Roadha Mihaaru
އާމިރު ދޫކޮށްލި ފިލްމު ކުޅޭނީ ރިތިކް

އާމިރު ދޫކޮށްލި "ވިކްރަމް ވޭދާ" ގެ ރިމޭކް ކުޅޭނީ ރިތިކް

27 ޑިސެމްބަރ 2020

އާމިރު ޚާން، ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ދޫކޮށްލި ކަމަށް ބުނާ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކަށް ރިތިކް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާމިރު ޚާން، ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ދޫކޮށްލި ކަމަށް ބުނާ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކަށް ރިތިކް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމު ހުށަހެޅީ އާމިރާއި ސައިފް އަލީ ޚާނަށެވެ. އާމިރު ފިލްމުން ވަކިވި ނަމަވެސް ސައިފް ހުރީ ފިލްމު ކުޅޭ ގޮތަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ރިތިކް މިހާރު ވަނީ "ވިކްރަމް ވޭދާ" ގެ ރިމެކް ހަދާ ޓީމަށް އޭނާ ފިލްމަށް ވަގުތު ދޭނެ ކަމަށް އެއްބަސްވެފަ އެވެ.

އާމިރަށް "ވިކްރަމް ވޭދާ" ހުށަހެޅުމުގެ ކުރިން ވެސް ފިލްމުގެ ޓީމުން އެންމެ ފުރަތަމަ ދިޔައީ އާމިރަށް ހުށަހެޅި ކެރެކްޓާ ހިފައިގެން ރިތިކްގެ ގާތަށް ދިޔަ އެވެ. މީޑިއާތަކުން ބުނީ އޭރު އޭނާ އަށް ފިލްމަށް އެއްބަސްނުވެވުނީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ކަމަށެވެ. އެކަމަކު "ވިކްރަމް ވޭދާ" އެނބުރި އަނެއްކާ ވެސް އައުމުން އެ ހުށަހެޅުން ރިތިކް ގަބޫލުކުރަން ނިންމީ އެވެ.

މި ފިލްމު ވާނީ ރިތިކާއި ސައިފް އެކީގައި މަސައްކަތްކުރާނެ ދެވަނަ ފިލްމެވެ. ދެ ތަރިން ކުރިން ވަނީ 2002 ގެ "ނަ ތުމް ޖާނޯ ނަ ހަމް" ގައި މަސައްކަތްކޮށްފަ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ވޯ" އަށް ފަހު ރިތިކް ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ އަތުގައި ހުރި ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި "ވޯ" ގެ ސީކްއެލް އާއި އެ ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ "ފައިޓާ" ގެ އިތުރުން ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް 4" ހިމެނެ އެވެ. ބައެއް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިތިކް ވަނީ ހޮލީވުޑްގެ ފިލްމަކަށް ވެސް އޮޑިޝަން ހަދައިފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ރިތިކް ދެން އެންމެ އަވަހަށް މަސައްކަތް ފަށާނެ ޕްރޮޖެކްޓަކަށް ވާނީ އޭނާގެ އަލަތު ޑިޖިޓަލް ކޮންޓެންޓް ކަމަށްވާ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ވެބް ސީރީޒް "ނައިޓް މެނޭޖާ" އެވެ.