އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް، "ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ތާރީހީ ޕާޓްނާޝިޕް އެއްބަސްވުމެއް އެމްއެމްޕީއާރުސީއާ އެކު ހަދައިފި އެވެ.
އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް، "ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ތާރީހީ ޕާޓްނާޝިޕް އެއްބަސްވުމެއް އެމްއެމްޕީއާރުސީއާ އެކު ހަދައިފި އެވެ.
އެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕުގެ ކޮންސިއުމަ އޮފިސަރު، ބިލާލް ކަޒްމީ އާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ "ފުޓް ޕްރިންޓް" ބޭނުންކޮށްގެން "ވިޒިޓް މޯލްޑިވްސް" ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕާޓްނާޝިޕް މެދުވެރިކޮށް، އޭޝިއާ އާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކަށް އުރީދޫން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
"ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިޝްތިހާރު ކުރުމުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާ އެކު، އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ދެވަނައެއް ނެތް މި ރީތި ކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާ ކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން،" އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ޝިއުރީ ވިދާޅުވީ، އެ ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ މުހިއްމު މާކެޓުތަކުގައި ރާއްޖޭގެ ނަން އިޝްތިހާރު ކުރުމަށް އާ ގޮތްތައް ފަހިވާނެ ކަމަށެވެ.
"ބައިނަލްއަގްވާމީ ގިނަ މާކެޓުތަކުގައި އުރީދޫގެ ވަރުގަދަ ނެޓްވާކު ހުރުމަކީ އަޅުގަނޑުމެންގެ ބްރޭންޑުގެ ވިޒިބިލިޓީ ހަރުދަނާކޮށް ރާއްޖެ އަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ އަގު ހުރި ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަރުދަނާ ކުރަމުން އަންނައިރު، އުރީދު އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖެއާ ގިނަ ބަޔަކު ގުޅުވައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް އުރީދޫން ބުންޏެވެ.
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
އުރީދޫން ކުވައިތުގައި ރާއްޖެ އިޝްތިހާރު ކުރަނީ
ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް "ފްލައި" ނަވާރޯ
"ރާއްޖޭގެ އަމާޒަށް ވާސިލްވާން ލިވަޕޫލުން އެހީތެރިވާނެ"
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި