13 ޑިސެމްބަރ 2020
މެޑްރިޑް (ޑިސެމްބަރު 13) – ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ލީގުގެ ރޭހުގައި މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މެޑްރިޑް (ޑިސެމްބަރު 13) – ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ލީގުގެ ރޭހުގައި މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މިއީ މި ސީޒަނުގެ ލީގުގައި އެތުލެޓިކޯ ބަލިވި ފުރަތަމަ މެޗެވެ. އެކަމަކު އެއް މެޗު މަދުން ކުޅެ އެ ޓީމު 26 ޕޮއިންޓާ އެކު އަދިވެސް އޮތީ އެއް ވަނައިގަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑެވެ. އެ ޓީމު މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެއް ވަނަ އަށް އެރޭނެ އެވެ. ރެއާލް މެޑްރިޑް އޮތީ 23 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
ރެއާލުގެ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ބްރެޒިލް މިޑްފީލްޑަރު ކަސެމިރޯ އެވެ. ރެއާލުގެ ދެ ވަނަ ގޯލަކީ އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކް އަތުން 63 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ގޯލެކެވެ.
ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 2-0 އިން މޮޅުވެ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ހިތަށް އުނދަގޫވާ ފަދަ ފާޑުކިޔުން އަމާޒުވާ ކަމަށާއި އެކަމަކު އޭގެން ޓީމު ވަރުގަދަ ވެސް ވާ ކަމަށެވެ.
"ސެވިއްޔާ އާއި ބޮރޫޝިއާ މެޗުގައި އަހަރެމެން ވަރަށް ގިނަ ދިމަދިމާލުން ކުރިއެރުން ހޯދައި އެކަން ދެއްކިން. މިރޭ އެކަންކަން މި ސާބިތުކޮށްދިނީ،" ޒިދާން ބުންޏެވެ. "ފުރަތަމަ މިނެޓުން ފެށިގެން ނިމުމާ ހަމަޔަށް ވަރަށް ރަނގަޅަށް އަހަރެމެން ވާދަކުރިން."
އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ އެޓޭކްކުރާނެ ހިތްވަރެއް ޓީމަށް ނުދެއްކުނު ކަމަށާއި ދެން އޮތީ ގޯސްކޮށް ދިޔަ ކަންކަން ރަނގަޅުކުރުން ކަމަށެވެ.
"އެ ޓީމު މާ ރަނގަޅު. އެ ޓީމަށް ފުރުސަތު ލިބުމުން ބޭނުން ހިފި. އަހަރެމެންނަށް ވެސް ގޯސް މެޗެއް ހިނގައިދާނެ،" ސިމިއޯނީ ބުންޏެވެ.
ރެއާލުން އަންނަނީ މެޑްރިޑް ޑާބީގައި ފަަހަކަށް އައިސް ރަނގަޅު ރެކޯޑެއް ދަމަހައްޓަމުންނެވެ. އެތުލެޓިކޯ އަތުން އެންމެ ފަހުން ރެއާލް ބަލިވީ 2016 ވަނަ އަހަރު އެވެ. ރޭގެ މެޗުގައި އެތުލެޓިކޯ ބަލިވިއިރު އެ ޓީމު އެންމެ ފަހުން ލީގު މެޗަކުން ނާކާމިޔާބީއާ ކުރިމަތިލީ ފެބްރުއަރީ މަހުގަ އެވެ. އޭގެ ފަހުން ލީގުގައި ކުޅުނު 26 މެޗުން އެތުލެޓިކޯ ބަލިނުވެ އެވެ.
ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި
ލީގު ހޯދުމުގެ އުއްމީދު ރެއާލް މެޑްރިޑަށް ފަނޑުވެއްޖެ
ރެއާލް ދެ ވަނަ އަށް، އެތުލެޓިކޯ އެއްވަރު
ބެންޒެމާގެ ގޯލުން ރެއާލް ސަލާމަތްވެއްޖެ
ރެއާލުން އެތުލެޓިކޯ ބަލިވުމުގެ ފައިދާނަގައިފި
އެތުލެޓިކޯ އެއް ވަނައިގައި ލީޑުނަގައިފި
ލަލީގާގެ ފޭވަރިޓަކީ އެތުލެޓިކޯ: ޒިދާން
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
ރާމޯސް ސަސްޕެންޑްކުރަން އެތުލެޓިކޯ އިން ބާރުއަޅަނީ
ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު