Roadha Mihaaru
ޕެނަލްޓީ ނުލިބޭތީ ސޯލްޝެއާ ކުށްވެރިކުރީ ކްލޮޕް

ޔުނައިޓެޑަށް ޕެނަލްޓީ ނުލިބޭތީ ސޯލްޝެއާ ކުށްވެރިކުރީ ކްލޮޕް

25 ސެޕްޓެމްބަރ 2021

މެންޗެސްޓާ (ސެޕްޓެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑަށް ޕެނަލްޓީ ނުލިބެނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ ހެދި ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ސެޕްޓެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑަށް ޕެނަލްޓީ ނުލިބެނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ ހެދި ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

"މިދިޔަ ސީޒަނުގައި ކޯޗަކު އުޅުން އަހަރެމެންނަށް މެޗުތަކުގައި ޕެނަލްޓީ ލިބޭތީ އެކަމާ ކަންބޮޑު ވެގެން،" ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ގަބޫލުކުރާ ގޮތުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވަރަށް ސާފު ތިން ޕެނަލްޓީއެއް އެޓީމަށް ނުދިނެވެ. އެއީ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް 2-1 އިން މޮޅުވި މެޗުގައި ލިބެންޖެހޭ އެއް ޕެނަލްޓީއަކާއި ލީގް ކަޕުގައި ވެސްޓް ހޭމް އަތުން 1-0 އިން ބަލިވި މެޗުގައި ހައްގު ދެ ޕެނަލްޓީ ކަމަށް ސޯލްޝެއާ ބުންޏެވެ.

"ޔަގީނުން ވެސް އެއަށް ފަހު ވަރަށް ބޮޑު ތަފާތެއް [ރެފްރީންގެ ނިންމުންތަކުން] އަހަރެންނަށް ފެނޭ. އެކަމަކު ހުރިހާ ބާރެއް އޮތީ ރެފްރީންގެ އަތްމަތީ. އުންމީދުކުރަނީ ވަރަށް އަވަހަށް އެމީހުން ރަނގަޅު ނިންމުންތައް ނިންމަން ފަށާނެކަމަށް."

ޔުނައިޓެޑަށް ޕެނަލްޓީ ލިބޭ ވާހަކަ ކްލޮޕް ދައްކާފައި ވަނީ މިއަހަރުގެ ޖެނުއަރީގައި ޕްރިމިއަ ލީގުގައި ލިވަޕޫލް، ސައުތެމްޓަންއާ ވާދަކޮށް 1-0 އިން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

"އަހަންނަށް އަޑުއިވޭ އަހަރެން [ލިވަޕޫލާ އެކު] ހޭދަކުރި ފަސް އަހަރާ ބައިގެ މުއްދަތުގެ ތެރޭގައި ލިބުނު ޕެނަލްޓީގެ އަދަދަށް ވުރެ ގިނައިން ވޭތުވެދިޔަ ދެ އަހަރުތެރޭ މެންޗެސްޓާ ޔުނައިޓެޑަށް ޕެނަލްޓީ ލިބުނު."

މެންޗެސްޓާ ޔުނައިޓެޑުން މިސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް ޕެނަލްޓީއެއް ނުލިބޭއިރު، އެޓީމަށް އެންމެ ފަހުން ޕެނަލްޓީއެއް ލިބުނީ މިދިޔަ ސީޒަނުގައި ލީގުގައި ކުޅުނު އެންމެ ފަހު މެޗުގަ އެވެ. ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު އެމެޗުން ޔުނައިޓެޑް މޮޅުވީ 1-1 އިން އެއްވަރުވާން ދަނިކޮށް ފުރަތަމަ ހާފު ނިމިނިމި އޮއްވައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.