02 އެޕްރީލް 2021
މި މަހުގެ ފަހުކޮޅު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމަށް ސައިފް އަލީ ޚާން ސޮއިކުރީ 12 ކްރޯޑް ރުޕީސް (1.64 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި މަހުގެ ފަހުކޮޅު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމަށް ސައިފް އަލީ ޚާން ސޮއިކުރީ 12 ކްރޯޑް ރުޕީސް (1.64 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ އަގަށް ސައިފް ފިލްމަށް އެއްބަސްވި ކަމަށް މީޑިއާތަކުން ބުނެފައި މި ވަނީ 11 ކްރޯޑަށް ވުރެ ކުޑަ އަގަކަށް ދެން ފިލްމު ނުކުޅޭނެ ނަމަ މިދިޔަ އަހަރުގެ ނޮވެމްބަރު ރިޕޯޓްކޮށްފައި ވަނިކޮށެވެ.
"ވިކްރަމް ވޭދާ" އަކީ 2017 ގައި ރިލީޒްކުރި ތަމަޅަ ފިލްމެކެވެ. މީގެ ހިންދީ ރިމެކުން ފެންނާނީ ސައިފާއި ރިތިކް ރޯޝަނެވެ. ރިތިކަށް ފިލްމުން ފުރުސަތު ލިބުނީ އާމިރު ޚާން ފިލްމު ދޫކޮށްލުމުންނެވެ. ގޭންގްސްޓާރަކާއި ފުލުހަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭ "ވިކްރަމް ވޭދާ" ގައި އާރް މާދުވަން ކުޅުނު ފުލުސް ކެރެކްޓާ ވިކްރަމްގެ ރޯލު ހިންދީ ފިލްމުގައި ކުޅޭނީ ސައިފެވެ. ވިޖޭ ސެތުޕަތީ ކުޅުނު ގޭންގްސްޓާރުގެ ރޯލު ކުޅޭނީ ރިތިކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ރިލަޔަންސް އެންޓަޓައިންމަންޓުން ރައިޓްސް ހޯދައިގެން ހަދާ ފިލްމުގެ ސްކްރީންޕްލޭ މިހާރު ޕޮލިޝްކުރަމުން އަންނަ ކަމަށެވެ. އެ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔަނީ އޮރިޖިނަލް ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރި ޕުޝްކާރު-ގަޔަތުރީ އެވެ. ބެލެވޭ ގޮތުން "ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރާނީ އެ ދެ މީހުންނެވެ.
ސައިފް ދާދި ފަހުން "ބޫތު ޕޮލިސް" ގެ ޝޫޓިން ނިންމާލާފައިވާ އިރު މިހާރު އަންނަނީ ޕްރަބާސްގެ "އާދިޕުރުޝް" ގެ މަސައްކަތްކުރަމުންނެވެ. މި ފިލްމަކީ އޭނާ އަށް މި އަހަރުގެ 66 ވަނަ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން ބަތަލުގެ އެވޯޑް ލިބުނު މިދިޔަ އަހަރުގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތު ހަދާ ފިލްމެކެވެ.
ރިތިކް މިފަހަރު ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއާ އެކު
ދެ އަހަރު ފަހުން ރިތިކް ފިލްމީ މަސައްކަތަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރިތިކް ވެސް "ވިކްރަމް ވޭދާ" ގެ ރިމޭކް ދޫކޮށްލަނީ؟
އާމިރު ވިކްރަމް ވޭދާގެ ރިމޭކް ދޫކޮށްލީ ވިޖޭ ފަލަކަމުން
އާމިރު ދޫކޮށްލި ފިލްމު ކުޅޭނީ ރިތިކް
އަހާން އަށް ރާކޭޝްގެ ވަރަށް ހާއްސަ ފޯން ކޯލެއް!
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ
މާދުވަން ބޭނުމީ ރިތިކް ކަހަލަ ހަށިގަނޑެއް