Roadha Mihaaru
އޮޅު ޖަނަވާރު ތާހިރުކުރަން އިންޑިއާގެ އުފެއްދުމެއް

އޮޅު ޖަނަވާރު ތާހިރުކުރަން އިންޑިއާގެ އުފެއްދުމެއް

17 ފެބުރުއަރީ 2021

އޮޅުކޮށްގެން ބުޅަލާއި ކުއްތާ ފަދަ ޖަނަވާރު ގެންގުޅޭ މީހުން އެ އެއްޗެހި ތާހިރުކޮށް، ރީތިކުރަން ބޭނުންކުރަން އިންޑިއާގެ އަމިއްލަ އުފެއްދުމެއް "ޕޯޝް" ގެ ނަމުގައި ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮޅުކޮށްގެން ބުޅަލާއި ކުއްތާ ފަދަ ޖަނަވާރު ގެންގުޅޭ މީހުން އެ އެއްޗެހި ތާހިރުކޮށް، ރީތިކުރަން ބޭނުންކުރަން އިންޑިއާގެ އަމިއްލަ އުފެއްދުމެއް "ޕޯޝް" ގެ ނަމުގައި ލޯންޗްކޮށްފި އެވެ.

މި މަހުގެ 7 ގައި "ޕޯޝް" ލޯންޗްކުރީ އަންހެނުންގެ ސިއްހަތާ ގުޅުން ހުންނަ އުފެއްދުންތައް ނެރޭ އާބަން އެސެންޝަލްސްގެ ދަށުންނެވެ.

ޕެޓްތަކަށް ހާއްސަކޮށްގެން ނެރުނު "ޕޯޝް" ގްރޫމިން ރޭންޖްގައި ގިނަ އުފެއްދުންތަކެއް ހިމެނެ އެވެ. އޭގެތެރޭގައި ޝެމްޕޫ އާއި ކޮންޑިޝަނާ އާއި ދިޔާ ސައިބޯންޏާއި މީރު ވަސް ދުއްވާ ސްޕްރޭ އާއި ބާމު އަދި ގްރޫމިން ކިޓް ފަދަ ތަކެތި ހިމެނެ އެވެ.

"ޕޯޝް" އަކީ ސީދާ ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ އަދި ކެމިކަލާއި އަދި އެ ނޫން ވެސް މަސްނޫއީ އެއްވެސް ބާވަތެއް ނުހިމެނޭނެ އުފެއްދުމެއް ކަމަށް އާބަން އެސެންޝަލްސް އިން ބުންޏެވެ. "ޕޯޝް" އަށް ހާއްސަކޮށްގެން ވެބްސައިޓެއް ވެސް ލޯންޗްކޮށްފައިވާ އިރު، އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު އެއިން ލިބޭނެ އެވެ.

މި ބްރޭންޑް ލޯންޗްކުރި އިރު، އިންޑިއާގައި ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ ޖަމިއްޔާ ބްލޫ ކްރޮސް އިންޑިއާ "ޕޯޝް" ގެ އުފެއްދުންތައް ހަދިޔާ ވެސް ކޮށްފައިވެ އެވެ. އެއި ބުޅާތަކަށް ހާއްސަކޮށްގެން 100 އަދި ކުއްތާތަކަށް 300 "ޕޯޝް" ޕެކޭޖެވެ.

އާބަން އެސެންޝަލްސް އިން ބުނީ "ޕޯޝް" އަކީ ޕެޓް ގެންގުޅޭ މީހުންނަށް ވަރަށް ވެސް ބޭނުންތެރި، މަގުބޫލު އުފެއްދުމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. "ޕޯޝް" އަކީ މިގޮތަށް ނެރުނު އިންޑިއާގެ ފުރަތަމަ 100 ޕަސަންޓް އަމިއްލަ އުފެއްދުމެވެ.