އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަންގެ ތިން ވަނަ ޑައިރެކްޝަނަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފިލްމުގެ މައިގަނޑު ކާސްޓަށް ތަރިން ހަމަޖައްސައިފި އެވެ.
19 ޖޫން 2021
އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަންގެ ތިން ވަނަ ޑައިރެކްޝަނަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފިލްމުގެ މައިގަނޑު ކާސްޓަށް ތަރިން ހަމަޖައްސައިފި އެވެ.
ކުރިން ވެސް ބަތަލުގެ ރޯލަށް ކާތިކް އާރިޔަން ހަމަޖައްސާފައިވާ މި ފިލްމަކީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމޭކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމުގެ ބަތަލާގެ ރޯލު ޕޫޖާ ހެގްޅޭ ކުޅުނު އިރު، ހިންދީ ފިލްމުގެ ބަތަލާއަކަށް ނަގާފައި ވަނީ ކްރިތީ ސެނަން އެވެ.
ކްރިތީ އާއި ކާތިކަކީ 2019 ގެ "ލުކާ ޗުއްޕީ" ގައި އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިންނެވެ.
ރޯހިތުގެ ފިލްމަށް ދެން ނަގާފައި ވަނީ މަނީޝާ ކޮއިރަލާ އެވެ. އެއީ އޮރިޖިނަލްގައި އައްލޫގެ މަންމަގެ ރޯލު ކުޅުނު ތައްބޫގެ ރޯލެވެ. ހަންގާމާ އިން ބުނި ގޮތުގައި ހިންދީ ފިލްމުގެ އެ ރޯލަށް ވެސް ތައްބޫ ނެގުމާ ދޭތެރޭ ވިސްނި އެވެ. އެކަމަކު އޭނާ އާއި ކާތިކް މިހާރު "ބޫލް ބުލައްޔާ 2" ގައި މަސައްކަތްކުރާތީ، ކާސްޓް ރިޕީޓްނުކުރަން މަނީޝާ އަށް ފުރުސަތު ދިނީ އެވެ.
ރޯހިތުގެ މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިނީ 2016 ގެ "ޑިޝޫމް" އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކެމެރާ ފުރަގަހުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން އެހީވުމުގެ ގޮތުން ކަރަން ޖޯހަރް، އޭނާގެ ބައްޕަ ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރްގެ ނަމުގައި ފައުންޑޭޝަނެއް ލޯންޗްކޮށްފި އެވެ.
ޔާޝް ޖޯހަރް ފައުންޑޭޝަނާ ބެހޭ ގޮތުން ކަރަން ބުނީ މިފަދަ މަސައްކަތެއް ފެށުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި އޭގެ ދަށުން އެންޓަޓައިންމަންޓް އިންޑަސްޓްރީގެ އާދައިގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްކުރެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑް-19އާ އެކު އިންޑިއާގެ ފިލްމީ މަސައްކަތަށް އެރި ބުރުލާ އެކު، ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކަށް އާންމަދީ ލިބުން ހުއްޓި، ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެ އެވެ. ހާއްސަކޮށް ދުވަހު މަސައްކަތްކުރާ މީހުންނެވެ.
ކަރަންގެ ބައްޕަ ޔާޝް ވަނީ 2004 ގައި މަރުވެފަ އެވެ.
ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ ޖޯޑު ސްކްރީނަށް އަންނާނެ ފުރަތަމަ ފިލްމު "ފައިޓާ" ގެ ޕްރޮކްޝަން ހައުސްއެއްގެ ގޮތުގައި ވަޔަކޮމް 18 ބައިވެރިވާން ނިންމައިފި އެވެ.
މިއާ އެކު އެ ފިލްމު ގެނެސްދޭނީ އެ ސްޓޫޑިއޯ އާއި ސިދާތުގެ ފިލްމު ކުންފުނި މާފްލިކްސް ބެނާ ގުޅިގެންނެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޭރިއަލް ތުރިލާއެއްގެ ގޮތުގައި ހަދާ "ފައިޓާ" އަށް މިހާރު ވަނީ 250 ކްރޯޑް ރުޕީސް (33.8 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ވެސް ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރު އިއުލާންކުރި މި ފިލްމަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމެކެވެ. "ފައިޓާ" ގެ ކުރިން ސިދާތު ގެންނަން އޮތް ފިލްމަކީ ޝާހްރުކް ޚާނާއި ދީޕިކާ އާއި ޖޯން އަބްރަހަމްގެ "ޕަތާން" އެވެ.
ސިދާތު އެންމެ ފަހުން ގެނެސްދިނީ ރިތިކާއި ޓައިގާ ޝްރޮފާއި ވާނީ ކަޕޫރާ އެކު 2019 ގެ "ވޯ" އެވެ.
ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާނާއި މަންމަ އަމްރިތާ ސިންގް އެކީގައި ކުޅުނު ފުރަތަމަ އިޝްތިހާރު ދައްކާލައިފި އެވެ.
މިއީ މިހާރު މަގުބޫލުވަމުން އަންނަ ބްރޭންޑެއް ކަމަށްވާ "މާމާ އާތު" ގެ ޝެމްޕޫ އިޝްތިހާރެކެވެ. ސާރާ އާއި އަމްރިތާގެ އިޝްތިހާރަކީ އިސްތަށި ފޭބުން ހުއްޓުވައިދޭން ހާއްސަ ފިޔާ އިން ތައްޔާރުކޮށްފައިވާ އިޝްތިހާރެކެވެ.
"މާމާ އާތު" ބްރޭންޑް އިޝްތިހާރުކުރަން ލިބުނު އިރު، ސާރާ އަކީ މިހާރު ވެސް ގިނަ ބްރޭންޑްތަކެއް އިޝްތިހާރުކޮށް ދެމުން އަންނަ ތަރިއެކެވެ.
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
ރަމޭޝްގެ "ރޭސް 4" އަށް ތައްޔާރުވަނީ
ޝާހްރުކްގެ "ޕަތާން" ގެ ބާކީ 40 ޕަސެންޓް ޔޫރަޕްގައި
"ޒީރޯ" ގެ ނާކާމިޔާބީން ޝާހްރުކްގެ އަގު 100 ކްރޯޑަށް