30 އެޕްރީލް 2022
ލީޑްސް (އޭޕްރީލް 30) މެޗު ޝެޑިއުލާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ މެންޗެސްޓާ ސިޓީގެ ކޯޗު ކަމުގައި ނުހުންނާނެ ކަމަށާއި ކޯޗުކޮށްދޭނީ ދިވެހިރާއްޖޭގެ ލީގުގައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީޑްސް (އޭޕްރީލް 30) މެޗު ޝެޑިއުލާ މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ މެންޗެސްޓާ ސިޓީގެ ކޯޗު ކަމުގައި ނުހުންނާނެ ކަމަށާއި ކޯޗުކޮށްދޭނީ ދިވެހިރާއްޖޭގެ ލީގުގައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ވާދަވެރި ލިވަޕޫލްގެ ކޯޗު، ޔާގަން ކްލޮޕް މެޗު ޝެޑިއުލްގެ ބުރަކަމާ ބެހޭގޮތުން ހިތްހަމަނުޖެހުން ފާޅު ކުރުމުން، އެކަމަށް ރައްދު ދެމުން ގާޑިއޯލާ ބުނީ ކިތަންމެ ވަރަކަށް ހިތްހަމަ ނުޖެހުނަސް އެކަން ރަނގަޅު ނުވާނެކަން އޭނާ އަށް އެނގޭނެ ކަމަށެވެ.
އިނގިރޭސި ވިލާތުގައި މެޗު ޝެޑިއުލް އެކުލަވާލުމުގައި ބްރޮޑްކާސްޓިން ކުންފުނިތަކުގެ ދައުރު ބޮޑެވެ. ގިނަ މީހުން މެޗުތައް ބަލާނެ ގޮތަކަށް މެޗު ޝެޑިއުލް އެކުލަވާލުމަށް އެ ކުންފުނިތަކުން ބާރު އަޅަ އެވެ.
"ކިތައް ފަހަރު އެކަމާ މަޝްވަރާ ކޮށްފައި އޮތީ. އެއްވެސް ކަމެއް ބަދަލެއް ނުވާނެ. ބްރޯޑްކާސްޓަރުން ވިސްނަނީ އެމީހުން ކުރަންޖެހޭ ކަންތަކާ މެދު. އެއީ ފައިސާއާ މެދު. އެމީހުން ވިސްނަނީ ކުޅުންތެރިންނާ މެދަކު ނޫން. މިކަން ހައްލުވާކަށް ނެތް. އެހެންވެ އަހަރެން އެވާހަކަ ދައްކާކަށް ނެތިން،" މިރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ ބްރޯޑްކާސްޓަރުން ވިސްނަނީ ޓީވީ މެދުވެރިކޮށް ބަލާނެ އިތުރު މީހުން ހޯދަން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ކަމަށެވެ.
"މެޗު ޝެޑިއުލްގެ ބުރަކަން ހައްލުކުރުމަށް އަހަރެމެންނަށް އެކަމާ ކަމެއް ނުކުރެވޭނެ. އެހެންވެ އަހަރެން ހިތްހަމަ ނުޖެހިއްޖެ ނަމަ ދާނީ ގެއަށް. މެންޗެސްޓާ ސިޓީގެ މެނޭޖަރުކަން ނުކުރާނަން. ރާއްޖޭގެ ލީގެއްގައި މަސައްކަތް ކުރާނީ،" ސަމާސާ ރާގެއްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.
"ރާއްޖޭގެ ލީގަށް ގޮސް، ހަފުތާއަކު އެއް މެޗު ކުޅޭއިރު އަހަރެން ވަރަށް ހިތްހަމަޖެހޭނެ އޭގެ ފަހުގައި ރުއްތައް ދަށުގައި ގޮސް އޮވެވޭނެ."
ގާޑިއޯލާ އަކީ އޭނާގެ ޕްރެސްތަކުގައި ރާއްޖޭގެ ރީތިކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ ކޯޗެކެވެ. މީގެ ކުރިން އޭނާ ވަނީ ޗުއްޓި ހޭދަ ކުރުމަށް ރާއްޖެ އައިސްފަ އެވެ.
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ބާސާއަށް ކޯޗުކޮށްދިނުމުގެ ދޮރު ބަންދުވެއްޖެ: ގާޑިއޯލޯ