Roadha Mihaaru
އެންމެ މުއްސަނދި ޕެޓުން

އެންމެ މުއްސަނދި ޕެޓުން

02 ނޮވެމްބަރ 2018

ޕެޓް ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. ޕެޓްގެ ގޮތުގައި ގެންގުޅޭ ދިރޭތަކެއްޗަށް ބައެއް މީހުން ބޮޑެތި ހަރަދުތައް ކުރެ އެވެ. އެ އެއްޗިއްސަށް ކާން ދިނުމާއި ފަރުވާ ކުރުމާއި ރީތިކުރުން ފަދަ ކަންކަމަށް ބޮޑު ހަރަދެއްކޮށްލުމަކީ އޭގެ ވެރިން އުފަލާ އެކު ކުރާ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕެޓް ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. ޕެޓްގެ ގޮތުގައި ގެންގުޅޭ ދިރޭތަކެއްޗަށް ބައެއް މީހުން ބޮޑެތި ހަރަދުތައް ކުރެ އެވެ. އެ އެއްޗިއްސަށް ކާން ދިނުމާއި ފަރުވާ ކުރުމާއި ރީތިކުރުން ފަދަ ކަންކަމަށް ބޮޑު ހަރަދެއްކޮށްލުމަކީ އޭގެ ވެރިން އުފަލާ އެކު ކުރާ ކަމެކެވެ.

މި ފަހަރު މިއޮތީ ދުނިޔޭގެ އެންމެ މުއްސަނދި ޕެޓުން ނުވަތަ "ޕެޓް ރިޗް ލިސްޓް 2018" ގެ ވާހަކަ އެވެ. އެ އެއްޗެހީގެ ލިސްޓެއް އިންޝުއަރެންސް-ކޮމްޕެއާ ދަ މާކެޓުން އާންމުކޮށްފައިވާ އިރު އޭގެ ތެރޭގައި ބުޅަލާއި ކުއްތާ އާއި ކުކުޅު ވެސް ހިމެނެ އެވެ.

1. ގަންތާ 6

ލިސްޓުގެ އެއް ވަނައިގައި އޮތީ ގަންތާ 6 ގެ ނަން ދީފައިވާ ކުއްތާއެކެވެ. މިއީ ޖަރުމަނުގައި ވަރަށް ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ގެރިބަކަރީގެ ވިޔަފާރިކުރާ މީހެއް ކަމަށްވާ ކައުންޓެސް ކާލޮޓާ ލިއެބެންސްޓީންގެ ފަރާތުން އޭނާގެ ދަރިފުޅަށް ވާރުތަވެފައިވާ ކުއްތާއެކެވެ.

ގަންތާ 6

ގަންތާ 6

ވަރަށް މުއްސަނދި ލައިފްސްޓައިލަކަށް އާދަވެފައިވާ ގަންތާ 6 ގެ "މިލްކިއްޔާތު" 375 މިލިއަން ޑޮލަރަށް އަރަ އެވެ. ގަންތާގެ ނަމުގައި އިޓަލީ އާއި އެމެރިކާގެ ބަހާމާސް ފަދަ ތަންތަނުގައި އަގުބޮޑު ވިލާތައް ހުރެ އެވެ.

2. ޓާޑާ ސޯސް

ރުޅި އައިސްގެން އޮންނަ ފާޑަކަށް އޮންނަ މި ބުޅަލުގެ ނަމަކީ ޓާޑާ ސޯސް އެވެ. އޭގެ "މިލްކިއްޔާތު" 99 މިލިއަން ޑޮލަރަށް އަރަ އެވެ.

ޓާޑާ ސޯސްގެ މާޗެންޑައިޒްތަކެއް.

ޓާޑާ ސޯސް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނީ "މޫނު ހަދައިގެން" އިންނާތީ އެވެ. މި ބުޅަލަށް ސޯޝަލް މީޑިއާގައި 2012 އިން ފެށިގެން ލިބިފައިވާ ސަމާލުކަން ވަރަށް ބޮޑެވެ. ޓާޑާ ސޯސްގެ ނަމުގައި ތަފާތު އެކި ކަހަލަ މަޗެންޑައިޒްތަކާއި ފިލްމުތައް ވެސް ހަދާފައިވެ އެވެ.

3. އޮލިވިއާ ބެންސަން

މިއީ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ގެންގުޅޭ ބުޅަލެވެ. އޭނާ ވަރަށް ލޯބިން، ދަރިއެއްހެން ގެންގުޅޭ އޮލިވިއާ ބެންސަންގެ ތަނަވަސްކަން 97 މިލިއަން ޑޮލަރަށް އަރަ އެވެ.

އޮލިވިއާ ބެންސަން: އިޝްތިހާރުތައް ވެސް ކުޅޭ.

ސްވިފްޓް ވަނީ މި ބުޅަލާ އެކު ކޯކާއި ކެޑްސް ބްރޭންޑްގެ ބޫޓް ވެސް އިޝްތިހާރުކޮށް ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ. އެހެންވެ އޭނާގެ އާމްދަނީގައި އޮލިވިއާގެ ހިއްސާ ބޮޑެވެ.

4. ސެޑީ، ސަނީ، ލޯރެން، ލޭލާ އަދި ލޫކް

މިއީ މަޝްހޫރު އޯޕްރާ ވިންފްރީ ޕެޓްގެ ގޮތުގައި ގެންގުޅޭ ފަސް ކުއްތާ އެވެ. ނަމަކީ ސެޑީ، ސަނީ، ލޯރެން، ލޭލާ އަދި ލޫކް އެވެ.

އޯޕްރާ އޭނާގެ ޕެޓްތަކާ އެކު.

ވަރަށް މަތީ ފަންތީގެ ދިރިއުޅުމެއް އުޅެމުން މި ކުއްތާތަކުގެ "މިލްކިއްޔާތު" 30 މިލިއަން ޑޮލަރަށް އަރަ އެވެ.

5. ޖިޖޫ

ޖިޖޫގެ ނަން ދީފައިވާ މި ކުކުޅަކީ އިނގިރޭސި މަހުޖަނު މައިލްސް ބްކެވެލްގެ ދަރިއެއްހެން ގެންގުޅޭ ކުކުޅެކެވެ.

ޖިޖޫ: މިއީ އެންމެ މުއްސަނދި ކުކުޅު.

ޖިޖޫ: މިއީ އެންމެ މުއްސަނދި ކުކުޅު.

ލަގްޒަރީ ދިރިއުޅުމެއް އުޅެމުން އަންނަ ޖިޖޫގެ މިލްކިއްޔާތުގެ ގޮތުގައި 15 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. ރިޕޯޓްތައް ބުނާ ގޮތުން 2001 ގައި ބްލެކްވެކް މަރުވި އިރު، އޭނާގެ މިލްކިއްޔާތުގައި ހުރި 95 މިލިއަން ޑޮލަރުގެ ތެރެއިން 15 މިލިއަން ޑޮލަރު ހާއްސަކުރީ ޖިޖޫއަށެވެ.