13 މެއި 2021
މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓަޑްގެ މެޗުތައް ކައިރިކައިރީގައި ކުޅޭ ގޮތަށް ބަދަލު ކުރުމަކީ ޕްރިމިއާ ލީގުން ކުރި ކުށެއްގެ ގޮތުގައި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ސިފަކޮށްފި އެވެ.
މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓަޑްގެ މެޗުތައް ކައިރިކައިރީގައި ކުޅޭ ގޮތަށް ބަދަލު ކުރުމަކީ ޕްރިމިއާ ލީގުން ކުރި ކުށެއްގެ ގޮތުގައި ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ސިފަކޮށްފި އެވެ.
މި މަހު ދެ ވަނަ ދުވަހު ލިވަޕޫލާއި ޔުނައިޓަޑް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ޔުނައިޓަޑްގެ ސަޕޯޓަރުން ހުރަސް އެޅުމުން، އެ މެޗު ފަސް ކުރި އެވެ. މެޗު މިރެ އަށް އަލުން ޝެޑިއުލްކޮށް ޕްރިމިއާ ލީގުން ވަނީ ފަސް ދުވަސް ތެރޭގައި ޔުނައިޓަޑުން ތިން މެޗު ކުޅޭ ގޮތަށް ހަމަޖައްސާފަ އެވެ.
"އެ ޓީމުން މެޗު އެބަ ކުޅޭ އާދިއްތަ އަންގާރަ ބުރާސްފަތި ދުވަހު ވެސް އަހަރެން މީގެ ކުރިންވެސް ވާނީ މިކަހަލަ ކަންކަން ފާހަގަ ކޮށްފަ. އާދިއްތަ ދުވަހު ކުޅެފައި އަނެއްކާ އަންގާރަ އަދި ބުރާސްފަތި ދުވަހު، ޖެހިޖެގެން (މެޗު) ކުޅޭ ގޮތަށް ހެދުމަކީ ކުށެއް،" ކްލޮޕް ބުންޏެވެ.
"މެޗު ކުރިިއަށް ނުގެންދެވުމަކީ އޮލޭ ގަނާ ސޮލްސަޔާ އާއި އެ ކުޅުންތެރިންގެ ގޯހަކުން ވީ ކަމެއް ނޫން."
މިރޭ ޔުނައިޓަޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ކްލޮޕް އިތުރަށް ބުނީ، ސީޒަން ނިމެން ކައިރިވެފައިވާއިރު އަދި ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓަޑް ދަތުރު ކޮށްފައި ވުމުން ކައިރިކައިރީގައި މެޗުތައް ކުޅޭގޮތަށް ހަމަޖެއްސުމުން އެކަމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތި ވާނެ ކަމަށެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
"އެންމެ މޮޅީ ލިވަޕޫލް ކަމަށް އެއްބަހެއް ނުވެވޭނެ"
ޔުނައިޓެޑް ލީގު ކާމިޔާބުކުރަން 30 އަހަރެއް ނުނަގާނެ
އަހަންނަށް ވުރެ ކްލޮޕް ރުޅިގަދަ: މޮރީނިއޯ
"ޔުނައިޓެޑާއި ލިވަޕޫލް މެޗު ހުރިހާ ގޮތަކުން ހާއްސަ"
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް
ލިވަޕޫލަށް އެއްވަނައަށް ނޭރުނު؛ ގޯސް ހެދީ އަމިއްލައަށް