Roadha Mihaaru
އާމިރު ވިކްރަމް ވޭދާގެ ރިމޭކް ދޫކޮށްލީ ވިޖޭ ފަލަކަމުން

އާމިރު "ވިކްރަމް ވޭދާ" ގެ ރިމޭކް ދޫކޮށްލީ ވިޖޭ ފަލަކަމުން

11 ޖެނުއަރީ 2021

އާމިރު ޚާން ކުޅެން އެއްބަސްވެފައި ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމެކް އޭނާ ކުއްލި ގޮތަކަށް ދޫކޮށްލި ވާހަކަ މިދިޔަ މަހުގެ ތެރޭގައި ވަރަށް އަޑުގަދަކޮށް ދެކެވުނެވެ. އޭރު މީޑިއާތަކުން ބުނީ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރު 55 އަހަރުގެ އެކްޓަރު އެ ފިލްމު ދޫކޮށްލީ ސްކްރިޕްޓާ ދޭތެރޭ ހުރި ހިތްހަމަނުޖެހުންތަކާ ހެދި ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާމިރު ޚާން ކުޅެން އެއްބަސްވެފައި ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމެކް އޭނާ ކުއްލި ގޮތަކަށް ދޫކޮށްލި ވާހަކަ މިދިޔަ މަހުގެ ތެރޭގައި ވަރަށް އަޑުގަދަކޮށް ދެކެވުނެވެ. އޭރު މީޑިއާތަކުން ބުނީ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރު 55 އަހަރުގެ އެކްޓަރު އެ ފިލްމު ދޫކޮށްލީ ސްކްރިޕްޓާ ދޭތެރޭ ހުރި ހިތްހަމަނުޖެހުންތަކާ ހެދި ކަމަށެވެ.

ނަމަވެސް މީޑިއާތަކުން މިހާރު މި ވަނީ "ވިކްރަމް ވޭދާ" އާމިރު ދޫކޮށްލި އަސްްލު ސަބަބު ކަމަށް ބުނެ އެހެން ވާހަކައެއް ތިލަކޮށްފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސައިފް އަލީ ޚާން ވެސް ރޯލެއް ކުޅެން އޮތް ފިލްމު އާމިރު ދޫކޮށްލީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް "ވިކްރަމް ވޭދާ" އިން އޭނާ އަށް ކުޅެން ލިބުނު ރޯލު ކުޅުނު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އަށް ހުށަހެޅުމުން އާމިރު ބޭނުންވި ގޮތަށް ކެރެކްޓާ އަށް ތައްޔާރުވާން އުޒުރުވެރިވެފައިވާތީ އެވެ.

އެ ނޫހުން ބުނި ގޮތުގައި އާމިރު ބޭނުންވީ "ލާލް ސިންގް ޗައްޑާ" ގެ ރޯލަށް ވިޖޭ ވަރަށް ހިކިކޮށް ހުންނާށެވެ. ނަމަވެސް އާމިރު ބޭނުންވި ވަރަށް ވުރެ މާ ބޮޑަށް އޭނާ ފަލެވައިވާތީ، ހިކެން އެދުމުން ވިޖޭގެ ފަރާތުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް ނުލިބުނެވެ. އެހެންވެ އެކަމާ ދޭތެރޭ ޖެހުނު ކުނީގައި "ލާލް ސިންގް ޗައްޑާ" ގައި ވިޖޭ ނުހިމަނަން މިހާރު އޮތީ ނިންމައިފަ އެވެ.

ހަންގާމާ އިން ބުނީ އާމިރު "ވިކްރަމް ވޭދާ" ދޫކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ވިޖޭ ކުޅުނު ރޯލެއް ކުޅެން ބޭނުން ނުވުން ކަމަށެވެ.

އޭނާ އެ ފިލްމު ދޫކޮށްލި ވާހަކަތަކާ އެކު މީޑިއާތަކުން ވަނީ ސައިފާ އެކު ފިލްމުން ފެންނާނީ ރިތިކް ރޯޝަން ކަމަށް ބުނެފަ އެވެ. "ވިކްރަމް ވޭދާ" ގެ ރިމެކްގައި ސައިފް ކުޅޭނީ އޮރިޖިނަލްގައި އާރް މާދަވަން ކުޅުނު ކެރެކްޓާ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ވިޖޭ އަށް ހިންދީ ސިނަމާ އަށް ނުކުންނަން ފުރުސަތު ލިބުނު ފިލްމަށްވެ އެ ފުރުސަތު ގެއްލުނަސް އޭނާގެ އަތުގައި ހިންދީ ވެބް ސީރީޒެއް އެބައޮތެވެ. އެއީ ޝާހިދު ކަޕޫރާ އެކު، ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ހަދަން ނިންމާފައިވާ "ގަވަރު" އެވެ. މިއީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ އެއްޗެކެވެ.

އަދުވައިތު ޗަންދަން ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅެފައިވާ "ލާލް ސިންގް ޗައްޑާ" އަކީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާނެ ފިލްމެކެވެ.