Roadha Mihaaru

އުރީދޫން ކުވައިތުގައި ރާއްޖެ އިޝްތިހާރު ކުރަނީ

އުރީދޫގެ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ކުވައިތުގައި ރާއްޖެ އިޝްތިހާރު ކުރަން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫން ކުވައިތުގައި ރާއްޖެ އިޝްތިހާރު ކުރަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

02 ފެބުރުއަރީ 2021

އުރީދޫގެ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ކުވައިތުގައި ރާއްޖެ އިޝްތިހާރު ކުރަން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ، އުރީދޫން ހިދުމަތް ދޭ 10 ގައުމުގެ 117 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުރީދޫން މިދިޔަ އަހަރު ފެށި ކެމްޕޭނުގެ ދަށުން ކުވައިތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން އެކަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫން ކުވެއިތަށް ހާއްސަ ކޮށްގެން ތައާރަފުކުރި، އެ ގައުމުގެ ފުރަތަމަ ޑިޖިޓަލް މޯބައިލް ޕްލޭން، "އަނާ" އަށް ސަބްސްކްރައިބް ކުރާ ކަސްޓަަމަރުންނަށެވެ.

އުރީދޫ ކުވައިތުގެ އަނާ ޕްލެޓްފޯމަކީ އުރީދޫ މޯލްޑިވްސްގެ މަގޭ ޕްލޭން ކަހަލަ ހިދުމަތެކެވެ.

ކުވައިތުގެ އާބާދީގައި 4.3 މިލިއަން މީހުން ހިމެނޭއިރު، މީގެ ތެރެއިން 2.3 މިލިއަން މީހުންނަކީ އުރީދޫ ކުވައިތުގެ ކަސްޓަމަރުންނެވެ. އެހެންކަމުން މި ކެމްޕޭނުގެ ސަބަބުން އެ ގައުމުގެ 2.5 މިލިއަން މީހުންނަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.