ ރަނގަޅު ޓްރެކެވެ.

ސިޓީން މެޗުގައި ދެ ޝޮޓް ހެދި އެވެ. އެއީ ގާޑިއޯލާގެ ކޯޗުކަމުގައި ލީގު މެޗެއްގައި އެ ޓީމުން އެންމެ މަދުން ގޯލަށް އަމާޒުކޮށް ހަމަލާ ފޮނުވާލި މެޗެވެ.

"އަހަރެން ކުޅުންތެރިން ގާތު ބުނިން 'ފުޓްބޯޅައިގައި މިކަން ދިމާވާނެޔޭ. އަހަންނަށް އެނގޭ ކަލޭމެން މޮޅުވާން ބޭނުންވިކަން. އަހަންނަށް އެނގޭ ކަލޭމެން މަސައްކަތް ކުރިކަން، ސަބަބަކީ ކަލޭމެން އަހަންނާއި އެންމެންނަށް އެތައް އެތައް ފަހަރަކު އެކަން ސާބިތުކޮށްދީފައިވާތީއޭ'. މިހާރު ނަތީޖާ އެހާ ރަނގަޅެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

"އަހަރެން ވިސްނާނަން. އަހަރެން ނިދާހޭލަފައި މި ހާލަތު ރިވިއު ކުރާނަން، އަހަރެން ޖެހޭނީ (އަލުން) މެޗުތައް ބަލަން، ކުޅުންތެރިން ކުޅުނު ގޮތް އަދި އެކަން ކުރަން މަސައްކަތް ކުރިގޮތް އަހަރެން ބަލާނަން."

ގާޑިއޯލާ ބުނީ، ވިލާ އަށް މިހާރު ލީގުގެ ތައްޓަށް ވާދަކުރެވޭނެ ކަމަށެވެ. އެކަމަކު އެ ޓީމުގެ ކޯޗު އެމެރީ ބުނީ އަދި އެކަމަށް އުންމީދު ކުރަން ވިލާ އަށް ވަގުތު ނުޖެހޭ ކަމަށެވެ.