24 އޯގަސްޓް 2021
ލަންޑަން (އޮގަސްޓް 24) - މެންޗެސްޓާ ޔުނައިޓެޑްގައި އޮތް ސްކޮޑާ އެކު ޔާގަން ކްލޮޕް ނުވަތަ ޕެޕް ގާޑިއޯލާ ނުވަތަ ތޯމަސް ޓުޗެލް ހުރި ނަމަ ލީގު ހޯދާނެ ކަމަށް ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖެމީ ކަރޭގާ ބުނެފި އެވެ.
ލަންޑަން (އޮގަސްޓް 24) - މެންޗެސްޓާ ޔުނައިޓެޑްގައި އޮތް ސްކޮޑާ އެކު ޔާގަން ކްލޮޕް ނުވަތަ ޕެޕް ގާޑިއޯލާ ނުވަތަ ތޯމަސް ޓުޗެލް ހުރި ނަމަ ލީގު ހޯދާނެ ކަމަށް ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ޖެމީ ކަރޭގާ ބުނެފި އެވެ.
ސްކައި ސްޕޯޓްސްގައި ވާހަކަ ދައްކަމުން ކަރެގާ ބުނީ ޗެލްސީ އާއި މެންޗެސްޓާ ސިޓީއާ އެއްވަރަށް ޔުނައިޓެޑުން ވެސް ހަރަދުކޮށްފި ކަމަށެވެ. މި ފަހަރު ވެސް ޔުނައިޓެޑަށް ލީގު ލިބިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނީ ޔުނައިޓެޑުގައި އޮތް ސްކޮޑާ އެކު ތިން ވަނަ ނުވަތަ ހަތަރު ވަނައިގައި ނިންމާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ގާޑިއޯލާ، ކްލޮޕް ނޫނީ ޓުޗެލް ޔުނައިޓެޑްގައި ހުއްޓަސް އަހަންނަށް ހީވަނީ އެ މީހުން ލީގު ކާމިޔާބު ކުރާނެހެން. އަހަންނަށް ވަރަށް ބޮޑަށް އެކަން ގަބޫލު ކުރެވޭ،" ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ގެރީ ނެވިލްއާ އެކު ބައިވެރިވި ޝޯގައި ކަރެގާ ބުންޏެވެ.
ކަރެގާ ސްކައި ސްޕޯޓްސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: ސަކައި
"ޔުނައިޓެޑުން ފައިސާ ހޭދަ ކޮށްފި ސިޓީން ހޭދަ ކުރި ވަރަށް. ޗެލްސީން ހޭދަކުރި ވަރަށް އެހެންވީމަ އެ އޮތީ ޓީމެއް ހަދާފައި. އެކަމަކު އަހަންނަކަށް ނުފެނޭ މި ސީޒަންގައި ވެސް ޔުނައިޓެޑުން ލީގު ހޯދާނެ ތަނެއް."
ނެވިލް ގަބޫލު ކުރާ ގޮތުގައި މިހާރު އޮތް ޔުނައިޓެޑްގެ ސްކޮޑާ އެކު ކޯޗް އޮލޭ ގަނާ ސޮލްޝަޔާ އަށް ވަގުތު ދޭން ޖެހެ އެވެ.
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް
"ޔުނައިޓެޑާ ހަވާލުވެވުމުން ހިތާމައެއް ނުކުރަން"
ޝެޑިއުލް ކަމުނުދަންޏާ ކޯޗުކޮށްދޭނީ ރާއްޖޭގައި: ގާޑިއޯލާ
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ޔުނައިޓެޑް ބަލިވިއިރު ރޮނާލްޑޯއަށް އެހީ ނުވެވުނު
ޕެނަލްޓީ ނުލިބޭތީ ސޯލްޝެއާ ކުށްވެރިކުރީ ކްލޮޕް
ޔުނައިޓަޑްގެ މެޗުތައް ތާށި ކުރުމަކީ ކުށެއް: ކްލޮޕް